Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ ކެމްޕެއިން

ހުޅުމާލޭގައި ޕިޕީއެމް އަންހެން ސަޕޯޓަރުންތަކެއް ކޯލިޝަން ކެމްޕެއިން ޕޯސްޓަރުތައް ނައްޓާ ފޮޓޯތަކެއް އާއްމުވެއްޖެ

4 އޯގަސްޓު 2018 | ހޮނިހިރު 17:32

ގަވާއިދާ ހިލާފަށް މާލޭގައި ޕީޕީއެމްގެ ދިދަފަތިތައް ދަމާފައިވާ އިރު އެ ތަކެތި ނަގާފައެއް ނުވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 4 އޯގަސްޓު 2018 | ހޮނިހިރު 17:32
ރައީސް ޔާމީން 2018 ޖަހާފައިވާ ޓީޝާޓްތަކެއް ލައިގެން ތިބި ބަޔަކު ކޯލިޝަންގެ ޕޯސްޓަރުތައް ނައްޓުވަނީ

ރައީސް ޔާމީން 2018 ޖަހާފައިވާ ޓީޝާޓްތަކެއް ލައިގެން ތިބި ބަޔަކު ކޯލިޝަންގެ ޕޯސްޓަރުތައް ނައްޓުވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުުން އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ހުޅުމާލޭގައި ހަރުކޮށްފައި ހުރި ޕޯސްޓަރުތަކެއް ޕީޕީއެމްގެ ޓީޝާޓްތަކެއް ލައިގެން ތިބި ބަޔަކު ނައްޓައި ވިދަމުންދާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި ދައުރުވާން ފަށައިފިއެވެ.

ހުޅުމާލޭގައި ހުރި ބިލްބޯޑެއްގެ ފަހަތުގައި ހަރުކޮށްފައި ހުރި ގުޅިފައިވާ ކޯލިޝަންގެ ޕޯސްޓަރުތައް ރައީސް ޔާމީން 2018 ޖަހާފައިވާ ޓީޝާޓްތަކެއް ލައިގެން ތިބި ބަޔަކު ނައްޓާލާ ފޮޓޯތަކެއް އަންނަނީ ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ދައުރުވަމުންނެވެ. މި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޕޯސްޓަރުތައް ހިއްޕާފައި ވަނީ ހަރުކޮށްފައި ހުރި ބިލްބޯޑެއްގެ ފަހަތުގައެވެ. މީގެ އިތުރުން އަތްފޯރާ ވަރަށް ވުރެ އުހުގައި ހުރި ޕޯސްޓަރުތައް ނެއްޓުމަށް އެތަނަށް ދިޔަ ދެ މީހުންގެ ތެރެއިން އެކަކު ވަނީ ސައިކަލެއްގެ މައްޗަށް އަރާ ހުރެ އެ ފޮޓޯތައް ވީދާފައެވެ.

މި ފޮޓޯތަކާ ގުޅިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޕާޓީތަކުގެ އިސްވެރިން އަދި ސަޕޯޓަރުން ވެސް ދަނީ ޕީޕީއެމްއަށް ފާޑުކިޔަމުންނެވެ. އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ޕޯސްޓަރުތައް ނެއްޓުމުން ރައްޔިތުންގެ ހިތުގައި ލީޑަރުންނަށް އޮތް ލޯބި ބަދަލުވާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި މިފަދަ ކަންކަމަށް ކިޔަނީ ފޫނެތް ފަޔަށް ފެން ފުރުން ކަމަށާއި ޕޯސްޓަރުތައް ނެއްޓި ވަރަކަށް ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ލިބޭ ވޯޓް އިތުރުވާނެ ކަމަށް ވެސް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.

މި ފޮޓޯތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުންތައް އެ ބަޔަކަށް އަދި ޕީޕީއެމަށް އަމާޒުވެފައިވާއިރު، ހުޅުމާލޭގައި ރައީސް ޔާމީނަށް ކެމްޕެއިން ކުރަމުންދާ މީހުން ދިދަފަތި ދަމައި ޕޯސްޓަރު ހަރުކޮށް، އެކި އެކި ކެމްޕެއިން އިވެންޓްތައް ވެސް ދަނީ ބާއްވަމުންނެވެ. އެކަމަމަށް އެއްވެސް ބަޔަކު ހުރަހެއްނާޅައެވެ. އެހެންނަމަވެސް މިދިޔަ ޖުލައިމަހުގެ ކުރީކޮޅު އިދިކޮޅު ކެނޑިޑޭޓް އިބޫ ސޯލިހު ހުޅުމާލޭއަށް ޑޯޓުޑޯއަށް ވަޑައިގެންނެވުމުން ބަޔަކު ވަނީ އެމަނިކުފާނުގެ ގައިކޮޅަށް އަތްލައި ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފައެވެ. މީގެ އިތުރުން ގިނަ ބަޔަކު ދަނީ މާލޭގައި އެމްޑީޕީ އޮފީސް ދޮރުމަތީގައި ޕީޕީއެމްގެ ދަމާފައިވާ ދިދަފަތިތަކުގެ ފޮޓޯތަކާއި އަންހެން ވެރިން ޕޯސްޓަރުތައް ވީދާ ފޮތި އަޅާ ކަމުންނެވެ. އަދި އެ ދިދަފަތިތައް އެތަނުގައި ދަމާފައި ހުންނަތާ އެތައް ދުވަހެއް ވެފައި ވިޔަސް އެތަކެއްޗަށް ގެއްލުން ނުދޭކަން ދަނީ ފާހަގަކުރަމުންނެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް

08 މާރިޗު 2017
ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް
08 މާރިޗު 2017

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ
07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް