Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއޭ ފޯރަމް 2018

ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކުގެ އަދަދު ކަނޑައަޅަންޖެހޭނީ ދިވެހިން: މިނިސްޓަރ ސައީދު

މިއީ މިގޮތަށް ބާއްވާ ދެވަނަ ފޯރަމް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 2 ޖުލައި 2018 | ހޯމަ 09:57
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު

ރާއްޖެއަށް ބޭނުންވާ ހަނޑުލާއި ހަކުރާއި ފުށުގެ އަދަދު ކަނޑައަޅަންޖެހޭނީ އެހެން ބަޔަކު ނޫން ކަމަށާއި އެކަންކަން ކުރަންޖެހޭނީ ދިވެހިން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ކުރިއަށްގެންދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2018 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، މިނިވަންކަމަކީ ހަމައެކަނި ދިދައެއް ހުރެގެން ވިހުރުމެއް ނޫން ކަމަށާއި ދިވެހިންނަކީ ދިވެހި ގައުމަށް ކުރިއަށް އޮތް މުސްތަގްބަލުގައި ބޭނުންވާނެ ކާބޯތަކެތީގެ މިންވަރު ދެނެގަނެ އަދަދުތައް ކަނޑައެޅުމުގެ ގާބިލްކަން ލިބިގެންވާ ގައުމެއް ކަމަށެވެ. އަދި ފުރިހަމަ މިނިވަންކަން ލިބޭނީ އޭރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދިވެހި ޓެލެންޓް ކުރި ހޯދާނެ. އޭގެ ތެރޭގައި އެކައުންޓެންޓުން ހިމެނޭ. އޭގެ ތެރޭގައި ފައިނޭންޝިއަލް ޕްރޮފެޝަންގައި އުޅުއްވާ ބޭފުޅުން ހިމެނޭނެ. މިއަދު މިދައްކަނީ އެކައުންޓެންޓުންގެ ޕްރޮފެޝަންއަކީ ނުވަތަ މިދާއިރާއަށް ނުކުންނަ ޒުވާނުންނަކީ އަޅުގަނޑުމެންގެ އަމިއްލަ މިނިވަންކަމުގައި މިކަން ކުރެވިދާނެ ބައެއްތޯ. ނުވަތަ އިހްތިރާމު ހޯދިދާނެތޯ. އެވަރުގެ ޓްރަސްޓެއް އަޅުގަނޑުމެންނަށް ބިލްޑް ކުރެވިދާނެ. މިއީ އެއްވެސް ޝައްކެއް ނެތް ކުރެވިދާނެ ކަންކަން،" ސައީދު ވިދާޅުވިއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ، ރިޕޯޓްތަކުން ހާމަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖެ ހުރަސްކޮށް ކޮންމެ ދުވަހަކު 40 މިލިއަން ފީފާ ތެޔޮ ޓްރާންސްޕޯޓް ކުރެވޭ ކަމަށާއި މިކަންކަމުގެ ތެރެއިން ވެސް ދިވެހި އިގްތިސާދަށް ފައިދާ ކުރާނެ ކަންކަން ކުރެވޭނެ ކަމަށެވެ.

"މިވިޔަފާރިން ކެޕިޓަލައިޒް ކުރުމަށް ސަރުކާރުން ކުރެވޭނެ ކަންތައްތައް ބެލިދާނެ. އިންސްފްރާންސްޓްރަކްޗަރ ވަރުގަދަކުރާނީތޯ، މިނިވަން ވިޔަފާރީގެ ތެރެއިން ކަންކަންކުރާނީތޯ ސްޓޯރޭޖް ކެޕޭސިޓީ ވަރުގަދަ ކުރާނީތޯ. މިއީ ހޯދިދާނެ ކަންކަން،" މިނިސްޓަރ ވިދާޅުވިއެވެ.

މިފަދަ ކަންކަމަކީ އެކައުންޓެންޓުންނާއި ފައިނޭންޝިއަލް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ތިލަކުރަންޖެހޭ ކަންކަން ކަމަށާއި ގައުމެއް ތަރައްގީ ކުރެވޭނީ ކްރިޓިކްސް އާއި ބިނާ ކުރުވަނިވި ހިޔާލުގެ ތެރެއިން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ދިވެހިންނަށް ދުނިޔޭގެ އެންމެ ވަރުގަދަ ޓުއަރިސްޓް ޕްރޮޑަކްޓް އުފެއްދިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ތަފާތު އެކި ދާއިރާއިން ގާބިލް ޒުވާނުން އުފެއްދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ހާސިލް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ އެކައުންޓިންގ ދާއިރާ ހަރުދަނާ ކުރުމަށް ކުރިއަށް އޮތްތަނުގައި ގިނަ މުހިއްމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި މިފަދަ ފޯރަމެއްގެ ތެރެއިން ވެސް ދާއިރާ ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ފަހިވެގެންދާނެ ކަމަށެވެ.

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2018 ކުރިއަށްދަނީ ޖުލައި 02 އިން ޖުލައި 05 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މިގޮތަށް ބާއްވާ ދެވަނަ ފޯރަމެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު