Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރިޔާސީ އިންތިޚާބުގެ ފޯކަލް ޕޮއިންޓަށް ކަނޑައަޅާ މީހުން ޕީޕީއެމްގެ ހަރަކާތްތަކުގައި!

28 ޖުލައި 2018 | ހޮނިހިރު 05:57

އީސީން ދާންދޫ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އައްޔަންކޮށްފައި ހުރި އަގީލް ޕީޕީއެމް ހަރަކާތްތަކުގައި

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖުލައި 2018 | ހޮނިހިރު 05:57
ޑރ. ޝަހީމް ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދާންދޫ ޖަގަހަ ހުޅުއްވައިދެއްވާއިރު ވާތްފަރާތުގައި އަގީލް ހުއްޓިލައިގެން

ޑރ. ޝަހީމް ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދާންދޫ ޖަގަހަ ހުޅުއްވައިދެއްވާއިރު ވާތްފަރާތުގައި އަގީލް ހުއްޓިލައިގެން

ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރަށްރަށް ފޯކަލް ޕޮއިންޓްގެ ގޮތުގައި ކަނޑައަޅާ ފަރާތްތައް ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވާ މައްސަލަ ފެންމަތިވެއްޖެއެވެ.

އީސީގެ ފަރާތުން ފޮށިތައް ކައިރީގައި ތިބޭ މީހުން ކަނޑައެޅުމަށް މައުލޫމާތުތައް ފޮނުވާފައި ވަނީ ޕީޕީއެމް އޮފީސް މެެދުވެރިކޮށް ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށް ގއ. ދާންދޫ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އައްޔަންކޮށްފައި ހުރި މުހައްމަދު އަގީލް ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ.

Advertisement - newsAdvertisement

ނަމަވެސް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަގީލް ބުނީ އެއްވެސް ވަރަކަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވާ ކަަމާށާއި، ވަކި ޕާޓީއަކަށް ތާއީދު ވެސް ނުކުރާ ކަމަށެވެ. އެންމެފަހުން ދާންދޫގައި ހުޅުވި ޕީޕީއެމް ޖަގަހައިގައި އިސްކޮށް ހަރަކާތްތެރިވަންތޯ ސުވާލުކުރުމުން އަގީލް ބުނީ އެޖަގަހައަކީ އޭނާގެ ކޮއްކޮ ދިރިއުޅެމުން އަންނަ ގޭގައި ހުޅުވި ޖަގަހައެއް ކަމަށާއި، އެގެއަށް ވެދަނުކުމެ ހަދާތީ އެމަންޒަރު އާންމުންނަށް ފެންނާނެ ކަމަށެވެ.

"އަޅުގަނޑުމީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މީހެއް ނޫން. އެއްވެސް ސިޔާސީ ޕާޓީއެއްގައި މަސައްކަތް ނުކުރަން. ވަކި ޕާޓީއަކަށް ތާއީދެއް ނުކުރަން. ދެން ކޮއްކޮމެންގޭގައި ހުންނާނެ ޕީޕީއެމް ޖަގަހައެއް. ދެން އެގެއަށް ވަދެ ހަދަން. ކޮއްކޮ ގެއަށް ވީމަ ވަންނަނީ. ޕީޕީއެމްގެ ޖަގަހައަކަށް ނޫން ދަނީ،" އަގީލް ބުންޏެވެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވާ ކަމަށް އަގީލް ބުނި ނަމަވެސް ރައީސް އަބްދުﷲ ޔާމިންގެ ރަނިން މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދާންދޫއަށް ވަޑައިގެން އެރަށުގެ ޕީޕީއެމް ޖަގަހަ ހުޅުވައިދެއްވި އިރު އެތަނުގައި ވެސް އިސްކޮށް އަގީލް ހަރަކާތްތެރިވި މަންޒަރު ފޮޓޯތަކުން ފެނިގެންދެއެވެ.

ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބުކުރެއްވުމަށް ސަރުކާރުގެ މުވައްޒަފުންނާއި ވަސީލަތްތައް ވެސް ބޭނުންކުރައްވާނެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެރަށުގެ މީހަކު ބުނީ ރިޔާސީ އިންތިޚާބުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އައްޔަންކުރީ އިންސާފުވެރިކޮށް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މަގާމުގައި ހުރި އަގީލް އަކީ މީގެ ކުރިން ވެސް ޕީޕީއެމްގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ.

މިމައްސަލައާ ގުޅިގެން ރައްޖޭއެމްވީން ދެންނެވި ސުވާލަކަށް ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފޯކަލް ޕޮއެންޓަށް އައްޔަންކޮށްފައި ހުރި މީހާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފޮޓޯތައް ސޯޝަން މީޑިއާގައި ދައުރުވާ ކަމަށާއި، ރަށުގެ ބައެއް ރައްޔިތުން ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅު ކުރަމުން އަންނަ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވަން ކުރަންޖެހޭ މަސައްކަތްތައް ކައުންސިލުން ކުރާނެ ކަމަށާއި، ކައުންސިލުން ރައްޔިތުންގެ ކަންބޮޑުވުންތައް އަހާނެ ކަމަށެވެ.

އީސީން ބުނެފައި ވަނީ މި ފަހަރުގެ އިންތިޚާބުގައި ފޮށިތައް ކައިރީގައި ހަރަކާތްތެރިވާނީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ފަރާތްތަކެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް