Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އަބްދުﷲ ޔާމީން

އަޅުގަނޑު ހައްޔަރު ކުރަން ބަޔަކު ނާންނާނެ، ލިބޭނެ ގެއްލުމެއް ނެތް: ރައީސް ޔާމީން

18 ޖުލައި 2018 | ބުދަ 11:20

އިދިކޮޅު ލީޑަރުންނަކީ މުޖުރިމުން ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 18 ޖުލައި 2018 | ބުދަ 11:20
ރައީސް އަބްދުﷲ ޔާމީން: އިދިކޮޅު ލީޑަރުންނަކީ މުޖުރިމުން ކަމަށް ވަނީ ސިފަ ކުރައްވާފައި

ރައީސް އަބްދުﷲ ޔާމީން: އިދިކޮޅު ލީޑަރުންނަކީ މުޖުރިމުން ކަމަށް ވަނީ ސިފަ ކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ ހައްޔަރު ކުރަން ބޭރުގެ ފަރާތަކުން ނާންނާނެ ކަމަށާއި ބޭރުގެ ގައުމަކުން އަދި ޖަމާއަތަކުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެމަނިކުފާނަށް ލިބޭނެ ގެއްލުމެއް ވެސް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ހައްޔަރުކޮށް، ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ ލީޑަރުން ސިފަ ކުރެއްވީ "މުޖުރިމުން"ގެ ގޮތުގައެވެ. އެ ބޭފުޅުން މިނިވަން ނުކުރަނީ މައުސޫމް މީހުން ރައްކާތެރި ކުރުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ހުށަހަޅާފައިވާ މަޝްވަރާތަކުގައި މުޖުރިމުން ދޫކޮށްލާ ވާހަކަ ދައްކައިގެން ނުވާނެ ކަމަށާއި ދައްކަން ޖެހޭނީ ތަރައްގީގެ ވާހަކަ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން އެ ވާހަކަފުޅުތައް ވިދާޅުވީ ހދ. އާއި ހއ. ކުރައްވާ ދަތުރުފުޅުގައި ކެލާއަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ހުށަހަޅާފައި ވާތީ، އެކަމަށް ދެކޮޅު ހައްދަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ބޭރުން ބަޔަކު އަޅާ ފިޔަވަޅެއްގެ ސަބަބުން ގެއްލުންވާނީ އެމަނިކުފާނަށް ނޫން ކަމަށެވެ.

"އަޅުގަނޑަކަށް ނުވިސްނޭ، ޝަރުތުތަކެއް ކަނޑައަޅުއްވާފައި، މި ޝަރުތުތައް ފުރިހަމަވިއްޔާ ނޫނީ ތިމަންނަމެން ނުދާނަމޭ ވާހަކަ ދައްކާކަށް. ކީއްކުރަށް ކުރާ ކަމެއްތޯ؟ އެ ޝަތުރުތައް ފުރިހަމަވެއްޖެއްޔާ ދެން ކީއްކުރަންތޯ؟ އީޔޫ ވެސް އަންނަންވީ މިކޮޅަށް. އިންޑިއާ ސިފައިން ވެސް އަންނަންވީ. އެހެންތަންތަނުން ވެސް އަންނަންވީ މިތަނަށް. ކޮންބަޔަކުތޯ ދައުވަތު ދެނީ. ކޮން ބަޔަކަށްތޯ ގެއްލުންވަނީ. ހަމަ ގައިމު ވެސް އެ މީހުންނެއް ނާންނާނެ ރައީސް ޔާމީން ހައްޔަރު ކުރާކަށް. އެހެންވީމާ ޝަހްސީ ގޮތުން، ޒާތީ ގޮތުން އަޅުގަނޑަށް ލިބޭނެ ގެއްލުމެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ބަޔަކު އަޅާ ފިޔަވަޅެއްގެ ސަބަބުން ވިޔަފާރިވެރިންނަށް ރާއްޖެއިން ބޭރަށް ދަތުރު ނުކުރެވި، ވިޔަފާރި ނުކުރެވޭ ގޮތް ވެދާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އެ ވާހަކަތައް ތަފްސީލުކޮސްދެއްވާފައެއް ނުވެއެވެ.

"އެކަމަކު ރާއްޖޭގެ ވިޔަފާރިވެރިންނަށް ތަންތަނަށް ނުދެވޭ ގޮތް ވުން. ރާއްޖޭގެ ވިޔަފާރިވެރިންނަށް ވިޔަފާރި ނުކުރެވޭ ގޮތް ވުން. އެ ގައުމުތަކުގެ ރައްޔިތުންނަށް ރާއްޖެއަށް ޒިޔާރަތް ނުކުރެވޭނެ ގޮތަށް ފަތުރުވެރިކަން ނުހިންގޭ ގޮތަށް ކަންތައްތަކެއް ކޮށްފިއްޔާ، ކާކަށްތޯ ގެއްލުންވަނީ."

އިދިކޮޅު ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަކީ "އެ މީހުން ވަށައިގެން" ކަސްތޮޅު އެޅިފައި ތިބި ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ. ވެރިކަމަށް އެހެން ބަޔަކު އައުމުގެ ކުރިން "އެ މީހުންގެ އަމިއްލަ އަތުން" އެތަނެއް ހަލާކު ވެގެންދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެ މީހުންގެ އަމިއްލަ އަތުން ތަނެއް ހަލާކުވެގެންދާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަކީ ކޮން ބަޔަކަށް އަމާޒު ކުރި ވާހަކައެއް ކަމެއް ނޭނގެއެވެ.

"އެތަނެއް ދެން ހިންގަން ތިބި ބައެއް، އައުމުގެ ކުރިން އެ މީހުންގެ އަމިއްލަ އަތުން އެތަނެއް ހަލާކުކޮށްލަނީ ޗިސްކޮށްލަނީ. އެއީކީ ރައީސް ޔާމީނަށް ދެވޭ ގެއްލުމެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ބޭރު ގައުމަކުން އަދި ޖަމާއަތަކުން އަޅާ ފިޔަވަޅަކުން ލިބޭނެ ގެއްލުމެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، އީޔޫއިން ނިންމާފައި ވަނީ ރާއްޖޭގެ އިންސާނީ އަދި ސިޔާސީ ހައްގުތަކަށް އަރައިގަންނަމުންދާތީ، އެކަމާ ގުޅުން ހުރި މުއައްސަސާތަކާއި އެ ކަންކަމުގައި ބައިވެރިވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށެވެ.

ވަގުތުން އަމަލު ކުރެވޭ ގޮތަށް ފާސްފައިވާ އެ ނިންމުމުގެ ސަބަބުން، އީޔޫއިން ކަނޑައަޅާ ރާއްޖޭގެ ސަރުކާރާ ގުޅުންހުރި ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިން ޔޫރަޕްގެ ގައުމުތަކަށް އެތެރެވުން މަނާކޮށް، އެ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް