Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުނަދޫ އެއާރޕޯޓް

ފުނަދޫ އެއާޕޯޓުގެ ރަންވޭ އަޅުމަށް އަޅަން ޖެހޭ ފުރަތަމަ ފަށަލަ އަޅަންފަށައިފި

އެއާޕޯޓުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޯގަސްޓު 2018 | އަންގާރަ 07:32
އޭބީސީ ލޭޔާރ އެޅުމުގެ މަސައްކަތް ކުރިއަށްދަނީ

އޭބީސީ ލޭޔާރ އެޅުމުގެ މަސައްކަތް ކުރިއަށްދަނީ

ށ. ފުނަދޫ ތަރައްގީ ކުރާ އެއާޕޯޓުގެ ރަންވޭ އަޅުމަށް އަޅަން ޖެހޭ ފުރަތަމަ ފަށަލަ އަޅައި ބިން އެއްވަރުކުރަން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ އެއާޕޯޓު އެޅުމުގެ މަސައްކަތް ބާރު ސްޕީޑް ކުރިއަށްދާ ކަމަށާއި، އެގޮތުން މިހާރު ރަންވޭ އެޅުމަށް އަޅަންޖެހޭ އޭބީސީ ލޭޔާރ އަޅަންފާށައިފާއިވާ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ މިއެއާޕޯޓަކީ ށ އަތޮޅުގެ ރައްޔިތުން ޒަމާންތަކެއް ވަންދެން ދެކެމުންދިޔަ ހުވަފެނެއް ކަމަށާއި، ދިގު އިންތިޒާރަކަށްފަހު މިމަސައްކަތް ކުރިއަށްދާތީ ރައްޔިތުން ތިބީ ވަރަށް އުފަލުން ކަމަށެވެ.

އަހުމަދު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ވަރަށް ބާރު ސްޕީޑް ކުރިއަށްދާ ކަމަށާއި، މިމަޝްރޫއު ނިންމަން ކަނޑައަޅާފައިވާ ތާރީހަށް ނިންމޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ފުނަދޫގައި ނުވަ ރަށެއްގެ މީހުން ދިރިއުޅޭކަން ފާހަގަކުރައްވައި އަހުމަދު ވިދާޅުވީ ފުނަދޫއަށް އެރައްޔިތުން ބަދަލުވީ ތަރައްގީ ބޭނުންވާތީ ކަމަށެވެ. މިއެއާޕޯޓުގެ އިތުރު ވަޒީފާތައް އުފެދި މިހާރު ދަތުރުފަތުރު ކުރުމަށް މިހާރު ދިމާވާ ދަތިތަކަށް ހައްލު ލިބޭނެ ކަމަށް އޭނަ ވިދާޅުވިއެވެ.

ށ. އަތޮޅުގައި އެއާޕޯޓެއް ނެތުމުން، އެ ސަރަހައްދާ ކައިރީގައި އެއާޕޯޓު އޮންނަ ރ އިފުރު ނުވަތަ ހދ. ހަނިމާދޫ އެއާޕޯޓަށް ދިއުމަށް ގިނަވަގުތުތަކެއް ހޭދަކުރަންޖޭއިރު އަތުންދާ ހަރަދު ވެސް ބޮޑުވެގެންދެއެވެ.

ގާތްގަނޑަކަށް 2500 މީހުންގެ އާދާބީއެއް އޮންނަ ފުނަދޫ އެއާޕޯޓު އެޅުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ 89 މިލިއަން ރުފިޔާ ހިމަނާފައެވެ. އެއެއާޕޯޓުގައި އަޅާ ރަންވޭގެ ދިގު މިނުގައި 1200 މީޓަރު ހުރެއެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް
22 މާރިޗު 2017

ސިމެންތި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ތެޔޮފުނަދޫ ނެރުމައްޗަށް އަރައިފި

22 މާރިޗު 2017
ސިމެންތި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ތެޔޮފުނަދޫ ނެރުމައްޗަށް އަރައިފި
13 މާރިޗު 2017

ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ

13 މާރިޗު 2017
ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ
07 މާރިޗު 2017

ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި

07 މާރިޗު 2017
ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި
01 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ އެމްޑީޕީގެ ހަރުގެ ފާސްކޮށްފި

01 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ އެމްޑީޕީގެ ހަރުގެ ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު