Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިލްމީ ތަރި ރިޝްމީ

ހިތްވަރުދިނުމުގެ އިނާމު ހޯދަން އަމިއްލައަށް ހުށަހަޅަން ޖެހޭނެ ކަމަށް ޤަބޫލެއް ނުކުރަން: ރިޝްމީ

31 ޖުލައި 2018 | އަންގާރަ 12:33

ރިޝްމީ ދެކޭ ގޮތުގައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުން ދޭ އިނާމަކީ އަމިއްލައަށް އެދިގެން ހޯދަން ޖެހޭ އެއްޗެއް ނޫން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 31 ޖުލައި 2018 | އަންގާރަ 12:33
ފިލްމީ ތަރި އައިޝަތު ރިޝްމީ

ފިލްމީ ތަރި އައިޝަތު ރިޝްމީ

ރާއްޖެ އަށް ރީތިނަން ހޯދުމުން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ އިނާމު ހޯދުމަށް އަމިއްލައަށް ނަން ހުށަހަޅަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން(ސާކް) ގެ އެންމެ މޮޅު ބަތަލާ އަކަށް ހޮވުނު ދިވެހި ފިލްމީ ތަރި އައިޝަތު ރިޝްމީ ބުނެފިއެވެ.

އަންގާރަ ދުވަހު ރިޝްމީ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވަނީ ރާއްޖެއަށް ރީތި ނަން ހޯދުމުން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އިނާމަކީ ރާއްޖެއަށް ރީތި ނަން ހޯދާ ކޮންމެ ފަރާތަކަށް ހައްގު އެއްޗެއް ކަމަށެވެ. އެހެން ކަމުން މި އިނާމު ހޯދުމަށް އެދި އަމިއްލައަށް ނަން ހުށަހަޅަން ޖެހޭނެ ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ އިނާމަށް ނަން ހުށަހަޅަން ޖެހެނީ އަމިއްލަ އަށް ކަމަށް އެނގިފައިވާ ކަމަށް ރިޝްމީ ވަނީ ބުނެފައެވެ.

"ފިލްމީ ދާއިރާގެ ބެލެނިވެރި މުއައްސަސާއަކީ އެންސީއޭ، އަދި ޔޫތް މިނިސްޓްރީ ކަމަށް ވާއިރު، އެފަރާތްތަކުން ވަނީ ގައުމީ ފިލްމް އެވޯޑްގައި ސާކް ފިލްމް ފެސްޓިވަލް އިން ދިން އެވޯޑްގެ އަގު ވަޒަންކޮށް ހަނދާނީ ފިލައެއް ދިން. އެހެން ވީމާ ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ރާއްޖެއަށް ރީތިނަން ހޯދާ ފަރާތްތަކަށް ދެއްވާ ޝަރަފާއި އިނާމަކީ އެފަރާތުން ދެއްވާ އެއްޗެއް ކަމަށް ގަބޫލުކުރެވެނީ. އެއީ އަމިއްލައަށް އެދިގެން ހޯދަން ޖެހޭނެ އެއްޗެއް ކަމަކަށް ބުއްދި ގަބޫލެއް ނުކުރޭ" ރިޝްމީގެ އެފްބީ ޕޯސްޓްގައި ވެއެވެ.

އަދި އެންސީއޭއިން މި އިނާމަށް ނަން ހުށަހެޅުމަށް އެންގުމުން އެކަމަށް އޭނާ އިހުމާލްވީ ވާހަކަ އެއީ ދޮގު މައުލޫމާތެއް ކަމަށް ރިޝްމީ ވަނީ ބުނެފައެވެ. ރިޝްމީ ބުނީ އެންސީއޭ އަކުން ވެސް އަދި އެހެން ފަރާތަކުން ވެސް އެ އިނާމަށް ނަން ހުށަހަޅަން ޖެހޭ ކަމަށް އަންގާފައި ނުވާ ކަމަށެވެ.

ރިޝްމީއަށް އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ މިއަހަރުގެ ސާކް ފިލްމު ފެސްޓިވަލްގައި އޭނާގެ ފިލްމު "ވިޝްކާ" އިންނެވެ. މި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ވެސް ރިޝްމީއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
24 ޖެނުއަރީ 2017

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް