Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންެގެ މަޖިލިސް

ރިޝްވަތު ހިފުމަކީ ކުށެއް ނޫން ކަމަށް ކަނޑައަޅަން އިސްލާހު ހުށަހަޅައިފި

30 ޖުލައި 2018 | ހޯމަ 11:00

އެ ބިލު ކޮމެޓީން ވެސް ވަނީ ފާސްކޮށްފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 30 ޖުލައި 2018 | ހޯމަ 11:00
އިބްރާހިމް ދީދީ: ބިލު ހުށަހެޅުއްވީ މި މަހުގެ 10 ވަނަ ދުވަހު

އިބްރާހިމް ދީދީ: ބިލު ހުށަހެޅުއްވީ މި މަހުގެ 10 ވަނަ ދުވަހު

ރިޝްވަތު ހިފުމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ މާއްދާ އުވާލެވޭ ގޮތަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ ދިރާސާކޮށް ނިންމައި، ފާސްކުރުމަށް ތަޅުމަށް ވަނީ ހުށަހަޅާފައެވެ. މި މަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ރިޝްވަތުގެ ކުށް އުވާލަން ހުށަހަޅާފައި އޮތް ކަމެއް ކުރިން ފާހަގަ ކުރެވިފައެއް ނުވެއެވެ.

Advertisement - newsAdvertisement

އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން، ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުގައި ބަޔާން ކުރާ މާއްދާ، ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅޭ މާއްދާއަކަށް ބަދަލު ކުރުމަށް ވަނީ ހުށަހަޅާފައެވެ. ގާނޫނުލް އުގޫބާތުގައި ރިޝްވަތުގެ ކުށާ ގުޅޭ ގޮތުން ބަޔާން ކުރާ މާއްދާއަކީ 510 ވަނަ މާއްދާއެވެ. ނަމަވެސް ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅޭ އަދަބު ބަޔާން ކުރާ މާއްދާއަކަށް އެ މާއްދާ ހަދައިފިނަމަ، ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވިގެންދާނެއެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ބިލު އޮތް ގޮތަކަށް ފާސްކޮށްފިނަމަ، ދައުލަތުގެ މުވައްޒަފުން ރިޝްވަތު ހިފުމަކީ ކުށަކަށް ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ބަދަލު ކުރުމަށް ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާއަކީ ދައުލަތުގެ މުވައްޒަފުން ރިޝްވަތު ހިފުމަކީ ކުށެއް ކަމަށް ބަޔާން ކުރާ މާއްދާއެއް ކަމަށެވެ.

ރިޝްވަތާ ގުޅިގެން، އޭސީސީން ގިނަ ދައުވާތަކެއް ވެސް އުފުލުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ އެ މާއްދާއާ ހަވާލާދީއެވެ.

ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވާލުމަށް ސަރުކާރުން މަޖިލީހަށް ބިލު ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ޕީިޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ރާއްޖެއެމްވީއަށް ވިދާޅުވީ އެ ބިލުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްޓަކާ، އެ ބިލުގެ މަސައްކަތް މަޖިލީހުގެ ތެރެއިން މަޑުޖައްސާލާފައިވާ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ގާނޫނުލް އުގޫބާތަށް 29 އިސްލާހެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުތައް މަޖިލީހަށް ބަލައިގަނެ، ކޮމެޓީން ދިރާސާކޮށް ނިންމައި، ފާސް ކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާތާ ހަފްތާއެއް ވަނީ ވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް