Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ހަނިމާދޫ އެއާރޕޯޓުގައި ބޮޑެތި ބޯޓުތައް ޖެއްސޭގޮތް ހަދައި ސަރަހައްދުގެ މައި އެއާރޕޯޓަށް ހަދާނަން: ރައީސް ޔާމީން

19 ޖުލައި 2018 | ބުރާސްފަތި 11:26

ހައްދުން މަތީގައި 3000 އެނދު ތަރައްގީ ވެގެންދާއިރު ހަނިމަދޫ އެއާރޕޯޓް ތަރައްގީ ކުރަން މަޖުބޫރު ވާނެ: ރައީސް ޔާމީން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 ޖުލައި 2018 | ބުރާސްފަތި 11:26
ރައީސް ޔާމީނަށް ހދ. ހަނިމާދޫއިން މަރުހަބާ ދަންނަވަނީ

ރައީސް ޔާމީނަށް ހދ. ހަނިމާދޫއިން މަރުހަބާ ދަންނަވަނީ

ހދ. ހަނިމާދޫ އެއާރޕޯޓްގައި ބޮޑެތި ފްލައިޓްތައް ޖެއްސޭގޮތް ހަދައި އެ ސަރަހައްދުގެ މައި އެއާރޕޯޓަށް ހައްދަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވައުދުވެވަޑައިގަންނަވައިފި އެވެ.

ހއ އާއި ހދ އަތޮޅުގެ ރަށްތަކަށް މިހާރު ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަނިމާދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދައިރާއިން އެ ސަރަހައްދުގައި 3000 އެނދު ތަރައްގީ ކުރުމަށް ނިންމާފައިވާއިރު، ހަނިމާދޫ އެއާރޕޯޓް ތަރައްގީ ކުރަން މަޖުބޫރުވެ ވަޑައިގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement
"މިސަރަހައްދުގެ ނާރެހެއްގެ ގޮތުގައި މިއޮތީ ހަނިމާދޫ އެއާރޕޯޓް. ހަނިމާދޫގެ އެއާރޕޯޓަކީ މިހާރު ބޮޑެތި މަތިންދާ ބޯޓުތައް ޖެއްސޭވަރުގެ އެއާރޕޯޓެއް ނޫން. އަދި އަމުދުން 3000 އެނދު ފަތުރުވެރިކަމުން މިސަރަހައްދުގައި އިތުރުވެގެންދާއިރު، މުއްސަނދިން ޕްރައިވެޓް ޖެޓުގައި އައިސް ދަތުރުކުރެވޭ ވަރުގެ އެއާރޕޯޓެއް ނޫން މިއީކީ. އެހެންވީމާ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ މިއަންނަ 5 އަހަރުގައި އެންމެ ކުރީކޮޅު ހަނިމާދޫ އެއާރޕޯޓް ބޮޑުވެގެންދާނެ. އަދި މިޒަމާނުގެ ބައިނަލްއަގްވާމީ ވައިގެ އެއާރޕޯޓަކަށް ހަދަން އަޅުގަނޑުމެންނަށް މަޖުބޫރު އެބަވެ. އަޅުގަނޑުމެން އެކަން ކޮށްދޭނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކުރިއަށް އޮތް ދައުރުގައި ހދގައި ފަތުރުވެރިކަމުގެ ދާއިރާއިން 3000 އެނދު ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ޔާމީން ވައުދުވެވަޑައިގެންނެވިއިރު، ހިނގަމުން މިދާ ދައުރުގައި، އައްޑޫ ސިޓީގައި ތަރައްގީ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި 5000 އެނދުގެ ވައުދު މިހާތަނަށް ފުއްދިފައެއް ނުވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ފަތުވެރިކަމާ ގުޅޭ ބޮޑެތި ވައުދުތައް ރައީސް ޔާމީން އެކި ރަށްރަށް ވަޑައިގެން ވަމުން ގެންދަވާއިރު، މިހާރު ހިނގަމުންދާ ރިޔާސީ ދައުރުގައި ފަތުރުވެރިކަމުގެ ގިނަ ވައުދުތައް ފުއްދާފައި ނުވާކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ ފަތުރުވެރިކަމުގެ ދާއިރާގެ މެނިފެސްޓޯ ތަައްޔާރު ކުރުމުގައި 2013 ވަނަ އަހަރު އުޅުއްވި އަދި ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި އުޅުއްވި މަލީހު ވިދާޅުވި ގޮތުގައި 2013 ވަނަ އަހަރުގެ މެނިފެސްޓޯގައިވާ ގޮތަށް ދެފުއްފެންނަގޮތަށް އަދި ރައްޔިތުންނަށް އެެންމެ ފައިދާވާ ގޮތަށް ރައީސް ޔާމީންގެ ސަރުކާރުން އެންމެ ރިސޯޓެއްވެސް މިދައުރުގައި ހުޅުވިފައި ނުވާ ކަމަށެވެ.

މަލީހު ވިދާޅުވީ ރިސޯޓްތަކުގެ މުވައްޒަފުންނަށް ހިއްސާ ދިނުމުގެ ވައުދު ވެސް މިސަރުކާރުގެ ފަސް އަހަރު ނިމޭއިރުވެސް ނުފުއްދުނު ކަމަށާއި ސަފާރީތަކާއި ޔޮޓުތަކުގެ ފަރުތުވެރިންނަށް ހާއްސަކޮށްގެން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަޅުރަށެއް ހާއްސަކުރުމަށް ނިންމިއިރު، އެ ވައުދުވެސް ނުފުއްދުނު ކަމަށެވެ.

ސަފާރީތަށް އަޅާނެ ބަނދަރެއް ނުވަތަ މެރީނާއެއް ހެދުމަށް ވެސް މެނިފެސްޓޯގައި ވާނެ ކަމަށާއި ނަމަވެސް އެވަދު ވެސް ފުއްދިފައި ނުވާކަމަށް މަލީހު ވިދާޅުވި އެވެ.

އިންޓަގްރޭޓަޑް ޓޫރިޒަމްގެ ދަށުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހޯޓާތަކާއި ގެސްޓް ހައުސްތައް ތަރައްގީ ކުރުމަށް ވައުދުވި އިރު އެވައުދުވެސް މިއަދާ ހަމައަށް ފުއްދިފައި ނުވާކަމަށް މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ލ. އަތޮޅު ބަރެސްދޫގައި އިންޓަގްރޭޓަޑް ޓޫރިޒަމްގެ ދަށުން ހޮޓާތަކާއި ގެސްޓް ހައުސްތައް ތަރައްގީ ކުރުމުގެ މަސައްކަތް މި ސަރުކަރުން ކުރިނަމަވެސް އެވެސް އެންމެފަހުންވީ ބިލާހަކަށް ކަމަށާއި އައްޑޫ ސިޓީގައި ތަރައްގީ ކުރަން ބުނި 5000 އެނދުގެ ވައުދުވެސް ރައީސް ޔާމީންގެ ސަރުކާރަށް ފުއްދިފައި ނުވާކަމަށްވެސް މަލީހު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 މެއި 2017

ކަނޑުމަތީ އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއްވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

30 މެއި 2017
ކަނޑުމަތީ އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއްވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި
22 މެއި 2017

ކޮޅިގަނޑުގައި މާލޭގެ ގެއެއްގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

22 މެއި 2017
ކޮޅިގަނޑުގައި މާލޭގެ ގެއެއްގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ
18 މެއި 2017

ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް

18 މެއި 2017
ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް
17 މެއި 2017

އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

17 މެއި 2017
އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ
24 އެޕްރީލު 2017

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

24 އެޕްރީލު 2017
 ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި
22 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް