Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ނަޝީދާއި ގާސިމަށް އިންތިހާބުގައި ވާދަނުކުރެވޭ ހުށަހެޅުން ތިން ވަނަ ފަހަރަށް ތާވަލްކޮށްފި

4 ޖުލައި 2018 | ބުދަ 06:31

މިއީ މި ވޯޓަށް އެހުމަށް ތާވަލްކުރި ތިންވަނަ ޖަލްސާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 4 ޖުލައި 2018 | ބުދަ 06:31
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމް

އިދިކޮޅު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން އިތުރަށް ހުރަސް އެޅިގެންދާ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ވޯޓަށް އެހުންމަށް ތިންވަނަ ފަހަރަށް ތާވަލްކޮށްފިއެވެ.

މިހަފްތާގައި މަޖިލީހުން ބޭއްވި ހޯމަ ދުވަހުގެ ޖަލްސާ އާއި އަންގާރަ ދުވަހުގެ ޖަލްސާއަށް އެ ބިލްތައް ތާވަލްކޮށްފައި ވެއެވެ. ނަމަވެސް ހޯމަ ދުވަހުގެ ޖަލްސާ ފަދައިން އަންގާރަ ދުވަހުގެ ޖަލްސާ ވެސް ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް މެމްބަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ ޖަލްސާއަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ ޓޭބަލް އޮފީހުން ކޮށްފައިވާ މެސެޖްގައި ވަނީ އަންގާރަ ދުވަހު ބާއްވާ ޖަލްސާގައި ވޯޓަށް އެހުމަށް ހުރި ބިލްތަކަކީ ރިޔާސީ އިންތިހާބާ ގުޅުން ހުރި ވަރަށް މުހިއްމު ބިލްތަކަކަށް ވުމާއެކު، މަޖިލީހުގެ ގަވާއިދުގެ 158 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް މަޖިލީހުގެ ރައީސް އިލްތިމާސް ކުރައްވާ ކަމަށެވެ. އެ މެސެޖް މަސީހު ވަނީ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވެސް ތަކުރާރު ކުރައްވާފައެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ނަގާ އެ ވޯޓުގައި ބައިވެރިވުމަށް މަޖިލީހުގެ މެމްބަރުންނަށް މަސީހު އިލްތިމާސްކުރެއްވި އިރު، ހޯމަ ދުވަހުގެ ޖަލްސާގައި އެ ބިލްތަކަށް ވޯޓަށް އަހާފައި ނުވަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި ބުނާ އަދަދަށް އެޖަލްސާގައި މެމްބަރުން ބައިވެރިވެފައި ނުވާތީ ކަމަށް ބުނެއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ނެގުމަށް ނިންމި އެ ވޯޓުގައި ބައިވެރިވުމަށް މަސީހު އިލްތިމާސް ކުރައްވައި، މެމްބަރުންނަށް މެސެޖް ކުރައްވާފައި ވަނީ އެ ތިން ބިލަށް ވޯޓަށް އެހުމަށް އުޒުރު ދެއްކުމުގެ ގޮތުން ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއެވެ. ނަމަވެސް މަސީހު ވަނީ އަންގާރަ ދުވަހުގެ ޖަލްސާގައި ވެސް ވޯޓަށް ނާހާ ނިންމާލައްވާފަ އެވެެ. މަސީހު ޖަލްސާ ނިންމާލައްވަމުން ވިދާޅުވީ ދެން ބާއްވާ ޖަލްސާގައިވެސް މެމްބަރުން ބައިވެރިވެވަޑައިގެންނެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ހޯމަ ދުވަހުގެ ޖަލްސާ ވެސް ނިންމާލެއްވީ އެގޮތަށް ވިދާޅުވުމަށް ފަހުގަ އެވެ.

ބަލިވެގެން ނުވަތަ ޒަރޫރީ އެއްވެސް ކަމެއް މެދުވެރިވެގެން ނޫން ގޮތަކަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ، ވޯޓުގައި ބައިވެރިވުމަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި މެމްބަރުންގެ މައްޗަށް ލާޒިމް ކަމެކެވެ.

އެހެންކަމުން އެ ބިލްތަކަށް މަސީހު ވޯޓަށް އަހާއިރު ހާލަތުއްޟަރޫރާ ދިމާވެފައިވާ ކަމަށް ވިދާޅުވެ، އެ ބިލްތަކަށް ފާސްކުރުމަކީ ވަރަށް ބޮޑަށް ބެލެވޭ ކަމެކެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު "ރާއްޖެއެމްވީ"އަށް އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި، ބަލިވެގެން ނުވަތަ ޒަރޫރީ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް މަޖިލީހުގެ ޖަލްސާތަކުގައި މަޖިލީހުގެ މެމްބަރުން ބައިވެރި، ވޯޓު ދެއްވަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ނިހާނު ވިދާޅުވެފައިވަނީ ރައްޔިތުންގެ ފަރާތުން މަޖިލީހަށް މެމްބަރުން އިންތިހާބު ކުރަނީ ރައްޔިތުންނަށްޓަކައި ގާނޫނު ހަދާ މަޖިލީހުން ކުރަންޖެހޭ ކަންކަމަށް ރައްޔިތުންގެ ފަރާތުން ބަސް ބުނުމަށާއި މަޖިލީހުން ނިންމާ ނިންމުތަތަކުގައި ބައިވެރި ވުމަށް ކަމަށެވެ. އެހެންކަމުން މަޖިލިސް މެމްބަރުގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ، ބިލްތަކަށް ބަހުސްކޮށް، ނިންމާ ނިންމުންތަކުގައި ބައިވެރިވުން ކަމަށެވެ.

ނިހާނު ވިދާޅުވި ގޮތުގައި ސިޔާސީ ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިން މަޖިލީހުގެ ޖަލްސާތަކުގައި ބައެއް މެމްބަރުން ބައިވެރި ނުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބައެއް މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވުމަކީ މަޖިލިސް ހުއްޓެންޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ނިހާނު ވިދާޅުވިއެވެ. އަދި އެފަދަ ހާލަތެއް ދިވާމެއްވެއްޖެ ނަމަ މަޖިލީހުން އަމަލު ކުރާނެ ގޮތް ސުޕްރީމް ކޯޓުން މަޖިލީހަށް މީގެ ކުރިން ލަފައެއް ދެއްވާފައިވާ ކަމަށް ވެސް ނިހާނު ވިދާޅުވިއެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވެފައިވަނީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ކިތައްމެހާ ވެސް ބޭނުން ކަމަށެވެ. ނަމަވެސް މަޖިލީހުން އަމަލު ކުރަންޖެހޭ މަޖިލީހުގެ ގަވާއިދެއް އޮތްވައި، އެގަވާއިދާ ހިލާފަށް މަޖިލިސް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މަޖިލީހުގެ ގަވާއިދާ ހިލާފަށް އަދި މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މަސީހުގެ މަގާމުގެ ސައްހަކަން ގެއްލިފައިވާއިރު، ޖަލްސާގެ ރިޔާސަތުގައި މަސީހު އިންނަވާ ޖަލްސާއެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ވެސް ރޮޒައިނާގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވިދާޅުވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

21 މާރިޗު 2017

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި

21 މާރިޗު 2017
ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި
12 ފެބުރުއަރީ 2017

ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ

12 ފެބުރުއަރީ 2017
ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ
09 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

09 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް