Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައިވެރިބޭ ފުޑް ކޯޓް

ބޭނުންކުރަމުންގެންދާތާ އެތައް މަސްތަކެއް ފަހުން ރާވެރިބޭ ކޮއްތުވެނި ރަސްމީކޮށް ހުޅުއްވައި ދެއްވައިފި

23 ޖުލައި 2018 | ހޯމަ 17:06

ސަރަހައްދުގައި އޮންނަ ރައިވެރިބޭ މައިޒާނާ ގުޅުވައި، ދީފައިވާނަމަކީ "ރާވެރިބޭ ކޮއްތުވެނި"

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 23 ޖުލައި 2018 | ހޯމަ 17:06
ރާވެރިބޭ ކޮއްތުވެނި ހުޅުވުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން

ރާވެރިބޭ ކޮއްތުވެނި ހުޅުވުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން

ބޭނުން ކުރަމުންގެންދާތާ އެތައް މަސްތަކެއް ފަހުން، ހާބަރު ފުޑް ކޯޓުތައް، "ރާވެރިބޭ ކޮއްތުވެނި"ގެ ނަމުގައި ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

މާލޭގެ ހުޅަނގު، ދެކުނު ހާބަރު ސަރަހައްދުގައި ހުރި ކަޑަތައް ނަގައި، ޒަމާނީ ފެނަވަރަކަށް ތަރައްޤީ ކުރުމަށް ފަހު ރަސްމީކޮށް، އެ ސަރަހައްދު ރައީސް އަބްދުﷲ ޔާމީން ހުޅުއްވައިދެއްވީ ހޯމަ ދުވަހުގެރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ސަރަހައްދު ހުޅުވިއިރު، ސަރަހައްދުގައި އޮންނަ ރައިވެރިބޭ މައިޒާނާ ގުޅުވައި، ދީފައިވާނަމަކީ "ރާވެރިބޭ ކޮއްތުވެނި" އެވެ.

Advertisement - newsAdvertisement

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މީގެ އަހަރުތަކެއްކުރިން ސަރަހައްދު އޮތީ ވަރަށް ބޮޑަށް އަޅާނުލެވި، ދޫކޮށްލެވިފައި ކަމަށެވެ. އަދި ސަރަހައްދު ތަރައްޤީވެގެން ދިއުމަކީ ރައީސް އަބްދުﷲ ޔާމީންގެ ތަރައްޤީގެ ދުރު ވިސްނުންފުޅު ހާމަވާކަމެއް ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވި އެވެ.

"ހަމައެކަނި ކޮންކްރިޓް ތަރައްޤީއެއް ނޫން، ފެހި ތަރައްޤީ ވެސް ރައްޔިތުންނަށް އެބަ ގެނެސްދެއްވާ." މިނިސްޓަރ މުއިއްޒް ވިދާޅުވި އެވެ.

ފުޑް ކޯޓުތައް ރަސްމީކޮށް، ހޯމަ ދުވަހުގެ ރޭ ރައީސް ޔާމީން ހުޅުއްވައިދެއްވިއިރު، އެ ސަރަހައްދުގެ ކެފޭތައް ހުޅުވައި، މެއި މަހުން ފެށިގެން އަންނަނީ ހިދުމަތްދެމުންނެވެ. އެ ސަރަހައްްދުގައި އަލަށް 26 ކެފޭއެއް ވަނީ ހަދައިފަ އެވެ.

ސަރަހައްދު ތަރައްޤީ ކުރުމަށް އެސްޓީއޯ އާއި ސަރުކާރުން ހަވާލުކުރީ ޖެނުއަރީ 2016 ގައެވެ. އަދި އެ ސަރަހައްދު ތަރައްޤީކޮށް 6 މަސް ދުވަހުގެ ތެރޭގައި ނިންމައި، އެ އަހަރުގެ މެދު ތެރޭގައި ހުޅުވާނެ ކަމަށް ސަރުކާރުން އޭރުގައި ވައުދުވި އެވެ. ނަމަވެސް އެ ސަރަހައްދުގެ މަސައްކަތްތައް ވެސް ނިމުނީ ކަނޑައެޅި ތާރީހަށް ވުރެ 1 އަހަރާއި ހަ މަސްދުވަސް ފަހުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2017

އެތައް ދުވަހެއް ވަންދެން ބަލިވެ އުޅުމަށް ފަހު ޒާހިލް މަރުވެއްޖެ

27 އޮކްޓޯބަރު 2017
އެތައް ދުވަހެއް ވަންދެން ބަލިވެ އުޅުމަށް ފަހު ޒާހިލް މަރުވެއްޖެ
12 ސެޕްޓެމްބަރު 2017

ވަކީލުން ސަސްޕެންޑް ކުރުމުން ނިގުޅައިގަނެވުނީ އެތައް ބައެއްގެ ހައްގުތައް: އިދިކޮޅު ކޯލިޝަން

12 ސެޕްޓެމްބަރު 2017
ވަކީލުން ސަސްޕެންޑް ކުރުމުން ނިގުޅައިގަނެވުނީ އެތައް ބައެއްގެ ހައްގުތައް: އިދިކޮޅު ކޯލިޝަން
01 ސެޕްޓެމްބަރު 2017

ހުޅުމާލެ ފެރީ ޓާރމިނަލް ތޮއްޖެހި، އެތައް ބަޔަކު ކިއުގައި!

01 ސެޕްޓެމްބަރު 2017
ހުޅުމާލެ ފެރީ ޓާރމިނަލް ތޮއްޖެހި، އެތައް ބަޔަކު ކިއުގައި!
30 އޯގަސްޓު 2017

އެތައް އުޅަނދެއް ހަލާކުވި ފަހުން އާ ނެރު ބަންދުކޮށްފި

30 އޯގަސްޓު 2017
އެތައް އުޅަނދެއް ހަލާކުވި ފަހުން އާ ނެރު ބަންދުކޮށްފި
26 ޖުލައި 2017

ފުލުހުން އެމްޑީޕީ ހަރުގެ ތެރެއަށް ވަދެ އެތައް ބަޔަކު ހައްޔަރުކޮށްފި

26 ޖުލައި 2017
ފުލުހުން އެމްޑީޕީ ހަރުގެ ތެރެއަށް ވަދެ އެތައް ބަޔަކު ހައްޔަރުކޮށްފި
11 ޖުލައި 2017

ވެށިފަހިމާލޭ ޕްރޮގްރާމްގެ ދަށުން އެތައްސަތޭކަ ރައްޔިތުންނަށް އަދިވެސް ފްލެޓް ލިބިފައި ނުވާތީ ހިތާމަކުރަން: މޭޔަރ ޝިފާ

11 ޖުލައި 2017
ވެށިފަހިމާލޭ ޕްރޮގްރާމްގެ ދަށުން އެތައްސަތޭކަ ރައްޔިތުންނަށް އަދިވެސް ފްލެޓް ލިބިފައި ނުވާތީ ހިތާމަކުރަން: މޭޔަރ ޝިފާ
11 އެޕްރީލު 2017

އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި

11 އެޕްރީލު 2017
އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި
06 އެޕްރީލު 2017

ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!

06 އެޕްރީލު 2017
ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!
02 އެޕްރީލު 2017

ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް

02 އެޕްރީލު 2017
ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް