Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރަށު މާރުކޭޓް

''ރަށު މާރުކޭޓް''ގެ ގޮޅިތަކަށް 871 ފަރާތަކުން ކުރިމަތިލާފައިވޭ: އެޗްޑީސީ

ގުރު ނެގުން އޮންނާނީ ހޮނިހިރު ދުވަހު 09:00 ގައި

އަލީ ސަމާޚް
އަލީ ސަމާޚް | 26 އެޕްރީލު 2019 | ހުކުރު 06:26
\'\'ރަށު މާކެޓް\'\'ގެ ގޮޅިތަކަށް ފޯމު ހުށައަޅަން ބަޔަކު ކިޔުގައި ޖެހިގެން

\'\'ރަށު މާކެޓް\'\'ގެ ގޮޅިތަކަށް ފޯމު ހުށައަޅަން ބަޔަކު ކިޔުގައި ޖެހިގެން

ހުޅުމާލެ ފެރީ ޓާމިނަލްގެ ހުޅަނގު ފަރާތު ސަރަހައްދުގައި ގާއިމް ކޮށްފައިވާ ''ރަށު މާރުކޭޓް'' ގެ ގޮޅިތަކަށް 871 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފިއެވެ.

''ރަށު މާރުކޭޓް'' އަކީ ހުޅުމާލޭ އަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކަބޯތަކެތީގެ ދިވެހި އުފެއްދުންތަކާއި، ރޯދަ މަހުގެ ބާވަތްތައް ފަސޭހަ ކަމާއެކު ހެޔޮ އަގުގައި އެއްތަނަކުން ލިބޭ ގޮތަށް ގާއިމް ކޮށްފައިވާ މާކެޓެކެވެ.

އެޗްޑީސީން ބުނީ، ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 871 ފަރާތުން ފޯމް ހުށައަޅާފައިވާ ކަމަށެވެ. އެ ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ބުރާސްފަތި ދުވަހުގެ 15:00 ހަމައަށެވެ.

ރަށު މާކެޓުން ގޮޅި ހިފުމަށް އެދި ހުށައެޅި އަމިއްލަ ފަރާތްތަކުގެ އިތުރުން މިހާރުވެސް ވިޔަފާރިތައް ހިންގަމުންދާ ފަރާތުގެ ލިސްޓު އެޗްޑީސީން ވަނީ އާއްމުކޮށްފައެވެ.

ގޮޅިތަކަށް ގުރު ނެގުން އޮންނާނީ، ހޮނިހިރު ދުވަހު 09:00 އިން 15:00 ހުޅުމާލެ، ހުރަވީ ސްކޫލުގައި ކަމަށް އެޗްޑީސީން ބުންޏެވެ.

''ރަށު މާރުކޭޓް'' ގޮޅިއެއް -- ފޮޓޯ: ރާއްޖެ.އެމްވީ

މޭވާ އާއި ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުފެއްދުންތައް (ޑްރައި ސްޓޯލް) ތަކަށް ބޮޑު މިނުގައި 69.45 އަކަފޫޓުގެ 37 ގޮޅި ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި 69.45 އަކަފޫޓުގެ 20 ގޮޅި ޚާއްސަ ކޮށްފައިވަނީ ރޯމަހުގެ ބާވަތްތައް (ވެޓް ސްޓޯލް) ތަކަށެވެ.

އެޗްޑީސީން ބުނީ، މި މާރުކޭޓު ފަރުމާކުރެވިފައި ވަނީ މޭވާ އާއި ތަރުކާރީ އަދި އެހެނިހެން ދިވެހި އުފެއްދުންތައް ވިއްކުމަށް ޚާއްސަކުރެވިފައިވާ ގޮޅިތަކެއްގެ އިތުރުން، ރޯމަސް ވިއްކުމަށް ޚާއްސަ ކުރެވިފައިވާ ގޮޅިތަކެއް ހިމެނޭ ގޮތަށް ކަމަށެވެ.

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2019

މޯލްޑިވްސް ބިޒްނަސް އެވޯޑުގައި ވާދަކުރުމަށް 150 ފަރާތަކުން ހުށަހަޅައިފި

29 އޮކްޓޯބަރު 2019
މޯލްޑިވްސް ބިޒްނަސް އެވޯޑުގައި ވާދަކުރުމަށް 150 ފަރާތަކުން ހުށަހަޅައިފި
15 ސެޕްޓެމްބަރު 2019

ކެލާ އަދި ބާރަށުގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ ގާއިމްކޮށްފި

15 ސެޕްޓެމްބަރު 2019
ކެލާ އަދި ބާރަށުގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ ގާއިމްކޮށްފި
12 އޯގަސްޓު 2019

200 އަށްވުރެ ގިނަ ފަރާތަކުން މީރާއަށް ޖީއެސްޓީ ނުދައްކާ

12 އޯގަސްޓު 2019
200 އަށްވުރެ ގިނަ ފަރާތަކުން މީރާއަށް ޖީއެސްޓީ ނުދައްކާ
07 ޖުލައި 2019

ރަށު މާރުކެޓް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

07 ޖުލައި 2019
ރަށު މާރުކެޓް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
01 ޖޫން 2019

ފާއިތުވި އަހަރުގެ ފަހު ކުއާޓާރގައި 182 ފަރާތަކުން ޖީއެސްޓީ ފާއިސާ ދައްކާފައި ނުވޭ

01 ޖޫން 2019
ފާއިތުވި އަހަރުގެ ފަހު ކުއާޓާރގައި 182 ފަރާތަކުން ޖީއެސްޓީ ފާއިސާ ދައްކާފައި ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު