Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބިއޯންޑް އެއަރލައިން

ބިއޯންޑް އެއަރލައިންގެ ދަތުރުތައް މިއަހަރު މެދުތެރޭގައި ފަށާނެ

ކެބިން ކްރޫއިން ނެގުމުގެ މަސައްކަތް ދަނީ ކުރަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 އެޕްރީލު 2023 | ބުރާސްފަތި 08:18
ބިއޯންޑް އެއަރލައިން

ބިއޯންޑް އެއަރލައިން

މިއަހަރުގެ މެދުތެރޭގައި ބިއޯންޑް އެއަރލައިންގެ ދަތުރުތައް ފަށަން ތައްޔާރުވަމުންދާކަމަށް ސިމްޑީ ގްރޫޕުން ބުނެފިއެވެ.

ރާއްޖޭގެ ސިމްޑީ ގްރޫޕް އަދި ދުބާއީ ބޭސްޑް އެއަރބޭސް ކޮމްޕެނީ ގުޅިގެން ތައާރަފުކޮށްފައިވާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއަރލައިން، ބިއޯންޑް އެއަރލައިންގެ ދަތުރުތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން އެ އެއަރލައިނަށް ކެބިން ކްރޫއިން ނެގުމަށް ބުދަ ދުވަހު ވަނީ ވޯކް އިން އިންޓަރވިއުއެއް ކުރިއަށްގެންގޮސްފައެވެ.

މިކަމާއި ގުޅިގެން ބުރާސްފަތި ދުވަހު ކުރިއަށްދިޔަ ފައިނަލް އިންޓަރވިއު ސެޝަނަށްފަހު ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ސިމްޑީ ގްރޫޕުގެ ޕަބްލިކް ރިލޭޝަންސް އެންޑް މާކެޓިން މެނޭޖަރު އިބްރާހީމް ހަމީޝް ވިދާޅުވީ މަސައްކަތްކުރަމުންދަނީ އެއަރލައިންގެ ދަތުރުތައް ޖޫން/ޖުލައި ހިސާބުގައި ފެށުމަށް ކަަމަށެވެ.

ހަމީޝް ވިދާޅުވީ ދަތުރުތަކަށް ބޭނުންވާ ކެބިން ކްރޫއިން ނެގުމަށް ބޭއްވި އޯޕަން ޑޭއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. 150 އަށްވުރެ ގިނަ ކެންޑިޑޭޓުން އިންޓަރވިއުއަށް ހާޒިރުވި ކަމަށާއި، އޮންލައިންކޮށްވެސް 4،000 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާކަމަށް ހަމީޝް ވިދާޅުވިއެވެ.

ހަމީޝް ވިދާޅުވީ އެންމެ ފުރަތަމަ ބެޗުގައި ކެބިން ކްރޫއިން ނަގާނީ މިހާރު ދަތުރުކުރަންޖެހޭ ފްލައިޓުތަކަށް ބޭނުންވާ އަދަދަށް ކަމަށެވެ. އެއަށްފަހު އިތުރު ކެބިން ކްރޫއިން ބޭނުންވާ މިންވަރަކުން ކެބިން ކްރޫއިން ނަގަމުންދާނެ ކަމަށެވެ. ހަމީޝް ވިދާޅުވީ ކެބިން ކްރޫއިން ނެގުމުގައި މިހާރު ކުރިމަތިލާފައިވާ ފަރާތްތަކަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

ހަމީޝް އިތުރަށް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އޯޕަން ޑޭތައް ވަރަށް އަވަހަށް ބޭއްވިގެންދާނެ ކަމަށެވެ.

ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއަރލައިން ކަމަށްވާ ބިއޯންޑް އެއަރލައިނުން ޗައިނާ، ޔޫއޭއީ، ސައޫދީ އަރަބިއްޔާ އަދި ޔޫރަޕުގެ އެކި މަންޒިލްތަކަށް ދަތުރުކުރާނެއެވެ.

އިތުރަށް ކިޔާލަން

28 ޖޫން 2017

ކުޑަހުވަދޫ އެއަރޕޯޓަށް މޯލްޑިވިއަންގެ ރަސްމީ ދަތުރުތައް ފަށައިފި

28 ޖޫން 2017
ކުޑަހުވަދޫ އެއަރޕޯޓަށް މޯލްޑިވިއަންގެ ރަސްމީ ދަތުރުތައް ފަށައިފި
11 ޖޫން 2017

ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ

11 ޖޫން 2017
ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
11 މެއި 2017

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

11 މެއި 2017
މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު