Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމީޑިއާ ނެޓް

ވާރލްޑް ކަޕްގެ 10 މެޗް އަލްޓްރާ އެޗްޑީކޮށް ބަލާލުމުގެ އިތުރުން ހަތަރު ޗެނަލް 4ކޭ ކޮލިޓީގައި މީޑިއާނެޓް މެދުވެރިކޮށް ބަލާލުމުގެ ފުރުސަތު

M580 ގެ ސެޓްޓޮޕް ބޮކްސް ގަންނަ ފަރާތްތަކަށް 4ކޭ ކޮލިޓީގެ ހުރިހާ ޗެނަލްތަކެއް ވާރލްޑްކަޕް ނިމެންދެން އިތުރު ފީއަކާ ނުލައި ބެލާލެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ޖޫން 2018 | އާދީއްތަ 14:57
M580 އެޗްޑީ ސެޓްޓޮޕް ބޮކްސް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

M580 އެޗްޑީ ސެޓްޓޮޕް ބޮކްސް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މީޑިއާނެޓުން މިފަހަރުގެ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗުތަކެއް ދެއްކުމަށް ނިންމާފައިވާއިރު އަލްޓްރާ އެޗްޑީ (އެޗްޑީގެ ހަތަރު ގުނަ ނުވަތަ 4ކޭ ކޮލިޓީގައި) ވާރލްޑް ކަޕްގެ 10 މެޗު ބަލާލުމުގެ އިތުރުން ހަތަރު ޗެނަލް 4ކޭ ކޮލިޓީގައި ބަލާލުމުގެ ފުރުސަތު މީޑިއާނެޓުން ހުޅުވާލައިފިއެވެ.

މި ޕްރޮޑަކްޓާއެކު މީޑިއާނެޓުން ވަނީ ފެޝަން 1 4ކޭ އާއި އިންސައިޓް ޔޫއެޗްޑީ އާއި ލަވް ނޭޗަރ 4ކޭ އަދި ސޮނީ ޓެން2 4ކޭ އާއި ނިކަލޯޑިއަން އެޗްޑީގެ އިތުރުން ކާޓޫން ނެޓްވަރކް އެޗްޑީ ވެސް ލޯންޗުކޮށްފައެވެ. M580 އަލްޓްރާ އެޗްޑީ ސެޓް ބޮކްސް އަކީ، އަލްޓްރާ އެޗްޑީ، ޑޮލްބީ ސަރައުންޑިންގ ސައުންޑް 5.1، އެންމެ ފަހުން ބެލި ޗެނަލް، އެއްފަހަރާ ގިނަ ޗެނަލްތަކެއް ރެކޯޑް ކުރެވޭ، 1ޓީބީ ހާޑް ޑިސްކެއް ހިމެނޭ ޕްރޮޑަކްޓެކެވެ.

M580 އެޗްޑީ ސެޓްޓޮޕް ބޮކްސް ލޯންޗުކުރުމަށް ހޮނިހިރު ދުވަހުގެރޭ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި މީޑިއާނެޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ފައިނޭންސް އަހްމަދު ނާޝިދު ވިދާޅުވީ މީޑިއާނެޓުން އަބަދުވެސް މަސައްކަތް ކުރަނީ ފަހުގެ ޓެކްނޮލޮޖީތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކަމަށާއި M580 ގެ ސެޓްޓޮޕް ބޮކްސް ގަންނަ ފަރާތްތަކަށް 4ކޭ ކޮލިޓީގެ ހުރިހާ ޗެނަލްތަކެއް ވާރލްޑްކަޕް ނިމެންދެން އިތުރު ފީއަކާ ނުލައި ބެލާލެވޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި މީޑިއާނެޓުން ވަނީ ގުރުއަތުން ހޮވުނު ތިން ބޭފުޅަކަށް M580 އަލްޓްރާ އެޗްޑީ ސެޓްޓޮޕް ބޮކްސް ހަދިޔާކޮށްފައެވެ.

މީޑިއާނެޓްގެ 25000 އަށްވުރެ ގިނަ ކަސްޓަމަރުން އެޗްޑީ ކޮލިޓީގައި ޓީވީގެ ޚިދުމަތް ބޭނުންކުރާ ކަމަށް މީޑިނެޓުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2022

ވޯލްޑް ކަޕްގެ ގްލޯބަލް ކަނެކްޓިވިޓީ ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި

04 މާރިޗު 2022
ވޯލްޑް ކަޕްގެ ގްލޯބަލް ކަނެކްޓިވިޓީ ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި
02 މާރިޗު 2022

ސެމްސަންގް އެސް 22 އަލްޓްރާގެ ޕްރީ-އޯޑަރ މޫލީގައި ހުޅުވާލައިފި

02 މާރިޗު 2022
ސެމްސަންގް އެސް 22 އަލްޓްރާގެ ޕްރީ-އޯޑަރ މޫލީގައި ހުޅުވާލައިފި
30 އޯގަސްޓު 2020

އުރީދޫ އިން ސެމްސަންގް ގެލެކްސީ ނޯޓް20 އަދި ނޯޓް20 އަލްޓްރާގެ ހާއްސަ އޮފަރތަކެއް

30 އޯގަސްޓު 2020
އުރީދޫ އިން ސެމްސަންގް ގެލެކްސީ ނޯޓް20 އަދި ނޯޓް20 އަލްޓްރާގެ ހާއްސަ އޮފަރތަކެއް
22 އޯގަސްޓު 2020

ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 20 އަދި އަލްޓްރާ 20 5ޖީ ޕްރީއޯޑަރ ކުރަން ހުޅުވާލައިފި

22 އޯގަސްޓު 2020
ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 20 އަދި އަލްޓްރާ 20 5ޖީ ޕްރީއޯޑަރ ކުރަން ހުޅުވާލައިފި
13 ޖޫން 2019

ކޮޕާ އެމެރިކާ 2019 ގެ މެޗްތައް އައިސް ޓީވީ މެދުވެރިކޮށް ބަލާލުމުގެ ފުރުސަތު

13 ޖޫން 2019
ކޮޕާ އެމެރިކާ 2019 ގެ މެޗްތައް އައިސް ޓީވީ މެދުވެރިކޮށް ބަލާލުމުގެ ފުރުސަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު