Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ފައިސަލް ވިލިމާލޭގެ ބައެއް ރައްޔިތުންގެ ގާތަށް

22 ޖުލައި 2018 | އާދީއްތަ 14:18

ބޯހިޔާވަހިކަމުގެ މައްސަލަތައް ވިލިމާލެއިން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު: ފައިސަލް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 22 ޖުލައި 2018 | އާދީއްތަ 14:18
ފައިސަލް ވިލިމާލޭގައި ރައްޔިތުންގެ ބަޔަކާ ވާހަކަ ދައްކަވަނީ

ފައިސަލް ވިލިމާލޭގައި ރައްޔިތުންގެ ބަޔަކާ ވާހަކަ ދައްކަވަނީ

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންގ މޭޓް، ފައިސަލް ނަސީމް ވިލިމާލެއަށް ވަޑައިގެން ބައެއް ރައްޔިތުންނާއި ބައްދަލު ކުރައްވައިފި އެވެ.

އާދިއްތަ ދުވަހުގެ މެންދުރު ފަހު ފައިސަލް ވިލިމާލެ ވަޑައިގެން ދޮރުން ދޮރަށް ހިންގަވައި ގިނަ ރައްޔިތުންނާ ވަނީ ބައްދަލު ކުރައްވާފަ އެވެ. އަދި އެކި މީސްމީހުންގެ ދިރިއުޅުއްވުގެ ހާލު އޮޅުންފިލުއްވާ އެމީހުންނަށް ދަތިވާ ބައެއް ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރެއްވިއެވެ.

Advertisement - newsAdvertisement

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ ވިލިމާލޭގައި ހުރި ގިނަ މައްސަލަތަކެއް އެނގިގެން ހިނގައްޖެ ކަމަށާއި އެގޮތުން ބޯހިޔާވެރިކަމުގެ މައްސަލަތައް ވިލިމާލެއިން .ފާހަގަ ކުރެއްވުނު ކަމަށެވެ. އެހެން ނަމަވެސް ވިލިމާލޭގައި ހުރި މައްސަލަތަކަށް ހައްލު ހޯދަދިނުމަށް ގުޅިފައިވާ ކޯލިޝަނުގެ ސަރުކާރެއްގައި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ވިލިމާލޭގެ ގެއެއްގައި ތިބި އާންމުގެ ބަޔަކާ ފައިސަލް ބައްދަލު ކުރައްވަނީ؛- ގިނަ ގެތަކަށް ފައިސަލް ވަނީ ވަޑައިގެންފައި

ނުކުޅެދުންތެރިކަން ހުންނަ މީހުނަށް އެމީހުނަށް ބޭނުން މީހަކު ގޮވައިގެން ވޯޓުލާން ދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅޭ ގޮތުން ފައިސަލް އެކަން ހާސިލްވީ ގުޅިފައިވާ ޕާޓީތަކުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކުރި މަސައްކަތުން ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ގައުމުގައި ހުރި ގޯސްތައް ފިލުވަން ލިބޭ ފުރުސަތެއް ކަމަށް ވެސް ފައިސަލް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ފައިސަލް ވަނީ ރީ-ރަޖިސްޓްރީ ކުރުމަށް ހުރިހާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފަ އެވެ.

ވިލިމާލޭގައި ދިރިއުޅޭ ބައެއް މީހުން ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ސަބަބުތަކާ ބެހޭ ގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކާފަ އެވެ. އޭގެ ތެރެއިން ރައީސް ޔާމިނަށް މީގެ ކުރިން ތާއިދު ކުރި ބައެއް މީހުން ބުނީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ޖަލު ހުކުމް އިއްވި ފަހުން ރައީސް ޔާމީނަށް ތާއިދު ކުރުން ހުއްޓާލާފައިވާ ކަމަށެވެ.

ފައިސަލް ވަނީ ކާށިދޫ އަދި ގާފަރަށް ވެސް ވަޑައިގެން އެރަށުގެ ބައެއް މީހުންނާ ބައްދަލު ކުރައްވާފަ އެވެ. އަދި މާލޭގައިވެސް އެކި ރަށްރަށުގެ ރައްޔިތުންނާ ފައިސަލް ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް