Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގއ. އަތޮޅު

ދާންދޫއަކީ ކުށްމަދު ރަކަށް ހެދުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގަނީ

6 ޖުލައި 2018 | ހުކުރު 13:16

އަމާން މާހައުލެއް ގާއިމްކުރުމަށް ޚާއްސަ ހަރަކާތްތަކެއް އެއްއަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ވަނީ ރޭވިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 6 ޖުލައި 2018 | ހުކުރު 13:16
ދާންދޫ ކައުންސިލްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން..

ދާންދޫ ކައުންސިލްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން..

ގއ. ދާންދޫއަކީ އަމާން ކުށްމަދު ރަށަކަށް ހެދުމަށް ދާންދޫ ސްކޫލުއާއި ދާންދޫ ޕޮލިސްގެ އެއްބާރުލުމާއެކު ދާންދޫ ކައުންސިލުން ޚާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ އެރަށުގައި އަމާން މާހައުލެއް ގާއިމްކުރުމަށް މަސައްކަތްކުރުމުގެ ގޮތުން އެއްއަހަރު ދުވަހަށް ވަކި ޚާއްސަ ކަންތައްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ކުރިއަށް ގެންދާނެ ހަރަކާތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފުރަތަމަ ބައްދަލުވުން ބުރާސްފަތި ދުވަހު ބާއްވާފައިވާ ކަމާއި، ފުރަތަމަ ހަ މަސް ދުވަހުގެ ކުރިއަށް ގެންދިއުމަށް ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރަށުގެ އެކިދާއިރާތަކުން ހައްލު ހޯދުމަށް ބޭނުންވާ 28 ކަމެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަންކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަމާއި ގޮތްތައް ހޯދައި ރައްޔިތުންނާއި ހިއްސާކޮށް ހައްލު ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި އެރަށުގެ ގްރޭޑް 5ގެ މަތީ ދަރިވަރުންނާއި އެދަރިވަރުންގެ މައިންބަފައިންނަށާއި، ދުވަސްވީ އުމުރު ފުރާގެ ބޭފުޅުންނާއި، ޚާއްސަކޮށް ރަށުގެ ޒުވާނުންނަށް ވެސް އަމާޒު ކޮށްގެން އެމީހުންނާއި ގުޅުންހުރި އެކިކަންކަމާއި ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިސެޝަންތަކުގައި ކުރިއަށްގެންދާނީ އެދާއިރާއަކުން ތައުލީމު ލިބިފައިވާ ތަޖުރިބާ ބޭފުޅުން ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

" މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ރަނގަޅު ބަދަލެއް އަންނާނެ. ގިނަކަންކަމަށް ހޭލުންތެރިމިކުރެވެނީ. ހަމަމިއާއެކު ދާންދޫ އަކީ މިފަދަ ކަންކަމުގައި ނަމޫނާ ރައްޔިތުންނަށް ދިރިއުޅޭ ރަށަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރަނީ. " ކައުންސިލްގެ ރައީސް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ މިޕްރޮގްރާމްއަކީ އާންމު ރައްޔިތުންގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި، މިޕްރޮގްރާމް ތަކުގެ ސަބަބުން ރަނގަޅު ނަތީޖާ ކައިރި މުސްތަގުބަލެއްގައި ރަށުގެ އެންމެނަށް ފެންނާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
10 ޖެނުއަރީ 2017

ނައިބު ލީޑަރަކަށް ޝިފާ

10 ޖެނުއަރީ 2017
ނައިބު ލީޑަރަކަށް ޝިފާ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް