Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގދ ފަރެސްމާތޮޑާ

ފަރެސްމާތޮޑާ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

އެއާޕޯޓް އެޅުމަށް 13.6 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 އޯގަސްޓު 2018 | ހޮނިހިރު 08:07
ފަރެސްމާތޮޑާގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަނީ

ފަރެސްމާތޮޑާގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަނީ

ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ރާއްޖޭޓީވީއަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވީ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ހުކުރު ދުވަހު ފަށާފައިވާ ކަމަށާއި، އުންމީދު ކުރަނީ ބާރު ސްޕީޑްގައި މިމަޝްރޫއު ކުރިއަށް ގެންދެވި އަވަހަށް މަސައްކަތް ނިންމާނެ ކަމަށެވެ.

13.6 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު ފަރެސްމާތޮޑާ ކައިރީގައި އޮންނަ ފަޅުރަށުގެ ފަޅުތެރެ ހިއްކާ މިދެރަށް ގުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެނާ ވިދާޅުވިއެވެ.

ގދ. އަތޮޅަކީ ދަތުރުކުރުމަށް އުނދަގޫ ހިސާބެއްކަން ފާހަގަކޮށް ނަސްރުﷲ ވިދާޅުވީ ފަރެސްމާތޮޑާގައި އެއާޕޯޓެއް އަޅުމަށް ރައީސް ޔާމިންގެ ސަރުކާރުން ނިންމެވީތީ އެކަމާއި އުފާކުރާ ކަމަށާއި، މިމަޝްރޫއުގެ ސަބަބުން އެރަށުގެ މެޖޯރިޓީ ތާއީދު ރައީސް ޔާމިނަށް ލިބޭނެ ކަމަށެވެ. އާބާދީގައި 2000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ފަރެސްމާތޮޑާގައި އެއާޕޯޓެއް އެޅިގެން ދިއުމަކީ އެރަށުގެ ރައްޔިތުން ނުހަނު ބޭނުންވާ ކަމެއް ކަމަށް ވެސް ނަސްރުﷲ ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓަށް ބޭނުންވާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ތިން މަސްދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށް ހަވާލުކުރީ ގަލްފް ކޮބްލާ ޓެންސާ ކުންފުންޏާ އެވެ. މިމަޝްރޫއަށް 2.5 މިލިއަން ޑޮލަރު ނުވަތަ 38 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ. ބިން ހިއްކާ ނިމުމާ އެކު އެއާޕޯޓްގެ ރަންވޭ ހެދުމަށް ބަޔަކާ ހަވާލުކުރާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު