Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ގައުމަށް ނުހޮރޮއްޕާން ކުރިމަތިވީ ސިޔާސީ ލީޑަރުންނާ ހުރެ: ރައީސް ޔާމީން

18 ޖުލައި 2018 | ބުދަ 12:18

ސިޔާސީ ލީޑަރުން އަމިއްލަ އެދުން އިސްކުރާ ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 18 ޖުލައި 2018 | ބުދަ 12:18
ރައީސް ޔާމީން ހއ. ދިއްދޫގައި: އިދިކޮޅު ލީޑަރުންނަށް ފާޑުވިދާޅުވި

ރައީސް ޔާމީން ހއ. ދިއްދޫގައި: އިދިކޮޅު ލީޑަރުންނަށް ފާޑުވިދާޅުވި

ރާއްޖެއަށް މިހާތަނަށް ކުރިމަތިވި "ނުހޮރޮއްޕާނެއް" ކުރިމަތިވެފައި ވަނީ ސިޔާސީ ލީޑަރުންނާ ހުރެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހދ. އާއި ހއ. ގެ ރަށްތަކަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި ހއ. ދިއްދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ރާއްޖެއިން މިހާތަނަށް އުފުލަން ޖެހުނު ތަކުލީފެއް އުފުލަން ޖެހުނީ ސިޔާސީ ލީޑަރުން އަމިއްލަ އެދުން އިސްކުރުމުން ކަމަށެވެ.

Advertisement - newsAdvertisement
"މިތަނަށް އައިއްޔާ އައި ނޮހޮރޮއްޕާނެއް، މިހާތަނަށް އުފުލަން ޖެހުނިއްޔާ އުފުލަން ޖެހުނު ތަކުލީފެއް މިއޮތީ ސިޔާސީ ލީޑަރުންގެ އަމިއްލަ އެދުން އިސްކުރީމަ. ގައުމީ މަސްލަހަތާއި ގައުމީ ސިޔާދަތާއި މުޅި ގައުމުގެ މަސްލަހަތަށް ވުރެ، ސިޔާސީ ފަރުދުން ބޭނުންވާ ކަންކަން އިސްކުރީމަ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވައި، ދިއްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުއްލަތީފު މުހައްމަދު ޕީޕީއެމުން ވަކިވެވަޑައިގެން އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާތީ ރައީސް ޔާމީން ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. މެމްބަރު ލަތީފުގެ ނަން ފާހަގަ ނުކުރައްވައި ރައީސް ޔާމީން ވިދާޅުވީ އޭނާއަކީ "މަވެތި" ބޭފުޅެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މަޖިލީހަށް އިންތިހާބުވުމަކީ "މިނިވަންވީ ނޫން" ކަމަށާއި މިނިވަން ހިޔާލެއް ވެސް ފާޅު ނުކުރެވޭނެ ކަމަށެވެ. މަޖިލީހަށް އިންތިހާބުވުމަށް ފަހު މަޖިލީހުގެ މެމްބަރުގެ މަސްއޫލިއްޔަތަކީ ދިވެހި ދައުލަތާއި ތަރައްގީއަށް އެންމެ ފުރަތަމަ އިސްކަން ދިނުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެ އަށް ފަހު، އެމަނިކުފާނު ވިދާޅުވީ އެއްވެސް މީހަކަށް ގައުމުގެ މަސްލަހަތު އެއްފަރާތްކޮށްފައި ދާއިރާގެ މަސްލަހަތުގެ ވާހަކައެއް ނުދެއްކޭނެ ކަމަށާއި އެއީ ގާނޫނުއަސާސީގައި މަނާ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"މަޖިލީހަށް ހޮވާފަ މީހާ ފޮނުވީމަ، އެއްގޮތަކަށް ވެސް މިނިވަންވީކީ ނޫން. އޭނަގެ ނޯންނާނެ މިނިވަން ހިޔާލެއް. އޭނާގެ ހިޔާލުތައް އަންނަން ވާނީ ރަށަށާއި ދައުލަތަށާއި ތަރައްގީ އެންމެ ފުރަތަމަ ކަމަކަށް. ރަށަށް ހިޔާނާތްތެރިނުވުން. ރަށަށް ޣައްދާރު ނުވުން. ރަށުގެ އަމާނާތާއި ކަރާމާތަށް އިސްކަން ދިނުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އަޣުލަބިއްޔަތުން ބަލާ ނަމަ، މިއަދު އެންމެ ތާއިދު ބޮޑީ "އަޅުގަނޑުމެންނަށް" ކަމަށެވެ.

ހދ. އާއި ހއ. އަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި ދެން އެމަނިކުފާނު ވަޑައިގަންނަވާނީ ކެލާއަށާއި ބާރަށުގެ އިތުރުން ހަނިމާދޫއަށެވެ. ހޯމަ ދުވަހު ފެއްޓެވި އެ ދަތުރުފުޅުގައި ނޮޅިވަރަމާއި ހޯރަފުއްޓާއި އިހަވަންދޫއަށް ވެސް ވަޑައިގެންފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް