Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަން ކޮމިޝަން

އިންތިހާބާ ގުޅޭ ސީރިއަސް މައްސަލަތަކެއް ހުށަހަޅައިފި

18 ޖުލައި 2018 | ބުދަ 12:02

އިލެކްޝަންސް ކޮމިޝަން ބަދަލުކުރަންޖެހޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 18 ޖުލައި 2018 | ބުދަ 12:02
އެމްޑީޕީގެ ޗެއަރޕާސަންގެ އިދާރީ އަލީ ނިޔާޒް

އެމްޑީޕީގެ ޗެއަރޕާސަންގެ އިދާރީ އަލީ ނިޔާޒް

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ސީރިއަސް މައްސަލަތަކެއް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

މި ޝަކުވާތައް ގުޅިފައިވާ ޕާޓީތަކުން ހުށަހެޅީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފްއާ ބައްދަލުކުރެއްވުމަށް ފަހު އެވެ. މި ބައްދަލުވުމަކީ ދުރާލާ ރާވައިގެން ބޭއްވި ބައްދަލުވުމެއް ނޫނެވެ.

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒާއި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރު އަހްމަދު ނުޢުމާނާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ފެކްޝަންގެ ފަރާތުން މުހައްމަދު ފައިސަލް އާއި، ޖޭޕީގެ އެކްޓިން ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ބައްދަލުވުމަށް ފަހު ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ނިޔާޒު ވިދާޅުވީ އެ ބޭފުޅުންގެ ޝަކުވާތައް ބަލައިގަންނާނެ ކަމަށް ގަބޫލް ނުކުރެއްވޭ ކަމަށާއި ރިޔާސީ އިންތިހާބު މިނިވަންކޮށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރެވެނީ އިލެކްޝަންސް ކޮމިޝަން ބަދަލުކޮށްގެން ކަމަށެވެ.

"ސެޕްޓެމްބަރު 23 ގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގުޅިފައިވާ ޕާޓީތަކުން ހުށަހެޅީ މައިގަނޑު ތިން މައްސަލައެކެވެ. އޭގެތެރޭގައި މަދު ރިސޯޓެއްގައި ވޯޓް ފޮށި ބެހެއްޓުމުން، ގިނަ ބައެއްގެ ވޯޓްލުމުގެ ހައްގު ގެއްލިގެންދާ މައްސަލަ އާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ވޯޓް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ފާހަގަޖަހާ ގޮތަށް ހަމަޖެއްސި މައްސަލަ އާއި، ވޯޓް ފޮށި ކައިރީގައި ތިބޭ އޮފިޝަލުން ކަނޑައަޅަނީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ކަމަށް ތުހްމަތު ކުރެވޭ މައްސަލަ އެވެ.

ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހަކު އިހްތިޔާރުކުރާ މީހެއްގެ އެހީތެރިކަން ވޯޓުލުމަށް ހޯދުމުގެ ބަދަލުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ވޯޓް އިލެކްޝަންސުގެ އޮފިޝަލަކު ފާހަގަ ޖަހާގޮތަށް ހަމަޖައްސަނީ ވޯޓް އޮޅުވާލުމަށް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

މިގޮތަށް ބަދަލު ގެނައީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާކުރަން އޮންނަ ގައުމީ ލަފާދޭ ކޮމިޓީގައި ވާހަކަ ދެއްކުމަށް ފަހު ނޫން ކަމަށް ވެސް ޑރ. ހުސައިން ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ލިސްޓްގައި 6000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން މިހާރު ހަމަޖައްސާފައިވާ އުސޫލުން، ހާއްސަ އެެހީއަށް ބޭނުންވާ މީހުންގެ އިހްތިޔާރުކުރާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ހައްގުން މަހްރޫމުވުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ރިސޯޓްތަކުގައި ވޯޓްލުމަށް 2013 ވަނަ އަހަރު ވެސް، ވޯޓްލުމުގެ ހައްގު ލިބިގެންވާ ތިން ޕަސެންޓް މީހުން ރަޖިސްޓްރީ ކުރި ކަމަށެވެ. ގިނަ ރިސޯޓްތަކެއްގައި ވޯޓް ފޮށި ނު ބެހެއްޓުމަށް ނިންމުމުން، ވޯޓްލުމުގެ ހައްގު ގެއްލިގެންދާ މުވައްޒަފުންގެ އަދަދަކީ، ވޯޓްގެ ނަތީޖާ ބަދަލުކުރެވޭނެ ފަދަ މިންވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިސޯޓްތަކުގައި ތިބި ޒުވާން މުވައްޒަފުން ވޯޓް ލުމުގެ ހައްގުން މަހްރޫމުކުރުމުގެ ވިސްނުން ގެންގުޅެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް