Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތި އަތުލައިގަތުން

ރާއްޖެއިން ބޭރުން އައި ތިން މީހެއްގެ އަތުން އަށް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ބަންގްލަދޭޝްގެ ޑާކާ އިން ރާއްޖެ އައި އުމުރުން 30 އަހަރުގެ ބަނގުލަދޭސް މީހެއްގެ އަތުން 5.46 ކިލޯ ފެނުނު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 24 ޖުލައި 2018 | އަންގާރަ 12:53
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި

ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި

ރާއްޖެ އައި ފަސިންޖަރުންގެ ފޮށިތަންމަތި ބަލައިފާސްކުރުމުގެ ތެރޭގައި ތިން ފަހަރެއްގެ މަތީން 8.28 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުރަތަމަ ކޭސްގައި ޖުލައި 18 ވަނަ ދުވަހު ބަންގްލަދޭޝްގެ ޑާކާ އިން ރާއްޖެ އައި އުމުރުން 30 އަހަރުގެ ބަނގުލަދޭސް މީހެއްގެ ޢަމަލުތައް ހުރި ގޮތުން އޭނާއާ މެދު ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައި ހުރި ހަތަރު ޕާރުސަލް ފެނިފައިވާ ކަމަށެވެ. އެ ތަކެތި ތަހުލީލު ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާއިރު، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 5.46 ކިލޯ ހުރި ކަމަށް ވެސް ކަސްޓަމްސުން ބުންޏެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ދޯހާ މަގުން ޓެންޒޭނިއާ އިން ރާއްޖެ އައި އުމުރުން 23 އަހަރުގެ ޓެންޒޭނިޔާ އަންހެނެއްގެ އަތުން ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. ޖުލައި 19 ވަނަ ދުވަހު ރާއްޖެ އައި އެމީހާގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައި ހުއްޓާ ވަނީ ފެނިފައެވެ. އަދި އެ ތަކެތި ތަހުލީލު ކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2.05 ކިލޯ ހުރި ކަމަށް ފުލުހުން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މި މަހުގެ 15 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އުމުރުން 31 އަހަރުގެ ދިވެއްސެއްގެ އަތުން ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. ކަސްޓަމްސް އަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އެ މީހާގެ ފޮށިތަންމަތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ފޮށީގެ ތެރޭގައި ފޮރުވާފައިވާ މަސްތުވާތަކެތި ފެނިފައިވާއިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައެވެ. މި ތަކެތީގެ ބަރުދަނުގައި 771 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މިކޭސްތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 8.28 ކިލޯ ހުރިއިރު، މި މައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި އިތުރަށް ތަހުޤީޤު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރު މިހާތަނަށް 54 މައްސަލައެއްގައި ވަނީ މަސްތުވާތަކެތި އަތުލައިގަނެފައެވެ. ފޯސްޓް މެދުވެރިކޮށް އެތެރެކުރި 44 މައްސަލައަކާއި ފަސިންޖަރުންގެ ލަގެޖުން މަސްތުވާތަކެތި ފެނުނު ނުވަ މައްސަލައެއްގެ އިތުރުން ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް ހިމެނެއެވެ.

އެންމެ ގިނަ އިން އަތުލެވުނު މަސްތުވާތަކެތީގެ މައިގަނޑު ބާވަތްތަކަކީ ކެނަބިސް، ހަޝިޝް އޮއިލް އަދި ހެރޮއިންއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު