Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ސުޕްރީމް ކޯޓުން ނެރުނު ހުކުމުގެ މަގުސަދަކީ އަޅުގަނޑުމެންގެ ފޯކަސް އަނބުރާލުން، އޭގައި އާ ވާހަކައެއް ނެތް: އިބޫ

މެމްބަރުންގެ މައްސަލައިގައި ދާއިމީ އަމުރެއް ނެރެދޭން ސުޕްރީމް ކޯޓަށް ކެރިވަޑައެއް ނުގެންނެވި: އިބޫ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 25 ޖުލައި 2018 | ބުދަ 17:02
ީއިބޫ އާއި ފައިސަލް މަގުމަތީ ހިންގަވާފައި ވަޑައިގަންނަވަނީ:- ސުޕްރީމް ކޯޓުގެ އަމުރަކީ ކެމްޕެއިންގެ ފޯކަސް އަނބުރާލަން ކުރި ކަމެއް ކަމަށް އިބޫ ވިދާޅުވި

ީއިބޫ އާއި ފައިސަލް މަގުމަތީ ހިންގަވާފައި ވަޑައިގަންނަވަނީ:- ސުޕްރީމް ކޯޓުގެ އަމުރަކީ ކެމްޕެއިންގެ ފޯކަސް އަނބުރާލަން ކުރި ކަމެއް ކަމަށް އިބޫ ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ޖެހޭ ކަމަށް ބުނެ އެ ކޯޓުން ބުދަ ދުވަހު ނެރުނު ހުކުމުގައި އާ ވާހަކައެއް ނެތް ކަމަށާއި އެ ހުކުމުގެ ބޭނުމަކީ އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިންގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލުން ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބޫ ވިދާޅުވީ މެމްބަރުންގެ ގޮނޑިއާމެދު ގޮތެއް ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް މީގެ ކުރިން ވެސް އިދިކޮޅު މެމްބަރުން ގެންދިޔައީ ވިދާޅުވަމުން ކަމަށެވެ.

Advertisement - newsAdvertisement
"މިއަދު ސުޕްރީމް ކޯޓުން ނެރުނު ހުކުމުގެ މައިގަނޑު އަސާސަކީ, މަގުސަދަކީ އަޅުގަނޑުމެން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރާ މަސައްކަތުގެ ފޯކަސް ގެއްލުވާލުން. އެނޫން އެއްވެސް ކަމެއް ނެތް މިއަކު. މި ހުކުމަކު ނެތް އާ ވާހަކައެއް ބުނެފައެއް. ކުރިން ވެސް ދެންނެވި ފަދައިން މީގައި ބުނެފައި އޮތް ވާހަކައަކީ. ބާރަ މެމްބަރުންގެ މައްސޫލިއްޔަތު އަދާކުރުމާ ބެހޭ ގޮތުން އަދި ތިމަންނަމެން ގޮތެއް ނުނިންމައޭ. ގޮތެއް ނިންމަންދެން އަޅުގަނޑުމެން މި ގަބޫލު ކުރަނީ އެ 12 މެމްބަރުންނަށް މައްސޫލިއްޔަތު އަދާކުރެވެން ޖެހޭނެ ކަމަށް،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ 12 މެމްބަރުންނަށް މަޖިލީހަށް ވަޑައިގަތް ޒިންމާ އަދާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި މަޖިލީހަށް އެ މެމްބަރުން ވަނުމަށް ހުރަސްއެޅުމަށް ޢައިރު ގާނޫނީ އަމުރުކޮށް އެ އަމުރަށް ތަބާވާ ނަމަ އެެކަން ފަހުން ބަލާނެ ކަމަށެވެ.

އިބޫ ވިދާޅުވީ ސުޕްރީމް ކޯޓު ވެސް އަދި އެހެނިހެން މުވައްސަސާތައް ވެސް އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި މި ވަގުތު މެމްބަރުންގެ މައްސަލައިގައި ދާއިމީ އަމުރެއް ނެރުއްވަން ސުޕްރީމް ކޯޓުގެ މެމްބަރުންނަށް ވެސް ކެރިވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުން އަދި އިބޫގެ ރަނިންމޭޓް ފައިސަލް ވެސް ވިދާޅުވީ 60000 ރައްޔިތުންގެ އަޑު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަނޑުވާލާފައި އޮންނަތާ އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މި ބާވާތުގެ މައްސަލަތަކުގައި އަވަސް ގޮތަކަށް ޝަރުއީ ދާއިރާއިން ގޮތެއް ނިމަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ހަމަ ސަލާމަތީ ހިދުމަތްތަކަށް ވެސް ގޮވާލަން ބޭނުންވަނީ އެއްވެސް ހާލެއްގައި ގާނޫނާ ހިލާފު، ޢައިރު ގާނޫނީ އަމުރުތަކަށް ތިޔަ ބޭފުޅުން ތަބާނުވާށޭ. އަޅުގަނޑުމެނަށް ފެނިފައެއް ނެތޭ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ތަނެއް،" ފައިސަލް ވިދާޅުވިއެވެ.

ހަމަ އެހެންމެ މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ވިދާޅުވީ ބުދަ ދުވަހު ސުޕްރީމް ކޯޓުން މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ނިންމާފައި ވަނީ މީގެ ކުރިން ވެސް ނިންމާފައިވާ ފަދަ ނިންމުމެއް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއް ވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާއިރު އެ މެމްބަރުންނަށް މަޖިލީހަށް ވަނުމަށް އެއްވެސް ހުރަހެއް ނެތްކަން ކޯޓުން ވެސް ކަނޑައަޅައި ދޭން ޖެހޭ ކަމަށެވެ.

"މެމްބަރުންނަކީ މެމްބަރުން ކަމުގައި ބަލަމުންދާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވީ. ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު ނީވި ދަނީ. އަޅުގަނޑު އެދެނީ ވީހާ އަވަހަށް މަޖިލީހަށް މެމްބަރުންނަށް ވަދެވޭނެ ގޮތް ކޯޓުން ގޮތެއް ނިންމަދޭން،" އަނާރާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އެ ބޭފުޅުން މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށާއި ސަލާމަތީ ބާރުތަކުން އެކަމަށް ހުރަސް ނޭޅުމަށް ގޮވާލައްވާ ކަމަށެވެ. ހަމަ އެހެންމެ އެ ފަރާތްތަކުގެ މައްސަލަތައް ފަހުން ބަލާ ތަހްގީގުކުރާނެ ކަމަށް އޭނާ ވެސް ވިދާޅުވިއެވެ.

ހަމަ އެންމެ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މީގެ ކުރިން ނެރެފައިވާ އަމުރުތަކޭ އެއް ފަދައިން މި ފަހަރުގެ އަމުރުގައި ވެސް ރައްތުންގެ މަޖިލީހުގެ ގޮނޑި ނުގެއްލޭކަން ސުޕްރީމް ކޯޓުގެ އަމުރުން ސާފުވެގެން ހިނގައްޖެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު