Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ނުކުޅެދުންތެރިކަން ހުންނަ މީހުނަށް އިލެކްޝަނުގެ އޮފިޝަލުން ފާހަގަ ޖަހައިދިނުމަކީ ހައްގުތަކަށް އަރައިގަތުން: މާރިޔާ

17 ޖުލައި 2018 | އަންގާރަ 15:49

މީގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ މީހަކާ އެކު ގޮސް ވޯޓުލެވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 17 ޖުލައި 2018 | އަންގާރަ 15:49
އިންތިހާބެއްގައި ވޯޓު ކަރުދާސް ގުނުމަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ

އިންތިހާބެއްގައި ވޯޓު ކަރުދާސް ގުނުމަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ

ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް އެ ކޮމިޝަނުން ނިންމުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސޯލްޓް ކެފޭގައި އަންގާރަ ދުވަހުގެ މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާސްކޮޅުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހާ ގޮތަށް ނިންމުމަކީ އަނެއްކާ ވެސް އިންތިހާބާ މެދު ޝައްކާއި ވަހުމް އުފެދޭނެ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement
"އެމީހުންނަކީ ހާއްސަ އެހީއަށް ބޭނުންވާ ބަޔަކަށް ވިއަސް އެމީހުންނަކީ އެމީހަކު އަމިއްލައަށް އިހްތިޔާރު ނުކުރެވޭ ވަރުގެ ބައެއް ނޫން ކާކަށްތޯ ވޯޓުލާނީ. އެވަރު ނޭންގެންޏާ އެ ހައްގެއް ނޯންނާނެ ވޯޓުލާކަށް. ތިމަންނަ މި ކުރަނީ ކީއްކަން ނޭނގޭ އެއްވެސް މީހަކަށް ވޯޓު ލާން ފުރުސަތު ދިނުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އޮންނަ ކަމެއް ނޫން. އެނޫން ބޭފުޅުންނަށް ވޯޓު ފާހަގަ ޖަހައިދޭނީ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލެކޭ ބުނުމަކީ ތިބޭފުޅާއާއި އަޅުގަނޑަށް ވެސް އިލެކްޝަނުގެ އޮފިޝަލަކޭ ފާހަގަ ޖަހާދޭނީ ބުނުން ކަހަލަ ކަމެއް،" މާރިޔާ ވިދާޅުވި އެވެ.

ކުރިން އޮންނަ އުސޫލަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފާހަގަ ޖަހައިދެނީ އޭނާގެ އެހީތެރިއަކަށް ހަމަޖައްސާފައިވާ މީހާ އެވެ. އިލެކްޝަންސްގެ އޮފިޝަލުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެދިނުމުގެ ފުރުސަތު ދިނުމަށް މިދިޔަ ހަފްތާގައި ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހުވެސް ގެނެސްފަ އެވެ. އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 45 ވަނަ މާއްދާގެ ށ. ގައި ކުރިން ބުނެފައިވާ ގޮތުން ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގައި އިތުރު މީހަކަށް އެހީތެރިވެވިދާނެ އެވެ. ނަމަވެސް ކޮންމެ އެހީތެރިއަކަށް ވެސް އެހީތެރިވެދެވޭނީ ވޯޓު ލާން އަންނަ އެކަކަށް ކަމަށް ބުނެފައިވެ އެވެ. މިދިޔަ ހޯމަ ދުވަހު އެ މާއްދާ އަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައި ވާތީ މާރިޔާ ވިދާޅުވީ ރީ ރަޖިސްޓްރީ ފޯމް އިލެކްޝަނަށް ހުށައެޅުމަށް ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކޮށްދޭނެ ކަމަށެވެ. އެގޮތުން ގުޅިފައިވާ ޕާޓީތަކުގެ ޖަގަހަތަކާއި ޕާޓީ އޮފީހަށް ގޮސްގެން ވެސް ރީ ރަޖިސްޓްރޭޝަން ފޯމް ހުށައެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން މާރިޔާ ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ހަތް ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން ހަމަ ޖައްސާފައި ވާތީ އެއީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދި ރިސޯޓްތަކުގެ ވެރިފަރާތްތަކުގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމެއް ކަން ވެސް މި ބައްދަލުވުމުގައި ވެސް ފާހަގަ ކުރައްވާފަ އެވެ.

"ކުރިން ފަހަރު އެ ބޭފުޅުންގެ ވޯޓު ބޭނުން ވެގެން ރިސޯޓްތަކުގެ ހިއްސާ ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުނަށް ދެއްވާނެ ކަމަށް ވިދާޅުވެ ވަޑައިގެން ބޭފުޅުން މިއަދު އެ ބޭފުޅުންގެ އެންމެ އަސާސީ ހައްގު، ވޯޓު ދިނުމުގެ ހައްގު ގެއްލުވާލައި އެ ގޮތަށް މަސައްކަތްޕުޅު ކުރައްވާތީ އަޅުގަނޑުމެން ކަންބޮޑުވޭ،" މާރިޔާ ވިދާޅުވި އެވެ.

އެކެއް ފެބްރުއަރީގެ އަމުރަކީ މުޅި ދުނިޔެއިން މަލާމާތްކުރި އަމުރެއް ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެފައިވާ ވާހަކަފުޅަށް ވެސް މާރިޔާ ވަނީ ރައްދު ދެއްވާފަ އެވެ. މާރިޔާ ވިދާޅުވީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ބައެއް ސިޔާސީ ފަރާތްތަކުގެ މައްޗަށް ޝަރީއަތްތައް ހިންގާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި ފެބްރުއަރީ އެއް ވަނަ ދުވަހު ނެރުނު އަމުރަށް މުޅި ދުނިޔެއިން މަރުހަބާ ކީ އަމުރެއް ކަމަށެވެ. އަދި އެކެއް ފެބްރުއަރީގެ އަމުރަށް ފާޑު ވިދާޅުވަމުން ގެންދަވާއިރު އުއްތަމަ ފަނޑިޔާރު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް މިހާރު ވެސް ތިއްބެވި ތިން ފަނޑިޔާރުންނަކީ އެ އަމުރު ނެރުނު ފަނޑިޔާރުންކަން ވެސް މާރިޔާ ފާހަގަ ކުރެއްވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް