Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރީ-ރަޖިސްޓްރީ ކުރުމުގައި އޮޅުވާލާ، ރަޖިސްޓްރީވެފައިވަނީ ވޯޓްލާން ބޭނުންވާ ފޮށީގައިތޯ ބެލުން މުހިންމު: އިބޫ

29 ޖުލައި 2018 | އާދީއްތަ 19:42

މިއަދު ދިވެހިރައްޔިތުން ކުރަން ޖެހިފައި އޮތް އެންމެ ބޮޑު ކަމަކީ ވޯޓުލުމަށް ތައްޔާރުވުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ޖުލައި 2018 | އާދީއްތަ 19:42
ގުޅިފައިވާ އިއްތިހާދުން ބ އަތޮޅަށް ކުރަށްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ބ. ދަރަވަންދޫއަށް ވަޑައިގެން އެމްޑީޕީެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ( އިބޫ ) ވާހަކަފުޅު ދައްކަވަނީ

ގުޅިފައިވާ އިއްތިހާދުން ބ އަތޮޅަށް ކުރަށްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ބ. ދަރަވަންދޫއަށް ވަޑައިގެން އެމްޑީޕީެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ( އިބޫ ) ވާހަކަފުޅު ދައްކަވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަން ކަންތައް ކުރިއަށް ގެންދާއިރު އެކަންތައްތަކުގައި އޮޅުވާލުންތަކާއި މަކަރު ހެދުންތައް އެބަހުރި ކަމަށާއި ރަޖިސްޓްރީވެފައި އޮތީ ވޯޓްލާން ބޭނުންވާ ފޮށީގައިތޯ ބެލުން މުހިންމު ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުފުޅުގައި ބ. ދަރަވަންދޫ އަށް އާދިއްތަ ދުވަހުގެ ރޭ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އިބޫ ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން ކުރަން ޖެހިފައި އޮތް އެންމެ ބޮޑު ކަމަކީ ވޯޓުލުމަށް ތައްޔާރުވުން ކަމަށާއި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ކުރެވިފައި އޮތީ ކޮންތަނެއްގައި ތޯ ބަލަންޖެހޭނެ ކަމަށެވެ. އަދި އެކަމަކީ ވަރަށް ވިސްނައިގެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންނަށް މި އިވޭ އަޑުތަކުގެ ތެރޭގައި އޮޅުވާލުންތަކާއި މަކަރު ހެދުންތައް މީގައި އެބަ ހިމެނޭ، އެހެންކަމުން ދެ ފަހަރަށް އަދި ތިން ފަހަރަށް ވެސް ވޯޓަސް ރަޖިސްޓްރީ ބަލަން ޖެހޭނެ އަދި އޮތީ ވޯޓްލާން ބޭނުންވާ ފޮށީގައި ރަޖިސްޓްރީވެފައި އޮތްތޯ ވެސް ބަލަންޖެހޭނެ" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ސަރުކާރަށް އެންމެ ބޮޑު ފައިދާއެއް ވާނީ ބ. ދަރަވަންދޫ އެއަރޕޯޓުން ކަމަށާއި އެހެންނަމަވެސް ސަރުކާރުން ވަނީ އެ ރަށުގެ ތަރައްޤީ އަށް އިހުމާލުވެފައި ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން އެއްތަނަކަށް އެއް ނުކުރިކަމުގައިވީ ނަމަވެސް ރާއްޖެ ތަރައްޤީ ކުރެވިދާނެ ކަމުގެ އެއް މިސާލު ދަރަވަންދޫ އިން ފެނިގެންދާ ކަމަށް އިބޫ ވިދާޅުވިއެވެ.

ގެސްޓް ހައުސްގެ ސިޔާސަތުގެ ދަށުން ރަށަށް އައި ތަރައްޤީއާ ކުރިއެރުން ފާއިތުވި 4 އަހަރު ބ. ދަރަވަންދޫ އިން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުރިހާ ރަށެއްގެ ރައްޔިތުންނަށް ނަރުދަމާގެ ނިޒާމް ޤާއިމް ކޮށްދިނުމަކީ ޤާނޫނު އަސާސީން ސަރުކާރުގެ މައްޗަށް ލާޒިމްކުރާ ކަމެއްކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ އެހެންނަމަވެސް ސަރުކާރުން އެކަމަށް އިހުމާލުވެފައިވާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އިބޫގެ ވެރިކަމެއްގައި ބ. ދަރަވަންދޫގެ ރައްޔިތުންނަށް ނަރުދަމާގެ ނިޒާމު ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިބޫ އިތުރަށް ވިދާޅުވީ ބ. ކިހާދުގައި ވެސް ފެނާއި ނަރުދަމާ ނިޒާމުގެ އިތުރުން ކަރަންޓުގެ ދަތިކަން ހުރިކަން ކަމަށާއި ޒުވާނުން ފުޓްބޯޅަ ކުޅޭނެ ދަނޑެއް ވެސް އެ ރަށުގައި ނެތް ކަމަށެވެ. އަދި އެކަންތައްތަކަކީ ސަރުކާރަކުން އިހުމާލުވެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި މި ޤައުމު ތަރައްޤީ ކުރާނީ ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި އެގޮތުން ވަކި ރަށެއް އިސްތިސްނާ ނުކޮށް އަޅުގަނޑު މިދެންނެވި ކަންތައްތައް އަޅުގަނޑުމެން ގެނެސްދޭނަން. އަޅުގަނޑު މިދިނީ އަޅުގަނޑުމެންގެ ވެރިކަމެއްގައި މިކަންތައްތައް ކުރެވިދާނެ ކަމުގެ ޔަޤީންކަން، އެ ވިސްނުމުގައި އަޅުގަނޑުމެން ނިކުމެ މި ތިބީ" އިބޫ ވިދާޅުވިއެވެ.

ބ އަތޮޅަށް ފައްޓަވާފައިވާ ދަތުރުން ފާހަގަވެގެންދިޔައީ ރަށްރަށުން ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަން ތައްޔާރަށް އޮތް މަންޒަރު ކަމެއް ވެސް އިބޫ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
08 ފެބުރުއަރީ 2017

އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

08 ފެބުރުއަރީ 2017
އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް