Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ހަނޑުލުގައި ހުންނަ އާސެނިކް

ކުޑަ ކުދިންނަށް މާ ގިނައިން ބަތް ކާންދޭނަމަ އެބަ ވިސްނަންޖެހޭ!

ތަޖުރިބާކާރުން ބުނަނީ ކިތަންމެ ދަށް މިންވަރަކަށް އާސެނިކް ހުރި ނަމަވެސް ގެއްލުން ލިބިދާނެ ކަމަށް

ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2017 | ހޮނިހިރު 11:38
ގިނަ ބައެއްގެ މައިގަނޑު ކެއުމަކީ ބަތާއި ހަނޑުލުގެ އުފެއްދުންތައް

ގިނަ ބައެއްގެ މައިގަނޑު ކެއުމަކީ ބަތާއި ހަނޑުލުގެ އުފެއްދުންތައް

ހަނޑުލަކީ ގިނަ ބައެއްގެ މައިގަނޑު ކެއުމެވެ. އެހެން ކަމުން ހަނޑުލުގައި ހުންނަ ވިހައެއްގެ އަސަރު ހަށިގަނޑަށް ކުރުމަކީ ނުވެ ނުދާނެ ކަމެކެވެ. އެކަމަކު ވިހައިގެ އަސަރު ހަށިގަނޑަށް ކުރާނީ، އެ ވިހައެއް ހުރި މިންވަރެއްގެ މަތީންނެވެ.

ނުރައްކާތެރި މާއްދާއެއް ކަމުގައިވާ އާސެނިކްގެ ވާހަކަ އަނެއްކާވެސް މިދުވަސްކޮޅު ދެކެވެން ފަށައިފިއެވެ. އާސެނިކް އަކީ ނުރައްކާތެރި ވިހައެއް ކަމާއި، ހަނޑުލުގައި އާސެނިކް ހުންނަ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ހަނޑުލުގެ ޒަރީއާއިން އިންސާނުންގެ ހަށިގަނޑަށް އާސެނިކް ވާސިލްވާ ގޮތާއި އޭގެ ސަބަބުން ސިއްހީ ގޮތުން ކުރިމަތިވާ ނުރައްކާތަކާ ބެހޭ ދިރާސާ ކުރެވޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ސުވާލަކީ މައިގަނޑު ކެއުމުގެ ގޮތުގައި ބަތްކާ މީހުން މިކަމާ ކަންބޮޑުވާންޖެހޭނެ ހެއްޔެވެ؟

އާސެނިކް އަކީ ގުދުރަތީ ގޮތުން ބިންގަނޑުގައި ހުންނަ މާއްދާއެކެވެ. ޔޫރަޕިއަން ޔޫނިއަން އިން ވަނީ ކެންސަރު ޖައްސާ މާއްދާތަކުގެ ތެރޭގައި އާސެނިކް ހިމަނާފައެވެ. ސައިންޓިފިކް ދިރާސާތަކުން އިތުބާރު ހިފޭ ގޮތެއްގައި އެނގޭ ގޮތުގައި އާސެނިކްގެ ސަބަބުން އިންސާނުންނަށް ކެންސަރު ޖެހެއެވެ.

އާސެނިކްގެ ސަބަބުން އިންސާނުންގެ ސިއްހަތައް ކުރިމަތިވާ ނުރައްކާ އެންމެ ރަނގަޅަށް ހާމަވެގެން ދިޔައީ ބަންގްލާދޭޝް އިންނެވެ. ބަންގްލަދޭޝްގެ އެތައް ބަޔަކު އާސެނިކް ވިހަވީ ބޯފެނުގައި އެކުލެވިފައި ހުރި އާސެނިކްގެ ސަބަބުންނެވެ. އޭގެ ސަބަބުން ކެންސަރުގެ އިތުރުން ހިތުގެ ބައްޔާއި ހެދި ބޮޑުވުމުގެ މައްސަލަތައް އެތައް ބަޔަކަށް ކުރިމަތިވިއެވެ.

އާސެނިކްގެ މައްސައަށް ބަލާއިރު، ގޮވާމުގެ އެހެން ބާވަތްތަކާއި ހަނޑުލާ ތަފާތުވާ އެންމެ ފާހަގަ ކުރެވޭ ގޮތަކީ ހަނޑުލަކީ ފެންބޮޑުވެފައިވާ ބިންތަކުގައި ހެދޭ ގޮވާމަކަށް ވާކަމެވެ. އޭގެ މާނައަކީ ބިމުގައި "ތަޅު އެޅިފައި" ހުންނަ އާސެނިކް ފެންގަނޑުގެ ސަބަބުން "މިނިވަންވެ" ހަނޑޫ ގަސްތަކަށް ފަސޭހައިން ނަގައިގަނެވޭ ގޮތައް ލިބެން ހުރުމެވެ. އެހެން ކަމުން އެހެން ގޮވާމުގައި އެކުލެވިފައި ނުހުންނަ މިންވަރަކަށް ހަނޑުލުގައި އާސެނިކް ޖަމާވެފައި ހުރުއެވެ.

ދިރާސާތަކުން އެނގޭ ގޮތުގައި އެހެން ބާވަތްތަކުގެ ގޮވާމުގައި އާސެނިކް އެކުލެވިފައި ހުންނަ މިންވަރަށް ވުރެ 10 ގުނަ އާއި 20 ގުނަ އާ ދެމެދުގެ އަދަދަކަށް އާސެނިކް ހަނޑުލުގައި ހުރެއެވެ. އެކަމަކު ސުވާލަކީ ހަނޑުލުގައި ހުންނަ އެ މިންވަރަކީ ކަންބޮޑުވާން ޖެހޭ މިންވަރެއް ހެއްޔެވެ؟

އާސެނިކް އާ ބެހޭ ދިރާސާތައް ކުރުމުގައި އެތައް އަހަރެއް ހޭދަކުރައްވާފައި ބެލްފާސްޓްގެ ކުއީންސް ޔުނިވަރސިޓީގެ ޕްރޮފެސަރ މީހާގް މި ސުވާލުގެ ޖަވާބު ދެމުން ޖެހި މިސާލަކީ:

"ދުވާލަކު އެއް ސިނގިރެޓް ނުވަތަ ދެ ސިނގިރެޓް ބޯ ނަމަ އޮންނަ ނުރައްކާ 20 ނުވަތަ 40 ސިނގިރޭޓް ބޯ ނަމަ އޮންނަ ނުރައްކަލަށް ވުރެ ކުޑަވާނެއެވެ. ލިބިދާނެ ގެއްލުމެއް ބިނާ ވަނީ ނަގާ ޑޯޒް އަށެވެ. އާސެނިކްގެ ނުރައްކާ ގުޅިފައިވަނީ، ހަނޑޫ ބޭނުން ކުރާ މިންވަރަށެވެ. ގިނައިން ބޭނުން ކުރި މިންވަރަކަށް ރިސްކް ބޮޑުވާނެއެވެ."

ޕްރޮފެސަރ މީހާގް ދެކޭ ގޮތުގައި ހަފްތާއަކު ދެތިން ހަތަރު ތަށި ބަތް ކާ މީހަކަށް މާ ބޮޑު ރިސްކެއް ނެތެވެ. އެކަމަކު ޅަ ކުދިންނާ ކުޑަ ކުދިންނާ މެދު އޭނާގެ ކަންބޮޑުވުން އެބަ އޮތެވެ.

ޕްރޮފެސަރ މީހާގް ދެކޭ ގޮތުގައި ވަރަށް ދަށް މިންވަރަކަށް ހުރި ނަމަވެސް އާސެނިކްގެ ސަބަބުން ހެދި ބޮޑުވުމަށާއި، ތޫނު ފިލި ކަމަށް ނޭދެވޭ އަސަރު ކުރާނެއެވެ. އެހެން ކަމުން ކުޑަކުދިންނަށް ގިނައިން ބަތްކާން ދިނުމުގައި ސަމާލުކަން ދޭން އެބަޖެހެއެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި ބަތް ކައްކާ ގޮތުން ހަނޑުލުގައި ހުންނަ އާސެނިކްގެ މިންވަރު އިތުރަށް ދަށް ކުރެވިދާނެއެވެ. އެއީ ފަސޭހަ ގޮތެކެވެ. ކެއްކުމުގެ ކުރިން ފެނު އަޅާފައި ހަނޑޫ ބެހެއްޓުމުން އޭގައި ހުންނަ އާސެނިކްގެ އަސަރު ވަރަށް ބޮޑުތަން ކުޑަ ކުރެވެއެވެ. އެއީ ކޮންމެ ހަނޑުލުގެ ބަޔަކަށް ފަސް ބައި ފެން އަޅާފައި އަނެއް ދުވަހަށް ކައްކާ ހަނޑޫ ރޭ ގަނޑު ބަހައްޓާނީ އެވެ. އޭރުން ހަނޑުލުގައި ހުންނަ އާސެނިކްގެ މިންވަރު 80 އިން ސައްތަ ދައްކޮދޭކަން ޕްރޮފެސަރ މީހާގްގެ ލެބޯޓްރީގައި ކޮށްފައިވާ ދިރާސާތަކުން އެނގެއެވެ. މީގައި ވިސްނަންޖެހެ ކަމަކީ ހަނޑޫ ފެނު އަޅާއިރު މަދުން ފެން އެޅުމުން އޭގެ ނަތީޖާ އެންމެ ރަނގަޅަށް ނުނިކުންނަ ކަމެވެ.

އެހެން ކަމުން ތަޖުރިބާކާރުންގެ ނަޒަރުގައި ބޮޑެތި މީހުން އާއްމުކޮށް ބަތް ކެއުން މައްސަލައެއް ނެތެވެ. އެކަމަކު މާ ގިނައިން ކުޑަ ކުދިންނަށާއި ތުއްތު ކުދިންނަށް ބަތް ކާން ދިނުމުގައި އެބަ ވިސްނަން ޖެހެއެވެ. ގިނައިން ބަތް ކާ މީހުންވެސް ހަނޑޫ ފެނުއަޅާފައި ރޭ ގަނޑު ބެހެއްޓުމަށް ފަހު ބަތް ކެއްކުން ރައްކާތެރި ކަމުގެ އަޅަން ރަނގަޅު ފިޔަވަޅެއް ކަމުގައި ފެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ޔުނިސެފް އިން ބުނަނީ ދުނިޔޭގައި މިހާރު ގިނައީ ބަރުދަން ލުއި ކުދިންނަށް ވުރެ ބަރުދަން އިތުރުވެފައިވާ ކުދިން ކަމަށް!

ޔުނިސެފް އިން ބުނަނީ ދުނިޔޭގައި މިހާރު ގިނައީ ބަރުދަން ލުއި ކުދިންނަށް ވުރެ ބަރުދަން އިތުރުވެފައިވާ ކުދިން ކަމަށް!

10 ސެޕްޓެމްބަރު 2025
އިނގިރޭސިވިލާތުގައި 16 އަހަރުން ދަށުގެ ކުދިންނަށް އެނާރޖީ ޑްރިންކްސް މަނާ ކުރަނީ

އިނގިރޭސިވިލާތުގައި 16 އަހަރުން ދަށުގެ ކުދިންނަށް އެނާރޖީ ޑްރިންކްސް މަނާ ކުރަނީ

03 ސެޕްޓެމްބަރު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
އާދަޔާ ހިލާފަށް ފަލަ އަންހެން ކުދިންނަށް ޑިޕްރެޝަން ޖެހުމުގެ ފުރުޞަތު ބޮޑު!

އާދަޔާ ހިލާފަށް ފަލަ އަންހެން ކުދިންނަށް ޑިޕްރެޝަން ޖެހުމުގެ ފުރުޞަތު ބޮޑު!

13 އޯގަސްޓު 2018

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު