Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ފަހު ދައުރު ދިގުކޮށް، ސެޕްޓެމްބަރު މަހު ޖަލްސާތައް ބާއްވާ ގޮތަށް މަޖިލީހުން ފާސްކޮށްފި

މަޖިލީހުގެ ފުރަތަމަ ދައުރު: ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 1 އޯގަސްޓު 2018 | ބުދަ 09:41
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ކުޑަ ކުރުމަށް ފަހު، ތިން ވަނަ ދައުރު ދިގު ކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި އާންމު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ އެ ރިޕޯޓު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައި ގެންނެވި 26 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ބުދަ ދުވަހުގެ ޖަލްސާވެސް ބޮއިކޮޓް ކުރައްވާފަ އެވެ.

މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ އެބިލުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރަކީ ޖޫން މަހުން ފެށިގެން އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރަކީ އޯގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން، މަޖިލީހުގެ ދެވަނަ ދައުރަކީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރަކީ އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ދައުރު، ތިން ދައުރަކަށް ބަހާފައިވާއިރު، ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގާ މުއްދަތަކަށް ބަދަލެއް ނުގެނެއެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުން މަޖިލީހުގެ ދައުރު ބަދަލު ކުރި މިއީ ދެވަނަ ފަހަރެވެ.

މަޖިލީހުގެ ދައުރަށް ބަދަލުތަކެއް ގެންނައިރު މިހާރު ހިނގަމުންދާ މަޖިލީހުން ގަވާއިދާ އެއްގޮތަށް ޖަލްސާތައް ބާއްވަމުން ނުދެއެވެ. އަދި ޖަލްސާތަކުގައި ހޭދަކުރާ ވަގުތު ވެސް މަދުކަން ފާހަގަ ކުރެވޭއިރު، ކޮމެޓީތަކުން އެކަށީގެންވާ މަސައްކަތްތަކެއް ވެސް ކުރަމުން ނުދާކަން ފާހަގަ ކުރެވިފައި ވެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ބުނަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު މަޖިލިސް ހިންގަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީއަށް ވުރެ ވެސް ގިނަ މެމްބަރުން ސޮއިކޮށް މަޖިލީހަށް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިއަދާ އަހަމައަށް އެމައްސަލައަށް ވޯޓަށް އަހާފައެއް ނުވެއެވެ.

މިހާރު މަޖިލީހުން ފާސްކުރާ، ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމް ކަންކަން ފާސްކުރަނީ ޒަރޫރީ ހާލަތެއް ކަމަށް ބުނެ މަޖިލީހުގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ 30 ވަރަކަށް މެމްބަރުންގެ ވޯޓުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު