Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމް ބާތިލް ކުރަން ހުށައެޅި މައްސަލަ ކެންސަލް ކޮށްފި

19 ޖުލައި 2018 | ބުރާސްފަތި 12:25

މައްސަލަ ކެންސަލްކުރި ވަކި ސަބަބެއް ނުބުނޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 19 ޖުލައި 2018 | ބުރާސްފަތި 12:25
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައަޅާފައިވާ މެމްބަރުންނާ އިދިކޮޅު މެމްބަރުން ސުޕްރީމް ކޯޓުކައިރި

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައަޅާފައިވާ މެމްބަރުންނާ އިދިކޮޅު މެމްބަރުން ސުޕްރީމް ކޯޓުކައިރި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ކޮށްފައިވާ ހުކުމް ބާތިލް ކުރަން ބަންޑާރަ ނާއިބުގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައިގައި ހުކުމް ކުރުން ބުރާސްފަތި ދުވަހަށް ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ.

މި މައްސަލައިގައި އަޑުއެހުންތައް ނިމިފައި ވަނިކޮށް ސުޕްރީމް ކޯޓަށް އިތުރު ފަނޑިޔާރުން އައްޔަންކޮށް ބެންޗަށް ބަދަލު އައިސްފައި ވާތީ އިތުރު އަޑުއެހުމެއް މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި އެވެ. އަދި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި އިންނެވި އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ އެދުވަހު ވިދާޅުވީ ދެން އޮންނާނީ މައްސަލަ ނިންމުން ކަމަށެވެ. ނަމަވެސް އޭގެ ފަހުން (މިއަދު) ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13.30 ގައި ބާއްވަން ތާވަލު ކުރި އަޑުއެހުން ފަހު ވަގުތުގައި ކެންސަލް ކުރި ސަބަބެއް ކޯޓުން ނުބުނެ އެވެ.

Advertisement - newsAdvertisement

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން މިހާރު ބާތިލް ނުކޮށް އޮތީ 12 މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހަށް ވަދެވޭނެ ކަމަށް ކަނޑައަޅާފައިވާ ބަޔާއި ކޯޓުތަކަށް އިސް ފަނޑިޔާރުންނާއި ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައި ކަނޑައަޅާފައިވާ ބައެވެ. އެހެން ކަމުން އެ ދެބައި ވެސް ބާތިލް ކޮށްދޭން މި މައްސަލައިގެ ތެރޭގައި އެދިފައިވެ އެވެ.

އެކެއް ފެބްރުއަރީގައިވާ އެހެން ބައިތައް އެ އަމުރު ނެރުއްވި ތިން ފަނޑިޔާރުން ފަހުން ވަނީ ބަދަލު ކުރައްވާފަ އެވެ. މެމްބަރަކު އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހަދަންޖެހޭ ފްލޯ ކްރޮސިންގއާ ބެހޭ ގާނޫނު ހެދިފައި ނުވާތީ ސުޕްރީމް ކޯޓުން ކުރި ހުކުމް ބާތިލް ކަމަށާއި އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް 1 ފެބްރުއަރީގައި ނެރެފައިވާ އަމުރުގައި ކަނޑައަޅާފައިވާ ނުކުތާ ބާތިލް ކޮށްދޭން ދައުލަތުން ހުށަހެޅި މި މައްސަލައިގައި ކޯޓަށް ވަޑައިގަންނަ ވަނީ ބަންޑާރަ ނައިބު އޮފީހުގެ ވަކީލާ މާޝާ ލުތުފީ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް 1 ފެބްރުއަރީގައި ނެރުނު އަމުރުގައި ކަނޑައެޅި ނަމަވެސް، މިދިޔަ މާޗް މަހު މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުގެ ވަކީލާ މާޝާ ވަނީ ވިދާޅުވެފަ އެވެ. އަދި އެހުކުމުގައި މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ހުރި ކަން ކަމަށް ރިއާޔަތް ކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން، މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ބަލަން ޖެހޭ ކަމަށް ދައުލަތުން މި މައްސަލައިގައި ވަނީ ބުނެފަ އެވެ. އަދި އެކެއް ފެބްރުއަރީގެ އަމުރުގައި އެ ހުކުމް ބާތިލް ކަމަށް ކަނޑައެޅީ އެ ހުކުމުގައި ގާނޫނީ މައްސަލަތަކެއް ހުރެގެން ނޫން ކަން އެންޓި ޑިފެކްޝަން ގާނޫނުގެ ސައްހަކަން ކަށަވަރުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގެ ނިންމުމުން އެނގޭ ކަމަށް ވަކީލާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަހަރުގެ ފެބްރުއަރީ މަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަތުން ހުއްޓުވުމަށް ވަގުތީ އަމުރެއް ވަނީ ނެރެފައެވެ. އެ އަމުރަށް ފަސް މަސް ވެގެންދާއިރު، ސުޕްރީމް ކޯޓުން މިހާތަނަށް ބާއްވާފައި ވަނީ ދެ އަޑުއެހުމެކެވެ.

ސަރުކާރު ހިންގާ ޕާޓީން ވަކިވެވަޑައިގެންނެވި އެ 12 މެމްބަރުން، ގުޅިފައިވާ އިދިކޮޅު ޕާޓީތަކާ އެކު މަސައްކަތް ކުރައްވަން ފެއްޓެވުމާ އެކު، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ކުރުން ހުއްޓުވާފައިވާތާ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބު ކޮށްފައިވާ މެމްބަރުންތަކެއް އިލެކްޝަންސް ކޮމިޝަނުން ވަކިކޮށް، އެކަން އިއުލާންކޮށްފައިވާ ކަމަށާއި އެހެންވުމުން މަޖިލީހުގެ އެ 12 މެމްބަރުން ވަކިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ނުވާތީ، އެ ފަރާތްތަކަށް މަޖިލީހުގެ މެމްބަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި އެހެން ބުނެފައިވާ ބައިތައް ބާތިލު ކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހުން ހުށަހެޅި މައްސަލާގައި ގޮތެއް ނިންމައި، ހުކުމް ކުރުމަށް ތާވަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 އަށެވެ. ބާރަ މެމްބަރުންގެ ގޮނޑީގެ މައްސަލަ ބައްލަ ވަނީ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. ބާރަ މެމްބަރުންގެ ގޮނޑިއާ ގުޅޭ އިތުރު މައްސަލަތަކެއް ވެސް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެއީ 12 މެމްބަރުން ވަކިވަކިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކެވެ. ނަމަވެސް އެ މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް