Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: 40 އަހަރު ފަހުން ޕެރޫއަށް ފުރަތަމަ މޮޅު

27 ޖޫން 2018 | ބުދަ 01:28

ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުގައި ޕެރޫއިން ވަނީ 2-0 އިން އޮސްޓްރޭލިއާ ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 27 ޖޫން 2018 | ބުދަ 01:28
މި މެޗުގައި ޕެރޫގެ ދެވަނަ ލަނޑު ޖެހުމަށްފަހު ކެޕްޓަން ގުރެއިރޯ އުފާފާޅުކުރަނީ

މި މެޗުގައި ޕެރޫގެ ދެވަނަ ލަނޑު ޖެހުމަށްފަހު ކެޕްޓަން ގުރެއިރޯ އުފާފާޅުކުރަނީ

ފީފާ ވާރލްޑް ކަޕްގައި 40 އަހަރަށްފަހު ޕެރޫއިން ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފިއެވެ.

ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުގައި ޕެރޫއިން ވަނީ 2-0 އިން އޮސްޓްރޭލިއާ ބަލިކޮށްފައެވެ. މިއީ މި ދެ ޓީމުގެ މެދުގައި ކުޅެވުނު ފުރަތަމަ މެޗަށްވާއިރު މިއީ އޯޝޭނިއާއަށް ނިސްބަތްވާ ޓީމަކާއި ދެކޮޅަށް ވާރލްޑް ކަޕްގައި ޕެރޫއިން ކުޅުނު ފުރަތަމަ މެޗެވެ. އޮސްޓްރޭލިއާގެ ޓީމުން ދެ ބަދަލެއް ފެނިގެންދިޔައިރު ޕެރޫގެ ޓީމުން ވެސް ވަނީ ދެ ބަދަލެއް ފެނިގެންގޮސްފައެވެ.

މި މެޗަށް ނުކުތްއިރު ޕެރީ އޮތީ ވާރލްޑް ކަޕްއިން ކަޓާފައެވެ. އެހެން ނަމަވެސް މި މެޗު ކާމިޔާބުކޮށް ޑެންމާކް ކުޅުނު މެޗުން ޑެންމާކް ބަލިވިނަމަ ލަނޑުގެ ތަފާތުން ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އޮސްޓްރޭލިއާއަށް އޮތެވެ.

ފުރަތަމަ ހާފު ފެށިގެން ޕެރޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުންވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި ޕެރޫގެ ފުރަތަމަ ލަނޑު ކެޕްޓަން ޕައުކޯ ގުރެއިރޯގެ އެހީތެރިކަމާއެކު އެޓީމަށް ޖަހައިދިނީ އަންދްރޭ ކަރީޔޯއެވެ. މި ލަނޑަށްފަހު އޮސްޓްރޭލިއާއިން ކުޅުން ރަނގަޅުކުރިއިރު މެޗުގެ 28 ވަނަ މިނެޓުގައި އޮސްޓްރޭލިއާއިން ފޮނުވާލި ހަމަލާއެއް ޕެރޫގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ޕެރޫގެ ކުޅުންތެރިން ވަނީ ރަނގަޅު ޑިފެންސެއް ފުރަތަމަ ހާފުގައި ކޮށްފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޕެރޫއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފު ފެށިގެން ފަސް މިނެޓު ނުވަނީސް އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ކެޕްޓަން ޕައުލޯ ގުރެއިރޯއެވެ. އޮސްޓްރޭލިއާގެ ކުޅުންތެރިން ލަނޑު ޖެހުމަށް މަސައްކަތްކުރި ނަމަވެސް އެކުޅުންތެރިންނަށް އުފައްދަން މަސައްކަތްކުރި ހަމަލާތައް އެންމެ އެދެވޭ ގޮތަކަށް ގޯލާއި އަމާޒުކުރެވިފައެއް ނުވެއެވެ.

މި މެޗުގައި ޖެހި ލަނޑަކީ ޕައުލޯ ގުރެއިރޯ ޕެރޫއަށް ޖަހައިދިން 35 ވަނަ ލަނޑެވެ. އޭނާ ވެގެންދިޔައީ ވާރލްޑް ކަޕެއްގައި ލަނޑު ޖެހި ދެކުނު އެމެރިކާއަށް ނިސްބަތްވާ ތިންވަނައަށް އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ. އެންމެފަހުން ވާރލްޑް ކަޕެއްގައި ކުޅުނު މެޗަކުން ޕެރޫ މޮޅުވެފައި އޮތީ 1978 ވަނަ އަހަރުއެވެ.

މި ގްރޫޕްގެ އެއްވަނަ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ފްރާންސްއިން ހޯދިއިރު ދެވަނައިގައި އޮތް ޑެންމާކަށް ލިބިފައިވަނީ ފަސް ޕޮއިންޓްއެވެ. ތިންވަނައިގައި އޮތް ޕެރޫއަށް ތިން ޕޮއިންޓް ލިބިފައިވާއިރު ތާވަލުގެ ފުލުގައި އޮތް އޮސްޓްރޭލިއާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓްއެކެވެ.

ދެވަނަ ބުރުގައި މި ގްރޫޕްއިން އެއްވަނަ ހޯދި ފްރާންސް ނުކުންނާނީ އާޖެންޓީނާ އާއި ދެކޮޅަށެވެ. ހަމައެހެންމެ ޑެންމާކް ނުކުންނާނީ ކްރޮއޭޝިއާ އާއި ދެކޮޅަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް