Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމީޑިއާނެޓް

މީޑިއާނެޓްގެ M580 އަލްޓްރާ އެޗްޑީ ސެޓްޓޮޕް ބޮކްސްއަށް އޮތް ތަރުހީބު ބޮޑު!

M580 ސެޓްޓޮޕް ބޮކްސްގައި ވަރަށް ހާއްސަ ފީޗަރތަކެއް އެކުލެވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 ޖޫން 2018 | ބުރާސްފަތި 13:53
M580 އެޗްޑީ ސެޓްޓޮޕް ބޮކްސް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

M580 އެޗްޑީ ސެޓްޓޮޕް ބޮކްސް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މީޑިއާނެޓްގެ M580 އަލްޓްރާ އެޗްޑީ ސެޓްޓޮޕް ބޮކްސްއަށް ތައާރަފުކުރިތާ ތިން ހަފްތާވީ އިރުވެސް M580 އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.

މީޑިއާނެޓުން މިފަހަރުގެ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗުތަކެއް ދައްކާއިރު އަލްޓްރާ އެޗްޑީ (އެޗްޑީގެ ހަތަރު ގުނަ ނުވަތަ 4ކޭ ކޮލިޓީގައި) ވާރލްޑް ކަޕްގެ 10 މެޗު ބަލާލުމުގެ އިތުރުން ހަތަރު ޗެނަލް 4ކޭ ކޮލިޓީގައި ބަލާލުމުގެ ފުރުސަތު މީޑިއާނެޓުން ހުޅުވާލާފައިވެއެވެ.

މީޑިއާނެޓްގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ޝިއުނާ ހަމީދު ވިދާޅުވީ M580 ސެޓްޓޮޕް ބޮކްސްގައި ވަރަށް ހާއްސަ ފީޗަރތަކެއް އެކުލެވިގެންވާ ކަމަށެވެ. އެގޮތުން ޕޯސް ކުރުމާއި ތިން ޗެނަލް އެއްފަހަރާ ރިކޯޑު ކޮށްލުމުގެ އިތުރުން 1 ޓީބީ ހާޑް ޑިސްކެއް ހިމެނޭ ކަމަށެވެ.

މީޑިއާނެޓުން M580 އެޗްޑީ ސެޓްޓޮޕް ބޮކްސް ލޯންޗުކޮށްފައިވަނީ ޖޫން 9 ވަނަ ދުވަހުގެ ރޭ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މީޑިއާނެޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ފައިނޭންސް އަހްމަދު ނާޝިދު ވިދާޅުވީ މީޑިއާނެޓުން އަބަދުވެސް މަސައްކަތް ކުރަނީ ފަހުގެ ޓެކްނޮލޮޖީތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކަމަށާއި M580 ގެ ސެޓްޓޮޕް ބޮކްސް ގަންނަ ފަރާތްތަކަށް 4ކޭ ކޮލިޓީގެ ހުރިހާ ޗެނަލްތަކެއް ވާރލްޑްކަޕް ނިމެންދެން އިތުރު ފީއަކާ ނުލައި ބަލާލެވޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި މީޑިއާނެޓުން ވަނީ ގުރުއަތުން ހޮވުނު ތިން ބޭފުޅަކަށް M580 އަލްޓްރާ އެޗްޑީ ސެޓްޓޮޕް ބޮކްސް ހަދިޔާކޮށްފައެވެ.

ވާރލްޑް ކަޕްގެ ރައުންޑް އޮފް 16 ގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 2 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މީޑިއާނެޓްގެ M580 ސެޓްޓޮޕް ބޮކްސް މެދުވެރިކޮށް މެޗުތައް 4ކޭ ކޮލެޓީގައި ބަލާލެވޭނެއެވެ.

އިތުރަށް ކިޔާލަން

20 ޖުލައި 2019

ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރީގެ ހުއްދަ ދޭނީ އެޗްޑީސީން ސަރަހައްދުތައް ކަނޑައެޅުމުން: އިކޮނަމިކް މިނިސްޓްރީ

20 ޖުލައި 2019
ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރީގެ ހުއްދަ ދޭނީ އެޗްޑީސީން ސަރަހައްދުތައް ކަނޑައެޅުމުން: އިކޮނަމިކް މިނިސްޓްރީ
29 އެޕްރީލު 2019

ރަށު މާރުކޭޓް ގޮޅިތައް ލިބުނު މީހުންގެ ނަންތައް އެޗްޑީސީން އާންމުކޮށްފި

29 އެޕްރީލު 2019
ރަށު މާރުކޭޓް ގޮޅިތައް ލިބުނު މީހުންގެ ނަންތައް އެޗްޑީސީން އާންމުކޮށްފި
26 އެޕްރީލު 2019

''ރަށު މާރުކޭޓް''ގެ ގޮޅިތަކަށް 871 ފަރާތަކުން ކުރިމަތިލާފައިވޭ: އެޗްޑީސީ

26 އެޕްރީލު 2019
''ރަށު މާރުކޭޓް''ގެ ގޮޅިތަކަށް 871 ފަރާތަކުން ކުރިމަތިލާފައިވޭ: އެޗްޑީސީ
16 އެޕްރީލު 2019

ރަށު މާރުކޭޓުގެ ހިދުމަތް ކުރިއަތް އޮތް މަހެއްހާ ދުވަސްތެރޭގައި ފެށޭނެ: އެޗްޑީސީ

16 އެޕްރީލު 2019
ރަށު މާރުކޭޓުގެ ހިދުމަތް ކުރިއަތް އޮތް މަހެއްހާ ދުވަސްތެރޭގައި ފެށޭނެ: އެޗްޑީސީ
18 އޮކްޓޯބަރު 2018

މީޑިއާނެޓްގެ ބޮޑު ޗުއްޓީ ޕްރޮމޯޝަން ފަށައިފި

18 އޮކްޓޯބަރު 2018
މީޑިއާނެޓްގެ ބޮޑު ޗުއްޓީ ޕްރޮމޯޝަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު