Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު އަދީބު

ޕާޓީތަކާއެކު ބޭއްވި މަޝްވަރާތަކުގައި ނަޝީދާއި އިމްރާން އަދި ނާޒިމް ދޫކޮށްލަން އެއްބަސްވި: އަދީބު

20 ޖުލައި 2018 | ހުކުރު 05:27

އިދިކޮޅު ފަރާތްތަކުން އެއްބަސްވި ކަންކަން ކޮށްދިން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 20 ޖުލައި 2018 | ހުކުރު 05:27
އަދީބު ރައީސް ޔާމީންއާއެކު: އަދީބަކީ ކުރިން ސަރުކާރުގައި އެންމެ ބާރުގަދަ އެއްބޭފުޅާ

އަދީބު ރައީސް ޔާމީންއާއެކު: އަދީބަކީ ކުރިން ސަރުކާރުގައި އެންމެ ބާރުގަދަ އެއްބޭފުޅާ

ސިޔާސީ ޕާޓީތަކާއެކު 2015 ގައި ބޭއްވި މަޝްވަރާތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވިކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާކަމަށް އަދީބުގެ ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

އަދީބު އެކަހެރިކޮށް ޖަލުގައި އޮންނަތާ 1000 ދުސް ވެފައިވާއިރު އަދީބުގެ ވަކީލުން ބުރާސްފަތި ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ސިޔާސީ މަޝްވަރާތައް 2015 ގައި ކުރެވެން ފެށިއިރު ރައީސް މުހައްމަދު ނަޝީދާއި ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ހުންނެވީ ޖަލުގައި ކަމަށާއި ސިޔާސީ މަޝްވަރާ ކުރެވުނީ އެ ބޭފުޅުން ޖަލުން މިނިވަން ކުރުމަށާއި ސަރުކާރުން އެދޭ ބައެއް ކަންތައްތަކަށް އިދިކޮޅު ފަރާތްތަކުން އިޖާބަ ދިނުމަށް ކަމަށް އަދީބު ވިދާޅުވި ކަމަށެވެ. އަދި ސިޔާސީ މަޝްވަރާއަށް ސަރުކާރުގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި ރައީސް ޔާމީން ހަމަޖެއްސެވީ އަދީބު ކަމަށް ވެސް އަދީބާއި ހަވާލާދެއްވައި ވަކީލުން ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި އޭރު ކުރެވުނު މަޝްވަރާތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އެއްބަސްވި ހުރިހާކަމެއް އެއްބަސްވިގޮތަށް ވަނީ ކޮށްފައެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ކޮށްދިނުމަށް އެއްބަސްވި ކަންތައްތައް ކޮށްދޭން ރައީސް ޔާމީން ދެކޮޅު ހެއްދެވިކަމަށާއި އެހެން އެކަން ހިނގުމުން އަދީބުގެ ފަރާތުން ރައީސް ޔާމީންގެ އަރިހުގައި، ސިޔާސީ ފަރާތްތަކަށް ދޮގުހަދައިގެން އެ ބޭފުޅުން ޖަލުން މިނިވަން ނުކޮށް އައިހެވަން ޕްރޮޖެކްޓާއި ބޮޑެތި އެއްވެސް އިންވެސްޓްމެންޓެއް ނުގެނެވޭނެ ކަމަށް އަދީބު ވިދާޅުވިކަމަށް ވެސް އެބަޔާނުގައި ވެއެވެ.

ޖަވާބުގައި ރައީސް ޔާމީން ކޯފާ އިސްކުރައްވައި ވިދާޅުވެފައި ވަނީ "ސިޔާސީ މީހުން ޖަލަށްލަނީ މިނިވަންކުރަން ނޫންކަމާއި އުމުރަށް މަރުވަންދެން ޖަލުގައި ބޭތިއްބުމަށްކަމަށް" އަދީބު ވިދާޅުވިކަމަށެވެ.

ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައިވަނީ އޭގެ ފަހުން ރިޔާސީ ލޯންޗުކޮޅުގައި ހާދިސާއެއް ހިނގައި އަދީބް ވެސް ވަނީ އެހެނިހެން ސިޔާސީ ބޭފުޅުންނާ އެއްގޮތަށް ފުރޭމްކުރެވި ޖަލަށް ލެވިފައި ކަމަށާއި އަދީބް ޖަލުގައި ހުންނަވައި، އިދިކޮޅު ފަރާތްތަކާގުޅި "އެމް.ޔޫ.އޯ" އާ ގުޅުމާއެކު ޝަރީޢަތްތައް އަވަސްކޮށް ހިންގައި ބޮޑެތި ހުކުމްތައް އަދީބަށް ކޮށްފައިވާކަމަށެވެ. އަދި ފަހުގެ ތާރީހެއްގައި 1000 ދުވަހު އެކަހެރިކޮށް ބަންދުކުރެވިފައިވާ ސިޔާސީ ބޭފުޅަކީ ހަމައެކަނި އަދީބު ކަމަށާއި މިމުއްދަތުގައި އަދީބަށް އާންމު ޤައިދީއަކަށް ލިބޭ މިންވަރަށް ވެސް އެއްވެސް އިނާޔަތެއް ސަރުކާރުން ފޯރުކޮށްދީފައި ނުވާކަމަށް އަދީބުގެ ވަކީލުންގެ ބަޔާނުގައި ވެއެވެ.

އަދީބްގެ ބޭސް ފަރުވާގެ ކަންތައްތައް ހަމަޖައްސަވައި ދެއްވުމަށާއި ދިވެހިރާއްޖޭގެ ސްޕްރިމް ކޯޓުން 01 ފެބްރުއަރީ 2018 ގައި ކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ގޮވާލާކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ސްޕެޝަލް ޕްރޮޓެކްޝަން ލިބިދޭން ޖެހޭ މީހަކަށް އަދީބު ވާތީ ޢާއިލީ ބައްދަލުވުން އަދި ވަކީލުންގެ ބައްދަލުވުން ގާނޫނާއި ގަވައިދާ އެއްގޮތަށް ދެމުން ގެންދިއުމަށް މުއައްސަސާތަކަށް ގޮވާލާކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި

23 އެޕްރީލު 2017
އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި
23 އެޕްރީލު 2017

ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!

23 އެޕްރީލު 2017
ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!
19 އެޕްރީލު 2017

ގުޅިފައިވާ ޕާޓީަތކުން ބޭއްވި ކަންމަތީ ބައްދަލުވުން އިންޒާރެއް ނުދީ ރޫޅާލައިފި

19 އެޕްރީލު 2017
ގުޅިފައިވާ ޕާޓީަތކުން ބޭއްވި ކަންމަތީ ބައްދަލުވުން އިންޒާރެއް ނުދީ ރޫޅާލައިފި
26 މާރިޗު 2017

މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން އަބްދުﷲ

26 މާރިޗު 2017
މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން އަބްދުﷲ
25 މާރިޗު 2017

ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!

25 މާރިޗު 2017
ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!
21 މާރިޗު 2017

އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2017
އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް