Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްރިސްޓިއާނޯ ރޮނާލްޑޯ

ކެރިއަރު ނިންމާލަން ބޭނުން ވަނީ ރެއާލްގައި: ރޮނާލްޑޯ

މެސީއާ ދެމެދު އޮތް ވާދަވެރިކަން އަދި ވެސް ދާނީ ކުރިޔަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2017 | ހުކުރު 12:27
ރޮނާލްޑޯ ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑާ އެކު

ރޮނާލްޑޯ ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑާ އެކު

ފުޓްބޯޅަ ކެރިއަރު ނިންމާލަން ބޭނުން ވަނީ ރެއާލް މެޑްރިޑްގައި ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ފަސްވަނަ ފަހަރަށް ބެލެންޑޯ އެވޯޑު ހޯދުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ އެންމެ މަތީ ފަންތީގައި އަދިވެސް ކުޅެން ބޭނުންވާ ކަމަށާއި މެސީއާ ދެމެދު އޮތް ވާދަވެރިކަން އަދި ވެސް ދާނީ ކުރިއަށް ކަމަށެވެ. މެސީ ވެސް އަދި އޭނާ ވެސް އިސްކަން ދެނީ ޓީމަށް ކާމިޔާބު ހޯދައިދޭން ކަމަށާއި ވަކިވަކި ޓްރޮފީތައް އެ ދެ ކުޅުންތެރިންނަށް ވެސް ލިބެނީ އެކަމުގެ ސަބަބުން ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ހަމައެހެންމެ ރެއާލްގައި އޭނާ ހުރީ ހިތްހަމަޖެހިގެން ކަމަށާއި އޭނާގެ އުއްމީދަކީ އެ ޓީމުގައި ހުރެ ރިޓަޔާ ކުރުން ކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެއެވެ.

ބެލެންޑޯ އެވޯޑާ ބެހޭ ގޮތުން ރޮނާލްޑޯ ބުނީ ޕެރިހުގައި އޭނާއަށް އެފަދަ އެވޯޑެއް އެރުވިގެން ދިޔުމުން ވަރަށް އުފާވާ ކަމަށެވެ. މިއީ ކެރިއަރުގައި ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި މި އެވޯޑު ލިބުމުގެ ސިއްރަކީ އޭނާގެ ޓީމުގެ އެހެން ކުޅުންތެރިން ކަމަށް ވެސް ރޮނާލްޑޯ ހާމަކުރިއެވެ. އެ ކުޅުންތެރިންނަކީ އޭނާއަށް ވަރަށް މުހިންމު ބައެއް ކަމަށާއި އަދި ކުޅުންތެރިންގެ އިތުރުން ވެސް އޭނާއަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ވެސް ރޮނާލްޑޯ ޝުކުރު އަދާކުރިއެވެ.

މިއީ ރޮނާލްޑޯ ޖެހިޖެހިގެން ބެލެންޑޯ އެވޯޑު ހޯދި ދެވަނަ ފަހަރެވެ. މިިދިޔަ އަހަރު ވެސް އޭނާ މި އެވޯޑު ހޯދިއިރު އޭނާ ވަނީ އޭގެ ކުރިން 2008، 2013 އަދި 2014 ވަނަ އަހަރު އެ އެވޯޑު އުފުލާލާފައެވެ. ހަމައެހެންމެ މިއަހަރު ފީފާއިން ހޮވި ފީފާ ދަ ބެސްޓް އެވޯޑު ވެސް ގެންދިޔައީ ރޮނާލްޑޯއެވެ.

ރެއާލްއިން 2012 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލަލީގާ ހޯދިއިރު ރޮނާލްޑޯ ވަނީ ކުޅުނު 29 މެޗުގައި 25 ލަނޑު އެ ޓީމަށް ޖަހައިދީފައެވެ. އެހެން ނަމަވެސް އޭނާއަށް މި އެވޯޑް ލިބުނު އެންމެ ބޮޑު ސަބަބެއް ކަމަށް ގިނަ ބަޔަކު ގަބޫލްކުރަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އޭނާ ދެއްކި މޮޅު ކުޅުމެވެ.

އެގޮތުން އޭނާ ވަނީ ނޮކްއައުޓް ބުރުގައި ބަޔާން މިއުނިކާއި އެޓްލެޓިކޯ މެޑްރިޑް ކޮޅަށް ހެޓްރިކް ހަދައި ފައިނަލްގައި ޔުވެންޓަސް އަތުން ރެއާލް 4-1 އިން މޮޅުވި މެޗުގައި ވެސް ލަނޑު ޖަހާފައެވެ. މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ވެސް ރޮނާލްޑޯއެވެ.

މި ސީޒަނުގެ މިހާތަނަށް އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ނުވަ ލަނޑު ޖަހާފައެވެ. އެހެން ނަމަވެސް ސްޕެނިޝް ލަލީގާގައި އޭނާއަށް ޖެހިފައި ވަނީ އެންމެ ދެ ލަނޑެވެ.

ރެއާލްގައި ކެރިއަރު ނިންމާލަން ބޭނުންވާ ވާހަކަ ރޮނާލްޑޯ ބުނެފައިވާއިރު އޭނާއަކީ އެ ކްލަބުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އެގޮތުން އޭނާ ވަނީ ރެއާލްއަށް ކުޅުނު 412 މެޗުގައި އެ ޓީމަށް 418 ލަނޑު ޖަހައިދީފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު