Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުރުއާން މުބާރާތް

ޕީ.އެލް.ކިޑްސް ޕްރައިމެރީން ބޭއްވި ފުރަތަމަ ޤުރުއާން އަދި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

22 ޖުލައި 2018 | އާދީއްތަ 03:22

ޤުރުއާން އަދި މަދަހަ މުބާރާތުގެ ނަތީޖާ ކުލަގަދަ ރަސްމިޔާތެއްގައި ފާހަގަކޮށްފި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 22 ޖުލައި 2018 | އާދީއްތަ 03:22
ޕީ.އެލް.ކިޑްސް ޕްރައިމެރީން ބޭއްވި ފުރަތަމަ މުބާރާތުގައި އިނާމް ލިބުނު ކުއްޖެއެއް

ޕީ.އެލް.ކިޑްސް ޕްރައިމެރީން ބޭއްވި ފުރަތަމަ މުބާރާތުގައި އިނާމް ލިބުނު ކުއްޖެއެއް

ދީނީ ލޯބި ދަރިވަރުންގެ ހިތުގައި އަށަގެންނެވުމަށް އުފެއްދި ޕީ.އެލް.ކިޑްސް ޕްރައިމެރީން ބޭއްވި ފުރަތަމަ ޤުރުއާނާއި، މަދަހަ މުބާރާތުގެ ނަތީޖާ ކުލަގަދަ ރަސްމިޔާތެއްގައި ފާޅުކޮށްފިއެވެ.

ރޯދަ މަހު ބޭއްވި ދެ މުބާރާތުގެ ވަނަވަނައަށް ދިޔަ ކުދިންނަށް ވަނީ އަންގާރަ ދުވަހުގެ ހަވީރު އަރަބިއްޔާ ސުކޫލުގައި އިނާމާއި ތަށި ހަވާލުކޮށްފައެވެ. އަދި ބައިވެރިވި ކޮންމެ ކުއްޖަކަށް ވެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ. މި މުބާރާތް ކުރިޔަށް ގެންގޮސްފައި ވަނީ ބޭބީ ނާސަރީއިން ފެށިގެން ޔޫކޭޖީ އުމުރު ފުރާގެ ކުދިންގެ ދެމެދުގައެވެ.

Advertisement - newsAdvertisement

މަދަހަ މުބާރާތާއި ގުރުއާން މުބާރާތުން ވަނަވަނައަށް ހޮވައިފައި ވަނީ އެ އުމުރު ފުރައެއްގެ ކުދިންގެ ތެރެއިންއެވެ. އަދި ގުރުއާން މުބާރާތުގައި ވަނީ ބަލައިގެން ކިޔުމުގެ ބަޔާއި، ނުބަލާ ކިޔުމުގެ ބައިގެ އުމުރު ފުރާ ވެސް ވަކި ކޮށްފައެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ މުދީރު އަލް އުސްތާޒް މުހައްމަދު ޝުޖާއު އަބްދުއްރަހީމެވެ. ޝުޖާއު ވިދާޅުވީ ގުރުއާނަކީ ގިޔާމަތް ދުވަހުން ޝަފާއަތްތެރިވާނެ ފޮތެއް ކަމަށާއި ގުރުއާން ގިނަގިނައިން ކިޔަވައި ވަރަށް ރަނގަޅަށް ދަސް ކުރަން ޖެހޭ ކަމަށެވެ. އަދި ގުރުއާން ކިޔަވަން ދަސް ކޮށްދިނުމަކީ ދިގުދެމިގެންވާ ސަވާބު ލިބޭނެ ކަމެއް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. ގުރުއާން ހިތުދަސް ކުރުމަށް ބާރު އަޅަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ހިތް އަލިވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ދެ މުބާރާތް ކުރިއަށް އޮތް އަހަރުތަކުގައި ސިލްސިލާކޮށް ބާއްވާނެ ކަމަށް ދަނީ މަޝްވަރާ ކުރެވެމުންނެވެ. އަދި މިއަހަރު ބޭއްވުނު ގުރުއާން މުބާރާތާއި، މަދަހަ މުބާރާތުގައި އާންމުންނަށް ބައިވެރި ނުވެވުނު ކަމުގައި ވިނަމަވެސް ކުރިއަށް ހުރި އަހަރުތަކުގައި އެ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް ޕީ.އެލް.ކިޑްސް ޕްރައިމެރީން ވަނީ ބުނެފައެވެ.

ޕީ.އެލް.ކިޑްސް ޕްރައިމެރީގެ މަގްސަދަކީ ކުދިންގެ މެދުގައި އިސްލާމް ދީނަށް ލޯބި ޖައްސައި ކީރިތި ގުރުއާނަށް ޚާއްސަ ލޯތްބެއް ކުދިންގެ ހިތްތަކުގައި އަށަ ގެންނެވުމަށް ކަމަށް އެ ސްކޫލުން ވަނީ ބުނެފައެވެ. އަދި އެ ސްކޫލަކީ ކުދިންނަށް ވަރަށް އަމާން ތަނެއް ކަމަށާއި ސަލާމަތީ ގޮތުން ބެލިނަމަވެސް އެތަނުގައި ވީޑިއޯއިން މޮނިޓަރ ކުރެވޭނެ ނިޒާމް ހުރިކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް