Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީ ޕާޓީ

ދައުވަތު އެދިނީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެތީ. ޤާސިމް ޔާމީނާ ގުޅޭނެ އެއްވެސް ގޮތެއް ނެތް:ޖޭޕީ

27 ޖޫން 2018 | ބުދަ 11:46

ޕީޕީއެމުން ވަނީ އެއްވެސް ޝަރުތެއް ނެތި ރައީސް އަބްދުﷲ ޔާމީނާއި ގުޅިވަޑައިގަތުމަށް ޤާސިމަށް ދައުވަތު ދީފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 27 ޖޫން 2018 | ބުދަ 11:46
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ތެރެއިން:ޤާސިމް ޔާމީނާ ގުޅިވަޑައެއްނުގަންނަވާނެ

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ތެރެއިން:ޤާސިމް ޔާމީނާ ގުޅިވަޑައެއްނުގަންނަވާނެ

އެއްވެސް ޝަރުތެއް ނެތި ރައީސް އަބްދުﷲ ޔާމީނާއި ގުޅިވަޑައިގަތުމަށް ޕީޕީއެމުން ޤާސިމް އިބްރާހީމަށް ދައުވަތު ދެއްވީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ޔަޤީން ވުމުން ކަމަށާއި ގުޅިފައިވާ ކޯލިޝަން ދޫކުރައްވާ ޤާސިމް އިބްރާހީމް ރައީސް ޔާމީނާ ގުޅިވަޑައިގަންނަވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޕީޕީއެމުން ވަނީ އެއްވެސް ޝަރުތެއް ނެތި ރައީސް އަބްދުﷲ ޔާމީނާއި ގުޅިވަޑައިގަތުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދައުވަތު ދެއްވާފައެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް އިބްރާހިމް ކިތަންމެ މަސައްކަތްޕުޅު ކުރެއްވިޔަސް އެމްޑީޕީއަކީ އެހެން ޕާޓީއަކަށް ދޫދޭނެ ބައެއް ނޫން ކަމަށެވެ. އަނެއްކާ ވެސް އެއޮތީ ބޭވަފާތެރިވެފައި ކަމަށް ވިދާޅުވެ ޤައުމަށް ވަފާތެރި ރައީސް ޔާމީނާއި އެއްވެސް ޝަރުތެއްނެތި ގުޅިވަޑައިގެންނެވުމަށް ޚަލީލް ވަނީ ޤާސިމަށް ދައުވަތު ދެއްވާފައެވެ.

މިކަމާއި ގުޅިގެން ރާއްޖެ އެމްވީއަށް ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން ޢަލީ ސޯލިހް ވިދާޅުވީ ރައީސް ޔާމީން އެއުޅުއްވަނީ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެކަން ޔަޤީންވެވަޑައިގަތުމުން ބިރުފުޅުން ކަމަށާއި 2013 ގައި ރައީސް ޔާމީން ވެރިކަމަށް ގެނެސްދެއްވުމުން އެއްވެސް އިންސާފެއްނެތި ޣައިރު ޤާނޫނީ ޝަރީއަތަކުން ކުރި ހުކުމަކުން ޤާސިމް އިބްރާހީމް ޖަލަށް ލެއްވިލެއްވުން ހަނދާނުން ފިލުވާލެވެން ނެތްކަމަށެވެ.

ޢަލީ ސޯލިހް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކާއެކު އިސްލާހީ މަސައްކަތައް، ޤާސިމް އިބްރާހީމް ނިކުމެވަޑައިގެންނެވީ ޤައުމު ހަމަމަގަށް އެޅުވުމަށް ކަމަށާއި އެމަސައްކަތް ދޫކުރައްވާ ރައީސް ޔާމީނާ ގުޅިވަޑައިގަންނަވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

ޢަލީ ސޯލިހް ވިދާޅުވީ ގުޅިފައިވާ ކޯލިޝަން އޮތީ ބަދަހިކަމާއެކުގައި ކަމަށާއި އެކޯލިޝަނަށް ބުރޫއަރާފާނެފަދަ އެއްވެސް ކަމެއް ޤާސިމް އިބްރާހިމާއި ޖުމްހޫރީ ޕާޓީން ނުކުރައްވާނެ ކަމަށެވެ. އަދި ކޯލިޝަން ދޫކުރައްވާ ޤާސިމް އެއްވެސްތާކަށް ވަޑައި ނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް