Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ވައުދު

އެމްޑީޕީގެ ވައުދު: ޖޭއެސްސީގެ މުއްދަތު ތިން އަހަރު، ބޭރުގެ ފަނޑިޔާރުން ގެންނާނެ

30 ޖޫން 2018 | ހޮނިހިރު 12:50

ރާއްޖެއިން ބޭރުގެ ފަނޑިޔާރުން ކޯޓުތަކުގައި މަސައްކަތް ކުރެވެން ޖެހޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 30 ޖޫން 2018 | ހޮނިހިރު 12:50
އެމްޑީޕީގެ ކޮންގްރެސްގައި ހިސާން އިންނަވައިގެން މިއަދު ކުރިއަށް ގެންދަނީ

އެމްޑީޕީގެ ކޮންގްރެސްގައި ހިސާން އިންނަވައިގެން މިއަދު ކުރިއަށް ގެންދަނީ

އެމްޑީޕީގެ ވެރިކަމެއްގައި ޖުޑިޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ)ގެ ދައުރުގެ މުއްދަތަކީ ތިން އަހަރަށް ބަދަލު ކުރާނެ ކަމަށް އެ ޕާޓީން ހާމަކޮށްފި އެވެ.

ގާނޫނު އަސާސި މިހާރު އޮތް ގޮތުން ޖޭއެސްސީގެ މުއްދަތަކީ ފަސް އަހަރު ނަމަވެސް، އެ ޕާޓީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ބުނެފައި ވަނީ ޖޭއެސްސީގެ ދައުރު ކުޑަކުރުމަށްޓަކައި ގާނޫނު އަސާސީ ބަދަލުކުރާނެ ކަމަށެވެ. ގާނޫނު އަސާސީ ބަދަލުކުރުމަށްޓަކައި، މަޖިލީހުގެ 85 މެމްބަރުންގެ ތިން ބައިކުޅަ ދެބައި ވޯޓް ބޭނުންވެ އެވެ.

Advertisement - newsAdvertisement

އއ. އުކުޅަހުގައި ކުރިއަށްދާ އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި ހުށަހެޅި މެނިފެސްޓޯއާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނުގައި އެ ޕާޓީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސެއިން ވިދާޅުވީ ރައްޔިތުންގެ އިތުބާރު ހުރި ތަނަކަށް ފަނޑިޔާރުގެ ހެދުމަށްޓަކައި ޖުޑީޝަލް ސާވީސް ކޮމިޝަނަށް ބަދަލުތަކެއް ގެންނާނެ އެވެ. އެގޮތުން ޖުޑީޝަލް ސާވީސް ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ފަނޑިޔާރުންނާއި މަގާމުގެ ހައިސިއްޔަތުން ވަޑައިގަންނަވާ ބޭފުޅުންގެ ބަދަލުގައި ތައުލީމީ ދިވެހި ރައްޔިތުން އައްޔަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ޖޭއެސްސީ މިހާރު އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރިމް ކޯޓްގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ހައިކޯޓްގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ދަށު ކޯޓްތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެކޯޓްތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރަކާއި، ޢާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ސިވިލް ސާރވިސް ކޮމިޝަންގެ ރައީސާއި، ރައީސުލްޖުމްހުރިއްޔާ އައްޔަނު ކުރައްވާ ބޭފުޅަކާއި ދަޢުލަތުގެ ބަންޑާރަނައިބުގެ އިތުރުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލެއްގެ މައްޗަށްށެވެ

ސުޕްރިމް ކޯޓްގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރާއި ހައިކޯޓްގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރާއި ދަށުކޯޓްތަކުގެ ފަނޑިޔާރުންގެ ތެރެއިން، އިންނަވާ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރާއި ޢާންމުންގެ ތެރެއިން، ކަނޑައަޅުއްވާފައިވާ މެމްބަރާއި ރައީސުލްޖުމްހުރިއްޔާ ޢައްޔަނު ކުރައްވާއިގެން އިންނަވާ ބޭފުޅާ އާއި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުންގެ ތެރެއިން އިންނަވާ ވަކީލުގެ ދައުރަކީ ފަސް އަހަރުގެ މުއްދަތެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވީސް ކޮމިޝަނުގެ ރައީސާއި ބަންޑާރަ ނައިބަށް އެ ކޮމިޝަނުގައި ހުރެވޭނީ އެ މަގާމުގައި ދެމި ހުންނެވި މުއްދަތަކަށް ކަމަށް ބުނެފައިވެ އެވެ. ޖޭއެސްސީއަށް އެހެން ބަދަލުތަކެއް ގެންނަ ނަމަ ގާނޫނު އަސީއަށް ބަދަލު ގެންނާން ޖެހެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލް ހިސާން ވިދާޅުވެފައި ވަނީ އެއްވެސް ހަމައެއް ލަމައެއް ނެތި، އަދި ބޭއިންސާފުން ކޮށްފައި ހުރި ކަންކަމަކީ ކޮބައިތޯ "ޖަޒީރާ ވެރިކަމެއްގައި" ހޯދާނެ ކަމަށެވެ. އަދި ވިދާޅުވީ ހަމައެއް ލަމައެއް ނެތި، ބޭ އިންސާފުން ކޮށްފައި ހުރި ކަންކަން ކަމަކީ ދިވެހި މުޖުތަމައު ބަލައި ނުގަންނާނެ ކަންކަން ކަށަވަރުކޮށް އިންސާފު ހޯދާ ދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

"އެ ފިޔަވަޅުތަކުގެ ތެރޭގައި އެކަންތައްތަކުގެ ހަގީގަތް ހޯދައި ހާމަކޮށް، ބަދަލު ލިބިދޭން ޖެހޭ ފަރާތްތަކަށް ބަދަލު ހޯދައިދީ، މުދާ ހިފަހައްޓަން ޖެހޭ ހާލަތްތަކުގައި މުދާ ހިފަހައްޓައި، އަދި ޖިނާއީ ދައުވާ ކުރަން ޖެހޭ ތަނެއްގައި ޖިނާއީ ދައުވާ ކުރާނެ،" ހިސާން ވިދާޅުވި އެވެ.

އެމްޑީޕީގެ ވިސްނުމުގައި ފަނޑިޔާރުގެ އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރާ ގޮތް ހާމަކޮށް ހިސާން ވިދާޅުވީ ފަނޑިޔާރުގެއިން ނިކުންނަ ހުކުމްތަކަކީ ރައްޔިތުން ބަލައިގަންނަ އެއްޗަކަށް ވާން ޖެހޭ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ ފަނޑިޔާރުން ރާއްޖޭގެ ކޯޓުތަކުގައި މަަސައްކަތް ކުރެވެން ޖެހޭނެ ކަމަށް އެމްޑީޕީން ދެކޭ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.

"ފަންނީ ތަޖުރިބާކާރުންގެ ގޮތުގައި ޓީޗަރުންނާއި ޑޮކްޓަރުންނާއި އިންޖީނިއަރުން މަސައްކަތްކުރާހެން ތަޖުރިބާކާރު ރާއްޖެއިން ބޭރުގެ ފަނޑިޔާރުން ރާއްޖޭގެ ފަނޑިޔާރުގޭގައި ހަރަކާތްތެރިވުމަކީ ރައްޔިތުންގެ ކޮންމެހެން ބޭނުން ކަމެއް،" ހިސާން ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް