Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގދ ފަރެސްމާތޮޑާ

ބާރުގެ ބޭނުން ކޮށްގެން ކޮލަމާފުށިން ދިދަތައް ނެގިޔަސް އެމްޑީޕީ ފިކުރެއް ނުފޮހެވޭނެ: ކައުންސިލް

12 އޯގަސްޓު 2018 | އާދީއްތަ 04:15

ގުޅިފައިވާ ކޯލިޝަންއަށް ނިސްބަތްވާ ދިދަފަތިތައް ވަނީ ނަގާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 12 އޯގަސްޓު 2018 | އާދީއްތަ 04:15
ކޯލިޝަންގެ ދިދަތައް ނެގުމަށްފަހު ޕީޕީއެމްގެ ދިދަތައް ދަމަނީ: ފޮޓޯ ކައުންސިލް

ކޯލިޝަންގެ ދިދަތައް ނެގުމަށްފަހު ޕީޕީއެމްގެ ދިދަތައް ދަމަނީ: ފޮޓޯ ކައުންސިލް

ރައީސް އަބްދުﷲ ޔާމީން ގއ. ކޮލަމާފުއްޓަށް ވަޑައިންނަވާތީ އެރަށުގައި ދަމާފައިހުރި ގުޅިފައިވާ ކޯލިޝަންއަށް ނިސްބަތްވާ ދިދަފަތިތަކާއި ބެނާތައް ބާރުގެ ބޭނުންކޮށްގެން ނެގި ނަމަވެސް އެމްޑީޕީގެ ފިކުރު ފުހެނުލެވޭނެ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށީގެ ކައުންސިލަރު އިބްރާހިމް ވަހީދު ވިދާޅުވީ ކޮލަމާފުށީގެ މެޖޯރިޓީ ތާއީދު ރައީސް ޔާމިނަށް ނުލިބޭނެ ކަމަށާއި، މަދުބަޔަކު ބަޔަކު ބޭނުން ކޮށްގެން މުޅި ރަށުގައި ފިޔާތޮށި ކުލަ ލީ ނަމަވެސް އެރަށުން ވޯޓެއް ނުލިބޭނެ ކަމަށެވެ.

Advertisement - newsAdvertisement

ވަހީދު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ކެންޕޭން ފެށުމުގެ ގޮތުން މިމަހު 3 ވަނަ ދުވަހު އެރަށުގެ އެމްޑިޕީގެ އޮފީހުގެ ކުރިމަތީގައި އިދިކޮޅު ކޯލިޝަންގެ ބެނާތަކާއި ދިދަތައް ދަމާފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމިން ބުދަ ދުވަހު އެރަށަށް ވަޑައިގަންނަވާތީ ކޯޓު އަމުރެއް ނެރެ ގަދަބާރުން ހުރިހާ އެއްޗެއް ނަގާފައިވާ ކަމަށެވެ.

ވަހީދު ވިދާޅުވީ ބާރުގެ ބޭނުންކޮށްގެން ރައީސް ޔާމިންގެ ސަރުކާރުން ހިންގާ މިފަދަ ނާތަހުޒީބީ އަމަލުތަކުގެ ސަބަބުން ރައީސް ޔާމިންގެ ސަރުކާރަށް ރައްޔިތުން ނަފްރަތުކުރާ މިންވަރު އިތުރުވާނެ ކަމަށެވެ. އެގޮތުން މަދު ބަޔަކު ނުކުމެ މިހާރު މުޅި ރަށުގައި ޕީޕީއެމްގެ ދިދަތަކާއި ބިނާތައް ހަރުކޮށްފައިވާ ކަމަށް އޭނަ ވިދާޅުވިއެވެ.

"މިހާރު އެކަމަކު މުޅި ރަށުގަ ޕީޕީއެމްގެ ދިދަތައް. ބަނދަރުމަތީގަ ވެސް. އަޅުގަނޑުމެން ނުދަން އެމީހުންނަށް ޖެއްސުން ކުރާކަށް. އެކަމަކު އެމްޑީޕީގެ އޮފީސް ކުރިމަތީގައި ކޯލިޝަންގެ ދިދަ ހުރީމަ ވެސް ހަޖަމެއް ނުވި" ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ހޯމަ ދުވަހުގެ ރޭ 23:00 ގައި ކޯޓު އަމުރު ނެރެ، ދަންވަރު ފަސްވަރަކަށް ފުލުހުން ނުކުމެ އިދިކޮޅު ކޯލިޝަންއަށް ނިސްބަތްވާ ދިދަތަކާއި ބެނާތައް ނެގުމަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯ ނުފެންނަ ގޮތަށް ހުދު ކުލަ ލާފައިވާ ކަމަށެވެ. އަދި މިމަހު 9 ގެ ކުރިން އެއްވެސް އެއްޗެއް އެރަށުގެ މަގުމަތީގައި ނުދެމުމަށް އަންގާފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ ކުރިމަތީގައި ދިވެހި ރައްޔިތުންނަކީ ހަމަހަމަ ބައެއްކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ ސިޔާސީ ކެންޕޭން ކުރުމަށް ރައްޔިތުން ހިންގާ ހަރަކާތްތަކުން ވެސް މިސަރުކާރަކީ އިހްލާސްތެރިކަމެއް ނެތް ސަރުކާރެއްކަން ކަށަވަރުވާ ކަމަށެވެ. ކެންޕޭން ކުރުމުގެ ފުރުސަތު އެންމެނަށް ވެސް ލިބެންޖެހޭ ކަމަށާއި، މިގައުމަކީ ހަމައެކަނި ރައީސް ޔާމިނަށް ސަނާ ކިޔާ މީހުން ދިރިއުޅެން އޮތް ބިމެއް ނޫން ކަމަށް އޭނަ ވިދާޅުވިއެވެ. އަދި މިނިވަން އިންތިޚާބަކަށް މިފުރުސަތުތައް ދޭން ޖެހޭ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް