Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުސިއްހީ ދިރާސާ

މޫދަށް ދިޔުމަކީ ބަލިތައް ފަސޭހައިން ޖެހޭ ސަބަބެއް!

ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވަނީ އައްސޭރި ފެށުގެ ބައެއް ސަރަހައްދުތައް ތަޣައްޔަރުވުމުގެ ސަބަބުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 1 މާރިޗު 2018 | ބުރާސްފަތި 06:21
ފަތަން ދާ ސަރަހައްދަކީ ރައްކާތެރި، ސާފު ސަރަހައްދެއްތޯ ބަލަން ޖެހޭ

ފަތަން ދާ ސަރަހައްދަކީ ރައްކާތެރި، ސާފު ސަރަހައްދެއްތޯ ބަލަން ޖެހޭ

މޫދަށް ދާ މީހުންގެ މެދުގައި ބައެއް ބަލިތައް ފެތުރުން އިތުރު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ އެކްޒެޓަރ ޔުނިވަރސިޓީ އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މޫދަށް ދާ މީހުންނަށް ކަންފަތުގައި ރިއްސުމާއި، ބަނޑަށް އުނދަގޫވުމުގެ ބަލިތައް ޖެހުން، މޫދަށް ނުދާ މީހުންނަށް ވުރެ އިތުރެވެ.

އެގޮތުން އެ ދިރާސާ އިން ދައްކާ ގޮތުގައި މޫދަށް ދާ މީހުންގެ ކަންފަތުގެ ރިއްސުމުގެ ފުރުސަތު 77 އިންސައްތަ އިތުރުވާއިރު، ބަނޑަށް އުނދަގޫވުމާއި، ގޮހޮރުގެ ބަލިތައް ޖެހުމުގެ ފުރުސަތު 29 އިންސައްތަ އިތުރުވެއެވެ.

މިދިރާސާއަކީ މީގެ ކުރިން ހެދިފައިވާ 19 ދިރާސާއެއްގެ މައްޗަށް ބިނާކޮށް ހެދުނު ދިރާސާއެކެވެ. އަދި ދިރާސާ ހަދާފައި ވަނީ އިނގިރޭސިވިލާތުގެ އިތުރުން ތަރައްޤީވެފައިވާ އެހެން ބައެއް ޤައުމުތަައް ކަމަށްވާ އެމެރިކާ، އޮސްޓްރޭލިއާ، ނިއުޒިލޭންޑް، ޑެންމާކް އަދި ނޯވޭ ފަދަ ބައެއް ޤައުމުތަކުން ހޯދި މައުލޫމާތުގެ އަލީގައެވެ. މި ޤައުމުތަކުން 120,000 (އެއްލައްކަ ވިހި ހާސް) މީހުންގެ މައުލޫމާތު މިދިރާސާގައި ބޭނުންކޮށްފައި ވެއެވެ.

ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި މޫދަށް ދިޔުމުގެ ސަބަބުން ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވަނީ ތަޣައްޔަރުވެފައިވާ ސަރަހައްދުތަކަށް މޫދަށް ދިޔުމުންނެވެ. އެގޮތުން ބައެއް ފެކްޓަރީތަކާއި އެހެން ތަންތަނުން ބޭރުކުރާ ވިހަ މާއްދާތައް ބައެއް ޤައުމުތަކުގައި އައްސޭރި ފަށާއި ކައިރިން މޫދަށް ދޫކުރަމުންދާއިރު، ނަރުދަމާގެ ނިޒާމުތަކުން މޫދަށް ދާ ނަޖިހުގެ ސަބަބުން ވެސް އައްސޭރި ފަށުގައި މޫދަށް ދާ މީހުންނަށް ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.

މޫދަށް ދިޔުމުން ބައެއް ބަލިތަައް ޖެހުމުގެ ފުރުސަތު ބޮޑުވި ނަމަވެސް، ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި މޫދަށް ދިޔުމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކޮށް ބޮޑެތި ފައިދާތަކެއް ލިބޭ ކަމެކެވެ. އަދި މޫދު ސާފު ސަރަހައްދުތަކަށް ފަތަން ދިޔުމަކީ ސައިންސްވެރިންނާއި ޑޮކްޓަރުން ވެސް ބާރުއަޅާ ކަމެކެވެ.

އިތުރަށް ކިޔާލަން

13 ޖުލައި 2024

ޓްރާންސް ފެޓް: ކާބޯތަކެތި ވިހަ ކުރާ، ލޮލަށް ނުފެންނަ ޤާތިލާ ދެކޮޅަށް ވެރިޔާ ތެދުވާންޖެހޭ!

13 ޖުލައި 2024
ޓްރާންސް ފެޓް: ކާބޯތަކެތި ވިހަ ކުރާ، ލޮލަށް ނުފެންނަ ޤާތިލާ ދެކޮޅަށް ވެރިޔާ ތެދުވާންޖެހޭ!
04 މެއި 2020

ފަސޭހައިން މޫޑީވޭތަ؟ މޫޑް ރަނގަޅު ކޮށްލަން ދޮންކެޔޮވަކެއް ކާލާ!

04 މެއި 2020
ފަސޭހައިން މޫޑީވޭތަ؟ މޫޑް ރަނގަޅު ކޮށްލަން ދޮންކެޔޮވަކެއް ކާލާ!
20 ޖުލައި 2018

ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟

20 ޖުލައި 2018
ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟
15 ޖެނުއަރީ 2018

ހަނިމާދޫގައި ޑެންގީ ހުން ޖެހޭ މީހުން އިތުރުވަނީ

15 ޖެނުއަރީ 2018
ހަނިމާދޫގައި ޑެންގީ ހުން ޖެހޭ މީހުން އިތުރުވަނީ
28 ޑިސެމްބަރު 2017

ޖިންސީ ގުޅުން ހިންގުމުގެ ކުރިން އަންހެނުން ކުޑަކަމު ދިޔުމަކީ ނުރައްކަލެއް!

28 ޑިސެމްބަރު 2017
ޖިންސީ ގުޅުން ހިންގުމުގެ ކުރިން އަންހެނުން ކުޑަކަމު ދިޔުމަކީ ނުރައްކަލެއް!
18 އޯގަސްޓު 2017

ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް ހަތަރު މިލިއަން މަރު: ދިރާސާ

18 އޯގަސްޓު 2017
ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް ހަތަރު މިލިއަން މަރު: ދިރާސާ
25 މެއި 2017

ރަމަޟާން މަހުގައި ކެއުން ބުއިމުގައި ސަމާލުވާންޖެހޭ ކަންކަން!

25 މެއި 2017
ރަމަޟާން މަހުގައި ކެއުން ބުއިމުގައި ސަމާލުވާންޖެހޭ ކަންކަން!
27 މާރިޗު 2017

ރޭގަނޑު އިރުއިރު ކޮޅުން ފާހާނާއަށް ދާން ހޭލަން ޖެހޭތަ؟ - ލޮނު މަދުކޮށްލާ!

27 މާރިޗު 2017
ރޭގަނޑު އިރުއިރު ކޮޅުން ފާހާނާއަށް ދާން ހޭލަން ޖެހޭތަ؟ - ލޮނު މަދުކޮށްލާ!
25 ފެބުރުއަރީ 2017

ކުޑަ ކުދިންނަށް މާ ގިނައިން ބަތް ކާންދޭނަމަ އެބަ ވިސްނަންޖެހޭ!

25 ފެބުރުއަރީ 2017
ކުޑަ ކުދިންނަށް މާ ގިނައިން ބަތް ކާންދޭނަމަ އެބަ ވިސްނަންޖެހޭ!
05 ފެބުރުއަރީ 2017

ފަލަވަންޏާ ކެންސަރަށް ވިސްނަން ޖެހޭ

05 ފެބުރުއަރީ 2017
ފަލަވަންޏާ ކެންސަރަށް ވިސްނަން ޖެހޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު