Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީޔޫ - ރާއްޖެ

ފިޔަވަޅު އަޅާނެކަން ސަރުކާރަށް އެނގޭ، އަދިވެސް ރާއްޖޭގެ ހާލަތު ބަދަލެއް ނުވޭ!

19 ޖުލައި 2018 | ބުރާސްފަތި 14:31

ފިޔަވަޅު އެޅުމަށް މަގުފަހި ކުރުމަށް ނިންމިނިންމުމަކީ، ވަރަށް މުހިންމު ނިންމުމެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 ޖުލައި 2018 | ބުރާސްފަތި 14:31
ޔޫރަޕިއަން ޕާލިމެންޓްގެ މެމްބަރު ތޯމަސް ޒެޗޮވްސްކީ: އޭނާ ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުވެފައިވާ ކަމަށް އީޔޫއަށް ގަބޫލުނުކުރެވޭ ކަމަށް

ޔޫރަޕިއަން ޕާލިމެންޓްގެ މެމްބަރު ތޯމަސް ޒެޗޮވްސްކީ: އޭނާ ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުވެފައިވާ ކަމަށް އީޔޫއަށް ގަބޫލުނުކުރެވޭ ކަމަށް

ޔޫރަޕިއަން ޔޫނިއަން އިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމީ ރާއްޖޭގެ ސަރުކާރަށް އެންގުމަށް ފަހު ކަމަށާއި އަދިވެސް ރާއްޖޭގެ ހާލަތު ބަދަލުނުވާ ކަމަށް ޔޫރަޕިއަން ޕާލިމެންޓުގެ މެމްބަރު ތޯމަސް ޒެޗޮވްސްކީ ވިދާޅުވެއްޖެއެވެ.

ޔޫރަޕިއަން ކައުންސިލް އިން ނިންމި ނިންމުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ތޯމަސް ވިދާޅުވީ އެއީ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ ފަރުދުންނާއި، ބައެއް ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މަގުފަހި ކުރުމަށް ނިންމިގެން ދިޔަ ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. ހަމައެހެންމެ މި ނިންމުމުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސް އަޅަމުންދާ ފަރާތްތަކާ ދެކޮޅަށް ވެސް ފިޔަވަޅު އެޅުމަށް މަގުފަހި ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ތޯމަސް ވިދާޅުވީ ޔޫރަޕިއަން ކައުންސިލުން މި ނިންމުން ނިންމާފައި ވަނީ ރާއްޖޭގެ ސަރުކާރުގެ އަމަލުތައް އިސްލާހު ކުރުމަށް ފުރުސަތު ދިނުމަށް ފަހު ކަމަށާއި، އެ އަމަލުތަކުގެ ސަބަބުން ނުކުމެދާނެ ނޭދެވޭ އަސަރުތައް ވެސް ސަރުކާރަށް ސާފުކޮށްދީފައި ވާނެ ކަމަށެވެ.

ހަމައެހެންމެ ޖޫން މަހުގެ 27 ވަނަ ދުވަހު ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އިސްވެ ހުންނެވި ރާއްޖޭގެ ވަފްދަކާއި ޔޫރަޕިއަން ޔޫނިއަން އެކްސްޓަރނަލް އެކްޝަންގެ ބޭފުޅުން ބައްދަލުކުރެއްވުމަށް ފަހު ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެކަން ދިވެހި ސަރުކާރަށް އަންގާފައިވާނެ ކަމަށް ތޯމަސް ވިދާޅުވިއެވެ. ހަމައެހެންމެ މިއީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އީޔޫގެ ކައުންސިލަށް ރާއްޖޭގެ މައްސަލައާ ގުޅިގެން ހުށެހެޅުނު ގަރާރާ ސީދާ ގުޅިގެން ނިންމުނު ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ ރާއްޖޭގެ ހާލަތު ބަދަލުވެފައިވާ ކަމަށް އީޔޫއަށް ގަބޫލު ނުކުރެވޭ ކަމަށާއި އެހެންކަމުން އަމިއްލަ މަންފާއަށް މަސައްކަތްކުރުމުގެ ބަދަލުގައި ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްކުރުމަށް ތޯމަސް ވަނީ ގޮވާލައްވާފައެވެ.

ރާއްޖޭގެ ސަރުކާރުގެ ބައެއް އިސްވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމައި ޔޫރަޕިއަން ކައުންސިލުން ވަނީ ފްރޭމްވޯކެއް ވެސް އާއްމުކޮށްފައެވެ. މި ނިންމުމާ އެކު ރާއްޖޭގެ ހާލަތު ރަނގަޅު ނުވެއްޖެ ނަމަ އެކުލަވާލެވޭ ފްރޭމްވޯކްގެ ތެރެއިން، އެފަދަ ފަރާތްތައް ވިލާތުގެ ގައުމުތަކަށް ދަތުރުކުރުން މަނާކުރެވި ވިލާތުގެ ގައުމުތަކުގައި ހުރި އެފަރާތްތަކުގެ މުދާ ހިފެހެއްޓިގެންދާނެއެވެ. އަދި ވިލާތުން ބޭރުގެ އެހެން ގައުމުތަކަށް ވެސް އެގޮތަށް އަމަލުކުރުމަށް ބާރު އަޅާނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް