Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
އަންހެނުން

އަންހެނުންނަށް ހާއްސަ: ހަށިގަނޑާއި، ހިތާއި، ސިކުނޑީގެ ދުޅަހެޔޮކަން

ސިއްހީގޮތުން ފިޓް މީހަކަށް ވުމަށް މިހާރު ތިޔަ ގެންގުޅޭ ލައިފް ސްޓައިލް މުޅިން ބަދަލުކޮށްލާ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2017 | ހޯމަ 03:05
ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށް ފައިދާހުރި ކާނާ ކާން އާދަކުރަންޖެހޭ

ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށް ފައިދާހުރި ކާނާ ކާން އާދަކުރަންޖެހޭ | ގޫގުލް

ސިއްޚީ ގޮތުން ދުޅަހެއުކޮށް ހުންނަން ބޭނުން ނުވާނީ ކާކުތޯއެވެ؟ ހަށިގަނޑު ރީތިކޮށް އަދި ޒުވާންކޮށް ހުންނަން އެންމެންވެސް ބޭނުންވާނެއެވެ. ޚާއްސަކޮަށް އަންހެނުންނެވެ.

އަންހެނުންނަކީ އުފެދުމުގައިވެސް ފިރިހެނުންނަށްވުރެ ސިއްހީގޮތުން ނާޒުކު ބައެކެވެ. އެހެންކަމުން ސިއްހަތަށް ބެލުމަކި ކޮންމެހެންވެސް މުހިއްމުކަމެކެވެ. ސިއްހީގޮތުން ދުޅަހެއުކަންމަތީ ހުރުމަކީ މާ ބުރަކަމެއްކަމުގައި ނުދެކޭށެވެ. އަމިއްލަ ނަފްސަަށް އިތުބާރުކޮށް، ވަރުގަދަ އަޒުމެއްގައި ދެމި ހުންނާށެވެ.

ސިއްހީގޮތުން ފިޓް މީހަކަށް ވުމަށް މިހާރު ތިޔަ ގެންގުޅޭ ލައިފް ސްޓައިލް މުޅިން ބަދަލުކޮށްލާށެވެ. ރަނގޅުކާނާއާއިއެކު، ކަސްރަތުކުރާށެވެ. އަދި ސްޓްރެސް ނުވަތަ ހާސްކަން ފިލުވުމަށް ޕްލޭންެއެއް ރާވާލާށެވެ.

ހިތުގެ ދުޅަހެެއުކަމަށް:

ހިތުގެ ބަލިތަކުން ދުރުވެ ހުރުމަށާއި، ސްޓްރޯކްޖެހުމުން ސަލާމަތްވުމަށް މިކަންކަން ކުރާށެވެ.

ގިނައިން މޭވާއާއި ތަރުކާރީ ކެއުމަށް އާދަކުރާށެވެ. ގޮވާމުގެ ބާވަތްތައް ކެއުއުމުގައި ހިމަނާށެވެ. އެގޮތުން ބަތްކާން ބޭނުންނަމަ ބްރައުން ރައިސް ނުވަތަ، ރަތް ހަނޑޫ ބޭނުންކުރާށެވެ. ޕްރޮޓީންގެ ބާވަތްތައް އެކުލެވޭ ކާނާ ކަމުގައިވާ ބިހާއި، ކުކުޅުމަސް އަދި ތޮޅިއާއި، މުގުފަދަ ބާވަތްތައް ކެއުމުގައި ހިމަނާށެވެ. އަދި ހަކުރު އަޅާފައި ހުންނަ ބާވަތްތައް އެއްކޮށްހެން ހުއްޓާލާށެވެ. އެހެނީ ކެއުމުގައި ބޭނުންކުރާ އެހެނިހެން ބާވަތްތަކުގައިވެސް ހަކުރު ހިމެނެއެވެ.

ކަސްރަތުކުރުން:

ހަށިގަނޑުގެ ބަރުދަން ލުއިވަމުންދާވަރަކަށް ހިތުގެ ބަލިތަކާއި ހަކުރު ބަލި އަދި، ކެންސަރުފަދަ ބަލިތަކުން ދުރުކޮށްދޭނެއެވެ. އަދި ގަވާއިދުން ކަސްރަތުކުރުމުން ހާސްކަން ފިލާ މީހާ ތާޒާވެއެވެ.

ކަސްރަތު ކުރުމުން ހަރަކާތްތެރިކަން އިތުރުވެއެވެ. ހަރަކާތްތެރިކަން އިތުރުވިވަރަކަށް ސިއްހީ ދުޅަހެއުކަން އިތުރުވެއެވެ. އަދި ތަފާތު ބަލިތައް ޖެހުމުން ދުރުކޮށްދެއެވެ. ކޮންމެ ދުވަހަކު ކަސްރަތު ނުކުރިއަސް، ހަފަތާއަކު 2 ގަޑިއެއްހާއިރު، ރަނގަޅަށް ކަސްރަތުކޮށްލެވޭތޯ ބަލާށެވެ. ނެށުން، ދުވުން ނުވަތަ ބާރަށް ހިނގިޔަސް ރަނގަޅުވާނެއެވެ. ނުވަތަ ކުޅޭހިތްވާ ކުޅިވަރެއް ކުޅޭށެވެ.

ތީ ބިޒީ މީހެއްނަމަ، ކޮންމެ ދުވަހަކުވެސް މަދު ވަގުތުކޮޅެއްގައިވެސް ކަސްރަތުކޮށްލާށެވެ. ނޫނީ ދުއްވާ އެއްޗެއްގައި އޮފީހަށް ދިއުމުގެ ބަދަލުގައި، ހިނގާލާފައިދާށެވެ. ލިފްޓްގެ ބަދަލުގައި ސިޑި ބޭނުންކުރާށެވެ. ދުއްވާ އެއްޗެއްގައި އުޅޭނަމަ، އޮފީހާއި ދުރުގައި ޕާކްކޮށްފައި ހިނގާލާފައި އޮފީހަށް ދާށެވެ.

ހާސްކަމާއި ދުރުވޭ:

ހާސްވެ ކަނބޮޑުވުމަކީ، ހަށިގަނޑަށް ވަރަށް ގެއްލުން ހުރި ކަމެކެވެ. އެހެން ނަމަވެސް މުޅީން އެކަމާއި ދުރަށް ދިއުމަކީވެސް ނާދިރުކަމެކެވެ. އެކަމަކު ހާސްކަމުން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަން ހުންނާނެއެވެ. ބައެއް ކަހަލަ ހަރަކާތްތަކާއެކު ހާސްކަމުން ދުރުކޮށްދެއެވެ.

އެގޮތުން

ފުންކޮށް ނޭވާލުން

ޔޯގާ

މަސާޖް

ކަސްރަތު

ފައިދާހުރިކާނާ ބޭނުންކުރުމާއިއެކު، ތިމާ އިތުބާރުކުރާ ގާތްތިމާގެ މީހަކު ނުވަތަ ރައްޓެއްސަކާއި ދިރިއުޅުމުގެ ކަންކަން ހިއްސާކުރަށެެވެ.

މިކަންކަމާއި އެކު ދިރިއުޅުމުގެ އާދަތައްވެސް ބަދަލުކުރަންޖެހެއެވެ. ބައެއްކަހަލަ ނޭދެވޭ އާދަތަކާއި ދުރުވާށެވެ. އެގޮތުން ދުންފަތާއި ދުރުވެ، ދުފުން ހުއްޓާލާށެވެ. އަދި އަނގައިގެ ސާފްތާހިރުކަމަށްޓަކައި، ދުވާލު ދެ އިރު ދަތްތައް އުނގުޅާ ސާފްކުރާށެވެ. ނިދި ހަމަކުރާށެވެ. އަދި ބޭރަށް ނުކުންނައިރު އަބަދުވެސް ސަން ސްކްރީން ބޭނުން ކުރާށެވެ. ޚާއްސަކޮށް ހެނދުނު 10 އަކާއި މެންދުރު ފަހު 3.00 އާއި ދެމެދެވެ. އަދި އެވަގުތުގައި ބޭރަށް ނުކުންނަންޖެހޭނަމަ އަވި އައިނުވެސް ބޭނުންކުރާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްރިއޭޓިން: ހަށިގަނޑު ބިނާކުރުމަށް ބޭނުންކުރާ ސަޕްލިމެންޓެއް، ސިކުނޑީގެ ހަރަކާތްތެރިކަން އިތުރުކޮށްދޭ ވެސް އެއްޗެއް

ކްރިއޭޓިން: ހަށިގަނޑު ބިނާކުރުމަށް ބޭނުންކުރާ ސަޕްލިމެންޓެއް، ސިކުނޑީގެ ހަރަކާތްތެރިކަން އިތުރުކޮށްދޭ ވެސް އެއްޗެއް

17 ޖެނުއަރީ 2026
ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟

ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟

20 ޖުލައި 2018

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު