Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އުމަރު ނަސީރުގެ ޕާސްޕޯޓް ހިފަހައްޓައިފި

23 ޖުލައި 2018 | ހޯމަ 14:37

ސިވިލް ކޯޓުން އަމުރު ނެރުނީ ދަރަނީގެ މައްސަލައެއްގައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 23 ޖުލައި 2018 | ހޯމަ 14:37
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި އުމަރު ނަސީރު ޕާސްޕޯޓް ހިފެހެއްޓުމަށް ސިވިލް ކޯޓުން އަމުރު ނެރުނީ ދަރަނީގެ މައްސަލައެއްގައެވެ. އަދި އެއީ އޭނާގެ މަސްލަހައްތު އޮންނަ ކުންފުންޏެއްގެ ދަރަނީގެ މައްސަލައެއް ކަން ވެސް ރާއްޖެޓީވީއަށް އެނގިފައި ވެއެވެ.

Advertisement - newsAdvertisement

އެނގިފައިވާގޮތުގައި ދަރަނީގެ މައްސަލާގައި އުމަރުގެ ޕާސްޕޯޓް ހިފެހެއްޓީ ރަހުނެއް ނުހިމެނޭ، ސާބިތު ދަރަނީގެ މުއާމަލާތްތަކުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުނެވެ. އަދި އެ މައްސަލައަކީ ވޭލް ސަބްމެރިންގެ ޕެންޝަނާ ގުޅޭ މައްސަލައެއްކަން އެނގިފައިވެއެވެ. އެގޮތުން އުމަރުގެ މަސްލަހަތު އޮންނަ ވީ ޓުވަރިސްޓް ސަބްމެރީން އިން ޕެންޝަން އޮފީހަށް 1.8 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. ޕެންޝަން އޮފީހަށް 1.8 މިލިއަން ރުފިޔާ ދައްކަން އެ ކުންފުނީގެ މައްޗަށް އަމުރުކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ.

އުމަރާއެކު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ހުކުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާތީކަން އެނގިފައިވެއެވެ.

ސާބިތު ދަރަނީގެ މުއާމަލާތްތަކުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ސާބިތު ދަރަންޏެއްގެ މައްސަލައިގައި ޑިރެކްޓަރުންގެ ޕާސްޕޯޓް ހިފެހެއްޓި ދާނެ އެވެ.

ރާއްޖެޓީވީއަށްް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިނުވާ ކަމަށެވެ. އަދި ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކުރި ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބޭފުޅެކެވެ. ސާބިތު ދަރަނީގެ މައްސަލައެއް އޮވެ، ގަވައިދާއި އެއްގޮތަށް ދައްކަމުން ނުދާކަމުގައިވާނަމަ ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި

22 ފެބުރުއަރީ 2017
އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި
13 ފެބުރުއަރީ 2017

ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު

13 ފެބުރުއަރީ 2017
ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
05 ފެބުރުއަރީ 2017

އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

05 ފެބުރުއަރީ 2017
އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
28 ޖެނުއަރީ 2017

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

28 ޖެނުއަރީ 2017
ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ
26 ޖެނުއަރީ 2017

އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި

26 ޖެނުއަރީ 2017
އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް