Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދަރުމަވަންތަ ހޮސްޕިޓަލް

އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތް ހުޅުވުން ވެސް ސެޕްޓެމްބަރު މަހަށް ފަސްކޮށްފި

ނުހުޅުވި ލަސްވެގެން ދަނީ ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީތައް ނުގެނެވިގެން

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 11 ޖުލައި 2018 | ބުދަ 18:13
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ | ރާއްޖެއެމްވީ

ސަރުކާރުން ބޮޑެތި ލޯނު ނަގައިގެންނާއި މިލިއަނުން ޑޮލަރު ޚަރަދު ކޮށްގެން އިމާރާތް ކޮށްފައިވާ 25 ބުރީގެ އައިޖީއެމްއެޗުގެ އާ އިމާރާތް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލުގެ ހުޅުވާ ތާރީހު މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ފަސްކޮށްފިއެވެ.

ސަކާރުން ކުރިން ނިންމާފައި އޮތީ އައިޖީއެމްއެޗުގެ އާ އިމާރާތް މި މަހުގެ 26 ވަނަ ދުވަހާ ދިމާކޮށް ހުޅުވާ ގޮތަކަށެވެ. ސަރުކާރުން ބުދަ ދުވަހު ބުނެފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ބަދަލުގައި އަންނަ ސެޕްޓެމްބަރު މަހަށް ފަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗްގެ އާ އިމާރާތް ހުޅުވާނެ ސީދާ ތާރީހެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

ދަރުމަވަންތަ ހޮސްޕިޓަލްގެ ނަން ދީފައިވާ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަޑައިގެންނެވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާތާ މިހާރު ތިން އަހަރުވެފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތް ނިމޭނީ ކޮންތާރީޚެއްގައި ކަން ދަންނަވަން ދަތި ކަމަށް ކަމަށެވެ.

ސަރުކާރުން ކުރިން ކަނޑައެޅި ތާރީހުގައި އެ ހޮސްޕިޓަލް ނުހުޅުވި ލަސްވެގެން ދަނީ ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީތައް ނުގެނެވި ލަސްވަމުންދާތީ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތް ހުޅުވާ ތާރީހު މަސް ދުވަހަށް ވުރެ ފަސްވެފައިވާއިރު، ހުޅުލެ އާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖު ހުޅުވާ ތާރީހު ވެސް ސަރުކާރުން ވަނީ އަންނަ މަހަށް ފަސްކޮށްފައެވެ.

އިމާރާތް ހުޅުވުން ސެޕްޓެމްބަރު މަހަށް ފަސްކޮސްފައިވާ އިރު އިމާރުގެ ފަންގިފިލާތަކުގައި މުށިޖަހައި ނިމިފައި ނުވާއިރު، އިމާރާތުގެ އިންޓީރިއާގެ ގިނަ މަސައްކަތްތަކެއް އަދިވެސް ހުރީ ނުނިމިއެވެ.

އެ ހޮސްޕިޓަލް އެޅުމިން އައިޖީއެމެއެޗްގެ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އިރު ގާތްގަޑަކަށް އެ އިމާރާތުގެ އެއް ފްލޯރ ޚާއްސަކުރެވިފައި ވަނީ ރައީސުލް ޖުމްހޫރިއްޔާއަށެވެ. އެގޮތުން 20 ވަނަ ބުރީގައި ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ކުރެވިފައިވާ ސޫޓްގައި ބޮޑު ހަ ކޮޓަރި ހުންނައިރު، މީޓިންގް ރޫމްއަކާއި ބަދިގެއެއްގެ އިތުރުން ފާރުވާ ހޯއްދަވަންޖެހިވަޑައިގެން އެޑްމިޓްކުރައްވަން ޖެހިއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާ ގައުމު ހިންގަވަން ބޭނުންވާނެ ވަސީލަތްތައް ވެސް އެތަން ނިމޭއިރު ގާއިމުކުރެވިފައި ހުންނާނެ ކަމަށް، އައިޖީއެމްއެޗް އައު އިމާރާތުގައި މަސައްކަތްކުރާ މުވައްޒަފަކު ވަނީ ރާއްޖެޓީވީއަށް މައުލޫމާތު ދީފައެވެ.

މިނިސްޓަރު ވިދާޅުވީ އައިޖީއެމްއެޗާއި އައިޖީއެމްއެޗްގެ އާ އިމާރާތް އެއްކޮށްލުމުން އެނދުގެ ޖުމްލަ 500 އަށް އަރާނެ ކަމަށެވެ. މިއީ ދައުލަތުގެ ބަޖެޓް 140 މިލިއަން ޑޮލަރު (2.15 ބިލިއަން ރުފިޔާ) ހޭދަކޮށްގެން އަޅާ އިމާރާތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

24 އެޕްރީލު 2017
ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ

ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ

19 އެޕްރީލު 2017
އދ އަތޮޅު ހޮސްޕިޓަލަށް އިތުރު ކުރި ތިން ބުރީގެ އިމާރާތް ހުޅުވައިފި

އދ އަތޮޅު ހޮސްޕިޓަލަށް އިތުރު ކުރި ތިން ބުރީގެ އިމާރާތް ހުޅުވައިފި

14 އެޕްރީލު 2017
ހުއްދަ ނުހޯދާ އިމާރާތް ކުރާ ފަރާތްތައް އެއް މިލިޔަން ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަަދަކުން ޖޫރިމަނާ ކުރެވޭ ގޮތް ހަދަނީ

ހުއްދަ ނުހޯދާ އިމާރާތް ކުރާ ފަރާތްތައް އެއް މިލިޔަން ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަަދަކުން ޖޫރިމަނާ ކުރެވޭ ގޮތް ހަދަނީ

12 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު