Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ޕާކިސްތާނުގެ އާއްމު އިންތިޚާބު: ކުއެއްޓާ ސިޓީގައި ދިން ބޮމުގެ ހަމަލާއެއްގައި 31 މަރު

ބޮން ގޮއްވުމުގެ ހާދިސާގެ ޒިންމާ ހަނގުރާމަވެރި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން ވަނީ ނަގާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 25 ޖުލައި 2018 | ބުދަ 16:20
ވޯޓްލުމަށް ބޭނުންވާ ސާމާނު ނެގުމަށް އިލެކްޝަންގެ ސްޓާފުން ޕެޝާވަރުގައި ހުންނަ ޑިސްޓްރިބިއުޝަން ސެންޓަރަށް އަންގާރަ ދުވަހު ޖަމާވެފައި

ވޯޓްލުމަށް ބޭނުންވާ ސާމާނު ނެގުމަށް އިލެކްޝަންގެ ސްޓާފުން ޕެޝާވަރުގައި ހުންނަ ޑިސްޓްރިބިއުޝަން ސެންޓަރަށް އަންގާރަ ދުވަހު ޖަމާވެފައި

ޕާކިސްތާނުގެ އާއްމު އިންތިޚާބުގެ ވޯޓުލުން ބުދަ ދުވަހު ކުރިއަށް ދާއިރު ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެގޮތުން ކުއެޓާ ސިޓީގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 31 މީހަކު ވަނީ މަރުވެފައެވެ. އެހެން ސަރަހައްދުތަކުގައި ވެސް ބޮމުގެ ހަމަލާތައް ދީފައިވާ އިރު އެކި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ މެދުގައި ވެސް ދަނީ ހަމަނުޖެހުން ހިނގަމުންނެވެ. އެގޮތުން މި ހަމަނުޖެހުންތަކުގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވޯޓު ލުމުގެ ކުރިން ވެސް ހަމަނުޖެހުމާއި، ހިޔާނާތުގެ ސަބަބުން ކެމްޕެއިނަށް ހިޔަނި އެޅިފައިވާއިރު، ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓަށް ނުފޫޒު ފޯރުވުމަށް "ފާޅުކަން ބޮޑު ގޮތެއްގައި" މަސައްކަތް ކުރެވިފައިވާ ކަމަށެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށާއި އަދި ހަތަރު ޕްރޮވިންޝަލް ގާނޫނު ހަދާ މަޖިލީހަކަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި އެންމެ ވާދަކުރާނެ ކަމަށް ބެލެވެނީ ކުރީގެ މަޝްހޫރު ކްރިކެޓް ތަރި އިމްރާން ޚާނުގެ ޕާޓީ، "ޕާކިސްތާން ތެހިރީކޭ އިންސާފް" އާއި މާގާމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ "ޕާކިސްތާން މުސްލިމް ލީގް-ނަވާޒް" ޕާޓީއެވެ.

ޕާކިސްތާނުގެ އާންމު އިންތިޚާބުގައި ވޯޓު ލުމަށް 85،000 މަރުކަޒު ކަނޑައަޅާފައި ވެއެވެ. އިންތިޚާބުގައި، ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތަކަށް 3،765 ކެންޑިޑޭޓުން ވާދަ ކުރެއެވެ.

ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވޯޓުލާ ދުވަހު 800،000 މީހުން މަސައްކަތް ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި 370،000 ސިފައިން ވެސް ހިމެނެއެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު