ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި
15 ޖުލައި 2018 | އާދީއްތަ 03:27ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް

އަޒްލިފާ އަބްދުﷲ | 15 ޖުލައި 2018 | އާދީއްތަ 03:27
އުތުރުގެ އަތޮޅު ތަކަށް ވައިޓް އެލާޓް ނެރުން
ރާއްޖޭގެ އުތުރުގެ އަތޮޅު ތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ ( މޯލްޑިވްސް މީޓޮއޮރޮލިޖިކަލް ސެންޓަރ) އިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ހޮނިހިރު ދުވަހުގެ ރޭ ފަތިހު ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ފަތިހު 5:15 އިން ފެށިގެން 10:15 އަށެވެ.
އުތުރުގެ އަތޮޅު ތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ރާއްޖޭ އެކި ހިސާބު ތަކަށް މިދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މޫސުމާއި ބޭހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.







