Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބު 2018

އިންތިޚާބު އޮބްޒަރވް ކުރުމަށް ދަތިކޮށް އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް އިސްލާހު ގެންނަނީ!

އޮބްޒާވަރުންނަށް އަދި މޮނީޓަރުންނަށް ވޯޓަރސް ލިސްޓެއް ނުވެއްދޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 27 ޖޫން 2018 | ބުދަ 14:32
އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ

އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ

އިންތިޚާބު އޮބްޒަރވް ކުރުމަށް ދަތިކޮށް، އަދި ބައެއް ޤާނޫނުގެ ބައެއް މާއްދާތަކަށް އިމެއް ނެތް ގޮތަށް މާނަކުރެވޭ ގޮތަށް ހަދައި، އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ގެންނަ އިސްލާހުތައް މިނިވަން މުއައްސަތަކާއި ބެހޭ ކޮމިޓީއިން ފާސްކޮށްފިއެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އިސްލާހުތައް ފާސްކުރުމަށް ބުދަ ދުވަހު މެންދުުރު ފަހު ބޭއްވި ކޮމިޓީ ބައްދަލުވުމަށް ވަޑައިގެންނެވި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ކޮމިޓީއަށް ވަޑައިގެންނެވިއިރު ހުށަހަޅާފައިވާ އިސްލާހުތައް ބައްލަވާފައި ވެސް ނުވާ ކަމަށެވެ. އަދި އެބޭފުޅުން ކޮމިޓީއަށް ވަޑައިގެންނެވީ އަމިއްލަފުޅަށް އިސްލާހުތަކެއް ނޯޓު ކުރައްވައިގެން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. މީގެ އިތުރަށް ރޮޒައިނާ ވިދާޅުވީ ރަނގަޅަށް ހުރި ހުރިހާ އިސްލާހުތަކެއް އެބޭފުޅުން ބޭރު ކޮށްލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން އިސްލާޙުތަކެއް ފާސްކޮށްފައި މިވަނީ ވިލާތުގެ އިއްތިޙާދާއި އިލެކްޝަންސް ކޮމިޝަންގެ ރިކޮމެންޑޭޝަންތަކަށް ރިޢާޔަތްކޮށް ސަރުކާރުން އަމިއްލައަށް އިސްލާހުތަކެއް ހުށަހެޅުމަށްފަހުއެވެ. އެހެން ނަމަވެސް މީގެ ތެރެއިން މުހިއްމު އިސްލާހުތައް ކޮމިޓީއިން ވަނީ ބޭރު ކޮށްފައެވެ.

ކޮމިޓީއިން ފާސްކުރި އިސްލާހުތައް ބުނާ ގޮތުން ވޯޓުލާ މަރުކަޒުތަަކަށް އޮބްޒާވަރުންނަށް އަދި މޮނީޓަރުންނަށް ވޯޓަރސް ލިސްޓެއް ނުވެއްދޭނެއެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި ވޯޓުލުން އޮބްޒަރވް ކުރާއިރު އޮބްޒަރވަރުން އެލިސްޓް ހިފައިގެން ވޯޓުލާ މަރުކަޒުތެރޭގައި ހަރަކާތްތެރިވެ، ވޯޓުލާ މީހުންގެ އަދަދުތައް ދިމާވޭތޯ ބަލައެވެ. އަދި ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލަނީ އެފޮއްޓަކަށް ރަޖިސްޓްރީވެފައިވާ ބައެއްތޯ ކަށަވަރު ކުރުމަށާއި، އިތުރު ބަޔަކު ވޯޓުލާތޯ ބެލުމަށް އޮބްޒަރވަރުންނަށް އެލިސްޓަކީ މުހިއްމު ލިސްޓެކެވެ.

މީގެ އިތުރުން ވޯޓު ކަރުދާސްކޮޅުގައި ކުރަހައިފިނަމަ ނުވަތަ އިތުރު އެއްޗެއް ލިޔެފިނަމަ ވޯޓު ބާޠިލްވާގޮތަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި އިސްލާހު ވެސް ކޮމިޓީއިން ވަނީ ބަދަލު ކޮށްފައެވެ. މި އިސްލާހަކީ 2013 ވަނަ އަހަރު ފުއާދު ތައުފީޤް އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން އެކޮމިޝަނުން ރެކޮމެންޑްކޮށްފައިވާ އިސްލާހެކެވެ. އެހެން ނަމަވެސް ކޮމިޓީއިން ފާސްކޮށްފައިވަނީ ވޯޓުލާފައިވަނީ ކާކަށް އެނގޭނަމަ އެ ވޯޓުކަރުދާސްކޮޅު ބާޠިލް ނުވާނެ ކަމަށެވެ. މިހެން ހެދުމުން ވޯޓުލާ މީހާ އަންގަން ފާޑުފާޑުގެ ނިޝާންތައް ޖަހައިގެން އުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ވޯޓުލާތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ރީރަޖިސްޓަރކުރުމަށް ފުރުސަތު ހުޅުވާލުމަށް ފަހު، ރީރަޖިސްޓަރވާ ފަރާތްތަކާއިއެކު އަލުން ވޯޓަރސް ލިސްޓް އާއްމުކުރަން ކަނޑައަޅާ ތާރީޚް މިހާރު ވަނީ އުނި ކޮށްފައެވެ. އެހެންކަމުން ރީރަޖިސްޓްރޭޝަނަށް ފަހު ވޯޓަރސް ލިސްޓް އާއްމުކުރަން ވަކި ތާރީޚެއް ނޯންނާނެއެވެ. އެކަން ވަނީ އިލެކްޝަންސް ކޮމިޝަންގެ އަތްމައްޗަށް ދޫކޮށްލެވިފައެވެ.

ކެންޑިޑޭޓުންނަށް ހަމަހަމަކަމާއިއެކު ފުރުސަތު ދިނުމަށާއި، ފުރުސަތު ނުދިނުމަކީ ޖިނާޢީ ކުށަކަށް ހަދަން ހުށަހަޅާފައިވާ އިސްލާހަކީ ހަމައެކަނި ދައުލަތުގެ މީޑިއާގެ މައްޗަށް ހިނގާ އިސްލާހަކަށް ހަދަން އިދިކޮޅު ފަރާތްތަކުން ހުށަހެޅުމުން، އެކަން ކޮމިޓީއިން ބަލައިގެންފައެއް ނުވެއެވެ. ރޮޒައިނާ ވިދާޅުވީ އެއިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ ފައިސާއިން ހިންގާ ތަނަކީ ދައުލަތުގެ މީޑިއާއަށް ވެފައި، އަމިއްލަ މީޑިއާތަކަކީ މިނިވަން އެޑިޓޯރިއަލް ޕޮލިސީތަކެއް އޮންނަ އަމިއްލަ ތަންތަނަށްވާތީ ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ބޮޑެތި ޤާނޫނީ މައްސަލަތަކެއް ކުރިމަތިވާކަން ރޮޒައިނާ ފާހަގަކުރެއްވިއެވެ.

"މިސާލަކަށް ރާއްޖެ ޓީވީއަށް ރައީސް ޔާމީން ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ވަޑައިގަންނަވަން އިންކާރު ކުރައްވައިފިކަމަށްވަންޏާ، ދެން ރާއްޖެ ޓީވީއިން އެހެން އެއްވެސް ކެންޑިޑޭޓެއްގެ މައުލޫމާތު ނުގެނެސްދެވޭނެތޯ ސުވާލަކީ. އެއަކަށް އެއްވެސްކަހަލަ ހައްލެއް މިއަކު ހޯދިފައެއް ނެތް،" ރޮޒައިނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވޯޓު ފޮއްޓަކަށް އެންމެ މީހަކު ނުވަތަ 2 މީހަކު ރަޖިސްޓްރީ ވެއްޖެނަމަ ވޯޓުގެ ސައްހަކަން ގެއްލޭނެެކަމަށް ބުނެ، އެމީހެއްގެ ވޯޓުލުމުގެ ހައްޤު ނިގުޅައިގަނެވޭނެ ގޮތަށް މިހާރު ކޮމިޓީއިން ފާސްކޮށްފައިވާ އިސްލާހުތަކުގައިވެއެވެ.

ވޯޓުލައި ނިމުމުން ވޯޓުލާ މަރުކަޒުން ތައްޔާރުކުރަން ޖެހޭ ރިޕޯޓުގައި ކެންޑިޑޭޓެއްގެ މަންދޫބު ސޮއެ ނުކުރިޔަސް އެރިޕޯޓްގައި އޭނާ ސޮއިނުުކުރި ސަބަބު ބަޔާންނުކޮށް ރިޕޯޓް ފޮނުވޭ ގޮތަށް ވަނީ އިސްލާހު ގެނެސްފައެވެ.

މާލީ ބަޔާންތައް ހުށަހެޅުމާއި ގުޅޭ ގޮތުން އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނަށް ގެނެވުނު އިސްލާހާއި ބެހޭ ގޮތުން ރޮޒައިނާ ވަނީ ކަންވޮޑުވުން ފާޅު ކުރައްވާފައެވެ. އެޤާނޫނަކީ ހުރިހާ އިންތިޚާބެއްގެ މައްޗަށް ހިނގާ ޤާނޫނަކަށް ވުމުން ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އެޕްރުވްޑް އޮޑިޓަރަކު ލައްވާ ތައްޔާރުކުރަން ޖެހޭއިރު، ލޯކަލް ކައުންސިލްތަކަށް ރަށްރަށުން ކުރިމަތިލާ އެތައް ސަތޭކަ ކެންޑިޑޭޓުންނަށް އެކަމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް ރޮޒައިނާ ފާހަގަ ކުރެއްވިއެވެ.

ވޯޓު ގުނުމުގައި ބާޠިލް ވޯޓު ޖުމްލަ ވޯޓުގެ ތެރޭގައި ގުނާނެތޯ ނުވަތަ ނޫންތޯ ވެސް އިސްލާހުތަކުގައި ސީދާ ބަޔާންކޮށްފައެއް ނެތެވެ. އެހެންކަމުން އިންތިޚާބުގެ ނަޖީތާ ވަރަށް ކައިރިން ނިކުމެއްޖެނަމަ، އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދޭ ގޮތަށް އިލެކްޝަންސްގެ އަތްމައްޗަށް މިބާރު ވަނީ ދޫކޮށްލާފައެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ބޭނުންވެއްޖެނަމަ އެންމެ ފަހު ވަގުތު ވޯޓުލާ މީހުންގެ ޖުމްލަ އަދަދު ގުނާނީ ބާޠިލް ވޯޓުތައް ނުލައެވެ.

ކޮމިޓީއިން ފާސްކޮށްފައިވާ އިސްލާހުތައް މަޖިލީހުގެ ތަޅުމުން ފާސްކުރަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު