Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުުތުރު ކޮރެއާ-ދެކުނު ކޮރެއާ

ދެކުނު ކޮރެއާގެ ފިލްމު ފެސްޓިވަލެއްގައި އުތުރު ކޮރެއާގެ ފިލްމުތަކެއްގެ ސްކްރީނިންގ ބާއްވަނީ

11 ޖުލައި 2018 | ބުދަ 17:50

ދެކޮރެއާގެ ގުޅުން އަންނަނީ ރަނގަޅުވަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 11 ޖުލައި 2018 | ބުދަ 17:50
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން

ދެކުނު ކޮރެއާގެ ފިލްމް ފެސްޓިވަލެއްގައި އުތުރު ކޮރެއާގެ ފިލްމުތައް އެޅުވުމުގެ ހުއްދަ ދެކުނު ކޮރެއާ އިން އަންގާރަ ދުވަހު ދީފިއެވެ.

އެގޮތުން ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ރަށްބޭރުގައި ޖުލައި 12 ގައި އޮންނަ "ބޫޗަން އިންޓަނޭޝަނަލް ފެންޓަސްޓިކް ފިލްމު ފެސްޓިވަލް" ގައި ދެކުނު ކޮރެއާގެ އޮފިޝަލުން ވަނީ އުތުރު ކޮރެއާގެ ތިން ފީޗާ ފިލްމާއި ހަ ކުރު ފިލްމު ސްކްރީން ކުރުމުގެ ހުއްދަ ދީފައެވެ. އުތުރު ކޮރެއާގެ ފިލްމުތައް ދެކުނު ކޮރެއާގައި ފީޗާކުރުމުގެ އިތުރަށް ކަމާ ބެހޭ އޮފިޝަލުން ދަނީ އުތުރު ކޮރެއާގެ ވަރަށް ގިނަ އަދަދެއްގެ ފިލްމު އުފައްދާ ފަރާތްތަކަށް ވެސް ދައުވަތު ދިނުމަށް މަސައްކަތް ކުރަމުންވެ. އެހެންނަމަވެސް އެ ފާރަތްތަކުން މަޑުކުރަމުން ދަނީ ދެކުނު ކޮރެއާ އޮފިޝަލުންގެ ހުއްދައަށެވެ.

ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާގެ ވެރިން ދާދިފަހުން ތާރީހީ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބައްދަލުވުމަށް ފަހު ދެ ގައުމުގެ ގުޅުން އަންނަނީ ރަނގަޅުވަމުންނެވެ.

ދެކޮރެއާގެ ދެމެދުގައި 1950-1953 ވަަނަ އަހަރަށް ކުރެވުނު "ކޮރެއާ ހަނގުރާމަ" އަށް ފަހު ދެގައުމުން ސުލްހައިގެ ޕީސް ޓްރިޓީއެއް ގާއިމުކޮށްފައެއް ނުވެއެވެ. އެހެންކަމުން ދެގައުމުން އަދިވެސް ތިބީ ޓެކްނިކަލީ ގޮތުން ބަލާއިރު ހަމަނުޖެހުމެއްގައެވެ. ދެކޮރެއާގެ އާންމު ރައްޔިތުންގެ މެދުގައި ހުރިހާ މުއާމަލާތްތަކެއް ވަނީ މަނާކުރެވިފައެވެ. އޭގެ ތެރޭގައި ކޮރެއާ ބޯޑަރު ހުރަސްކޮށް ދަތުރުކުރުމާއި، ދެ ގައުމުގެ ސަރުކާރުން އެންޑޯސް ނުކުރާހާ ހިނދަކު ސިޓީ ފަދަ ލިޔުންތައް ބަދަލުކުރުމާއި، އީމެއިލް ފޮނުވުން ވަނީ މަނާކުރެވިފައެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު، އެމެރިކާ އާއި އަދި ބައިނަލްއަގްވާމީ މުޖުތަމައު އިން އަޅާފައި ވެއެވެ. އެމެރިކާ އިން ތަކުރާރުކޮށް ބުނަމުން ދަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާއަށާއި އަދި މުޅި ދުނިޔެ އަށް ވެސް ހުރި ބިރެއް ކަމަށެވެ. އުތުުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުން ބޭއްވުމަށް އެންމެ ބޮޑަށް ޑިޕްލޮމަސީ ކުރިއަށް ނެރެ މަސައްކަތް ކޮށްދިން ގައުމަކީ ދެކުނު ކޮރެއާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް