Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ގުޅިފައިވާ ޕާޓީތަކުން ފުލުހުންގެ ކޮމާންޑަރ ހަމްދޫނާއި ބައްދަލުކޮށްފި

7 އޯގަސްޓު 2018 | އަންގާރަ 12:21

ހަމަހަމަ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ފުލުހުން ދީފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 އޯގަސްޓު 2018 | އަންގާރަ 12:21
ގުޅިފައިވާ ޕާޓީތަކުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ގުޅިފައިވާ ޕާޓީތަކުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ކެމްޕެއިން ކުރުމަށް ހުރި ދަތިތަކާއި ހަމަހަމަ ފުރުސަތުތައް ނުލިބޭކަމަށް ބުނެ، އިންތިހާބާ ގުޅޭ ޝަކުވާތަކާއި ހުރި ކަންބޮޑުވުންތައް ރިޔާސީ އިންތިހާބުގައި ފުލުހުންގެ ކޮމާންޑަރަކަށް ހުންނަވާ ހަމްދޫން ރަޝީދާއި ގުޅިފައިވާ ޕާޓީތަކުން ހިއްސާކޮށްފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުލުހުންގެ އިސްވެރިންނާއެކު، ފުލުހުންގެ މަރުކަޒެއް ކަމަށްވާ އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިންގމޭޓް ފައިސަލް ނަސީމު ކެމްޕެއިންގެ ހަރަކާތްތަށް ހިންގަމުންދާއިރު، ކެމްޕެއިނަށް ހުރަސް އެޅޭގޮތަށް ސަރުކާރާއި ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުންނާއި އަދި ފުލުހުންގެ ފަރާތުން ވެސް ހުރަސްތައް ކުރިމަތި ވަމުންދާ ކަމަށެވެ. ނަމަވެސް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމަށް ކެމްޕެއިން ކުރުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމާއި ކެމްޕެއިން ކުރުމަށް ވަރަށް ފަހި ފުރުސަތުތަކެއް ލިބިދީފައިވާއިރު، އެއީ ހަމަހަމަކަން ގެއްލުން ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރާ ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުސަތު ލިބިދޭގޮތަށް ފުލުހުންގެ މަސައްކަތްތައް ބައްޓަން ކުރުމަކީ ގާނޫނުން ލާޒިމް ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އަނަސް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ދިދަ އާއި ބެނާ އަދި ޕޯސްޓަރު ފަދަތަކެތި ނެގުންފަދަ ކަންކަން ކުރަމުންދާ ކަމަށާއި އެފަދަ ކަންކަން ކުރަނީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުންނާއި ފުލުހުން ކަމަށެވެ. އަދި ބައެއް ފަހަރު، ރައީސް އަބްދުﷲ ޔާމީން ރަށްރަށަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ވެސް ފުލުހުން އެފަދަ ތަކެތި ނަގަމުންދާ ކަމަށެވެ.

އަނަސް ވިދާޅުވީ އެފަދަ ކަންކަމާގުޅޭ ޝަކުވާތަކާއި ހުރި ކަންބޮޑުވުންތައް ފުލުހުންނަށް ހިއްސާކޮށްފައިވާނެ ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޝަކުވާތަކާއި ހުރި ކަންބޮޑުވުންތައް ފުލުހުންނަށް ހިއްސާ ކުރުމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިފަރާތަކަށް ބުރަނުވެ، ހުރިހާ ފަރާތްތަކަށް ވެސް ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު ލިބިދޭނެ މަގު ފަހިކޮށްނުދޭނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ފުލުހުން ދީފައިވާ ކަމަށްވެސް އަނަސް ވިދާޅުވި އެވެ. މީގެއިތުރުން އަނަސް ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފުރާ ރީރަޖިސްޓޭޝަންގެ ފޯމްތައް ރައީސް ޔާމިންގެ ކެމްޕޭން އޮފީހަށް ފޮނުވާކަން ފާހަގަކޮށް އެމައްސަލަތައް ވެސް ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

ރައީސް މައުމޫން ރިފޯމް މޫވްމަންޓާއެކު މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ، ސަރުކާރަށް ނިސްބަތްވާ ޕާޓީން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ފަރާތުން މިއަދު ދިން ޔަގީންކަމާއެކު އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނެކަމަށް ވެސް ލަތީފް ވިދާޅުވި އެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ ރައީސާ ޝިދާތާ ޝަރީފު ވިދާޅުވީ ވޯޓްލާ ދުވަހު ހިނގާފާނެ ކަންތައްތަކާ ގުޅޭގޮތުގެ ކަންބޮޑުވުންތައް ވެސް ފުލުހުންނާ ހިއްސާ ކުރެވުނު ކަމަށާއި، އެދުވަހަކީވެސް ރައްޔިތުންނަށް އަމާން ދުވަހަކަށް ހެދުމަށް މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދަނީ ރިޔާސީ އިންތިހާބާއި އަދި ކެމްޕެއިން ކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ދައުލަތުގެ އެކި މުއައްސަސާތަކާ ބައްދަލު ކުރަމުން ނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް