Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

އިތުުރު ދެ ރިސޯޓާއެކު ޖުމްލަ 44 ރިސޯޓުގައި ވޯޓުފޮށި ބަހައްޓަނީ!

ދިގަލި މޯލްޑިވްސް އާއި އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެނގެލި ރިސޯޓްގައި ވޯޓުފޮށި ބަހައްޓާނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 29 ޖުލައި 2018 | އާދީއްތަ 07:56
ވޯޓު ގުނުން

ވޯޓު ގުނުން

އިތުރު ދެ ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިން 42 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަން ހާމަ ކޮށްފައެވެ. މިދެ ރިސޯޓާއެކު ޖުމްލަ 44 ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓިގެންދާނެ އެވެ.

އަލަށް ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވަނީ ދިގަލި މޯލްޑިވްސް އާއި އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެނގެލި ރިސޯޓެވެ.

ރިޔާސީ އިންތިޚާބު 2018 ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓާނީ ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 100 (ސަތޭކަ) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ

އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރީ ހަތް ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓުމަށެވެ. އެހެން ނަމަވެސް ގިނަ ރިސޯޓު މުވައްޒަފުންގެ ޝަކުވާއާއި ގުޅިގެން އެ ނިންމުން ވަނީ ބަދަލު ކޮށްފައެވެ.

ރާއްޖޭގައި 132 ރިސޯޓްގައި އޮޕަރޭޝަން ހިންގަމުންދާއިރު 70 އަށް ވުރެ ގިނަ ރިސޯޓުގައި ވޯޓުފޮށި ބަހައްޓަން އެރިސޯޓުތަކުން ބޭނުން ނުވާ ކަމަށް އަންގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެރިސޯޓުތަކުގެ ނަންތައް ހާމަކުރައްވާނެ ކަމަށް އެކޮމިޝަނުން ބުނެފައިވާ އިރު މިހާތަނަށް އެ ރިސޯޓުތަކުގެ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި 40 ރިސޯޓުގައި ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި 480 އަށް ވުރެ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2017

ބަޖެޓް 2018: ޖުމްލަ އަދަދަށް ބަދަލު ނުގެނެސް ދިރާސާ ކުރާ ކޮމެޓީން ބަޖެޓް ފާސްކޮށްފި

20 ނޮވެމްބަރު 2017
ބަޖެޓް 2018: ޖުމްލަ އަދަދަށް ބަދަލު ނުގެނެސް ދިރާސާ ކުރާ ކޮމެޓީން ބަޖެޓް ފާސްކޮށްފި
03 ނޮވެމްބަރު 2017

މޫސުމީ މައްސަލަތަކަށް ފަރުދުންގެ ވަކިވަކި އަމަލުތަކުގެ ސަބަބުން ޖުމްލަ ހައްލެއް ނުލިބޭނެ: ރައީސް ނަޝީދު

03 ނޮވެމްބަރު 2017
މޫސުމީ މައްސަލަތަކަށް ފަރުދުންގެ ވަކިވަކި އަމަލުތަކުގެ ސަބަބުން ޖުމްލަ ހައްލެއް ނުލިބޭނެ: ރައީސް ނަޝީދު
19 އޮކްޓޯބަރު 2017

ވޯޓުފޮށިން ރައީސް ޔާމީން ބަލިކުރާނަން، ރައީސް ޔާމިންގެ މައްސަލަތައް ބަލާނަން: ރިޔާޒް

19 އޮކްޓޯބަރު 2017
ވޯޓުފޮށިން ރައީސް ޔާމީން ބަލިކުރާނަން، ރައީސް ޔާމިންގެ މައްސަލަތައް ބަލާނަން: ރިޔާޒް
12 އޮކްޓޯބަރު 2017

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 13.5 ބިލިއަނަށް އަރާ: ރިޔާސީ ކޮމިޝަން

12 އޮކްޓޯބަރު 2017
ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 13.5 ބިލިއަނަށް އަރާ: ރިޔާސީ ކޮމިޝަން
17 އޯގަސްޓު 2017

ފާރިސްގެ ޝަރީއަތް: ޝަރީއަތް މެދުކަނޑާލުމުގެ އަމުރެއް ހިމެނޭ ގޮތަށް ޖުމްލަ ހަ ކަމެއް ހުށަހަޅައިފި

17 އޯގަސްޓު 2017
ފާރިސްގެ ޝަރީއަތް: ޝަރީއަތް މެދުކަނޑާލުމުގެ އަމުރެއް ހިމެނޭ ގޮތަށް ޖުމްލަ ހަ ކަމެއް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު