Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ވޯޓު ކަރުދާސްކޮޅުގައި އޮންނާނީ އެންމެ ނަމެއް!

ވާދެވެރިންނަށް މަގު ވަނީ ބަންދުކޮށްފައި

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 26 ޖޫން 2018 | އަންގާރަ 12:27
އެމްޑީޕީން ކުރިއަށް ގެންދާ ޖަޒީރާ ކެމްޕެއިންގެ ތެރެއިން ފާރެއްގައި ހަރުކުރި ޕޯސްޓަރުތަކެއް ފުލުހުން ނައްޓުވަނީ: ކެމްޕެއިންކުރުމުގެ ފުރުސަތު އެހެން ބަޔަކަށް ނެތް

އެމްޑީޕީން ކުރިއަށް ގެންދާ ޖަޒީރާ ކެމްޕެއިންގެ ތެރެއިން ފާރެއްގައި ހަރުކުރި ޕޯސްޓަރުތަކެއް ފުލުހުން ނައްޓުވަނީ: ކެމްޕެއިންކުރުމުގެ ފުރުސަތު އެހެން ބަޔަކަށް ނެތް

ހުދުމުޚުތާރު ވެރިކަމެއްގައި ހުންނާނެ ހުރިހާ ސިފަތަކެއް މި ސަރުކާރުގެ އެބަހުއްޓެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބެލުމެއް ނެތި ސަރުކާރުން ބޭނުން ކަމެއް ކުރާތަން މީގެ ކުރިން ވެސް ވަނީ ފެނިފައެވެ. ނުވަތަ ސަރުކާރުން ބޭނުން ކަމެއް ކުރަންވީމާ ގާނޫނުތައް އެގޮތަކަށް ބަދަލުކުރާ މަންޒަރު ވަނީ ފެނިފައެވެ. ކުރިއަށް އޮތީ ރިޔާސީ އިންތިޚާބެވެ. އަނެއްކާ ވެސް ފެންނަނީ ހަމަ އެ މަންޒަރެވެ. ސަރުކާރުން ބޭނުންވާ ލަނޑުދަނޑި ހާސިލްކުރުމަށް މަޖިލީހުގެ ތެރެއިން ގާނޫނުތައް އެގޮތަށް ބައްޓަންކުރަން ހިފާ މަންޒަރެވެ.

މިނިވަން އިންސާފުވެރި އިންތިޚާބަކަށް ރައްޔިތުން ކިތަންމެ އުންމީދުކުރި ނަމަވެސް އެ ފުރުސަތު ދަނީ ދުވަހެއް ދުވަހަކަށް ހަނިވަމުންނެވެ. ކެމްޕެއިންގެ މާކުރިން ވެސް ސަރުކާރުން ދިޔައީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. އިންތިޚާބެއްގައި ވާދަކޮށްފާނެހެން ހީވާހާ ފަރާތްތައް ބަންދުކޮށް ނުވަތަ ގައުމުން ފައްސާލައި ނުވަތަ ބޮޑު ހުކުމެއްގައި ވަނީ ޖަލަށް ލާފައެވެ. މިހާރު އޮތް ހަނި ފުރުސަތުގައި ވެސް ރައީސް އަބްދުﷲ ޔާމީން ފިޔަވައި އެހެން ފަރާތަކަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެހާ ގޮތަކަށް ކަންކަން ދަނީ ރާވަމުންނެވެ. އިންތިޚާބާ ބެހޭ ގާނޫނާއި ކެންޑިޑޭޓުންގެ ޝަރުތުތަކަށް ބަދަލު ގެނައުމަށް ސަރުކާރުން މަޖިލީހަށް އިސްލާހުތައް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ވެސް މިހާރު އޮތް ހަނިފުރުސަތު ވެސް އެއްކޮށް ދުއްވާލުމެވެ. އޭގެ އެއް މިސާލަކީ ބޭރުގެ ރަށްވެހިކަމެއް އޮތް ނަމަ އެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ހަމަޖެއްސުމެވެ. ފަހަރުގައި މިއީ "ބިދޭސީއަކަށް" ރާއްޖޭގެ ވެރިކަން ލިބިދާނެތީ ސަރުކާރުން ގެންނަން އުޅޭ އިސްލާހެއް ކަމަށް ހީވެދާނެއެވެ. ގާނޫނުގައި މިހާރު އޮތް ގޮތުން ވެސް ފުރިހަމަ ދިވެއްސަކަށް ނޫނީ ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ.

އެހެން ކަމުން ސަރުކާރުގެ މަގުސަދު ވަރަށް ސާފެވެ. ބޭނުމަކީ ވަކި ބަޔަކަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ގޮތް ހެދުމެވެ. އޭގެ ތެރޭގައި މިހާރު ތުންތުން މަތިން ދެކެވޭ ވާހަކަތައް ފުދެއެވެ. އިދިކޮޅު ފަރާތްތަކުގެ ތެރޭގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕްރޮފެސަރު ހަސަން އުގައިލް ނެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެން ކަމުން ޑުއެލް ނުވަތަ ދެ ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ ފަރާތަކަށް މި ފަހަރުގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ހެދުމުގެ މައިގަނޑު މަގުސަދު އެއޮތީ ހާމައަށް ފެންނަންށެވެ. އުގެއިލް ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގައެވެ.

އިދިކޮޅު ޕާޓީތަކުން ތިމަންނާމެންގެ ކެންޑިޑޭޓަކީ މިއީއޭ ބުނެ މިހާތަނަށް ދައްކަމުން އައި އެއްވެސް ބޭފުޅަކީ ގާނޫނުއަސާސީގައި މިހާރު ހުރި ޝަރުތުތަކަށް ފެތޭ ބޭފުޅުން ކަމަށް ސަރުކާރުން ގަބޫލެއް ނުކުރެއެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓް ދީފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އެބަ އޮތެވެ. ޖުމްހޫރީ ޕާޓީން ޓިކެޓް ދިންކަން ހާމަނުކުރިއެއް ކަމަކު ނެރެން ބޭނުންވާ އެ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި ގާސިމް އިބްރާހީމްގެ މައްޗަށް ވެސް ހުކުމެއް އެބަ އޮތެވެ. މި ދެ ބޭފުޅުން ވެސް ތިއްބެވީ ގައުމަށް ނާދެވޭ ފަދަ ގޮތަކަށް ގައުމުން ބޭރުގައެވެ.

މީގެ އިތުރުން އެ ބޭފުޅުންގެ ނަން ގާނޫނުގައި ނުލިޔުނެއް ކަމަކު ސީދާ އެ ބޭފުޅުންނަށް އަމާޒުކޮށްގެން ވެސް ގާނޫނަށް ވަނީ އިސްލާހުގެންނަށް ހުށަހަޅާގައެވެ. މިހާރު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާ ބައެއް އިސްލާހުތަކަކީ އޭގެ އެއް މިސާލެކެވެ. ޕީޕީއެމްގެ މެންބަރު އަލީ އާރިފް ހުށަހެޅުއްވި އިސްލާހުގައި ވަނީ ބޭރު ގައުމެއްގެ ހިމާޔަތް ހޯދާފައިވާ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތި ލެވޭނީ ހިމާޔަން ދޫކޮށްލިތާ 10 އަހަރު ވާންޖެހޭނެ ކަމަށެވެ. ގާސިމް އާއި ނަޝީދަކީ މި ވަގުތު ވެސް ބޭރުގެ ހިމާޔަތުގައި ތިއްބެވި ދެ ބޭފުޅުންނެވެ.

މި ދެ ބޭފުޅުންގެ އިތުރުން ވެރިކަމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ކިރިޔާ ވެސް އުރަތްޕެއް ހުރި މީހެއް ނަމަ ހުރީ ކޮންމެވެސް ކަހަލަ ހުކުމެއްގައެވެ. އަދާލަތު ޕާޓީގެ ރައީސް ކަމުގައި ހުންނެވި ޝައިޚް އިމްރާން އަބްދުﷲ އާއި ވެރިކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ މި ސަރުކަރުގެ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ހުންނެވީ ދިގު މުއްދަތަކަށް ޖަލުގައެވެ. ވެރިކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އަމިއްލަ ދެ ބޭފުޅަކު މިނިވަންކަންމަތީ އެބަ ތިއްބެވިއެވެ. ނަމަވެސް އެއީ ސަރުކާރަށް ނުވަތަ ރައީސް ޔާމީނަށް ކުޑަކޮށް ވެސް ބިރަކަށް ވާފަދަ ބޭފުޅުންނެއް ނޫނެވެ. ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ކުރީގެ ނާއިބު ރައީސް ޝުޖާޢު ހުސެއިން އާއި މި ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަކީ ކޮން ބޭފުޅުންނެއް ކަމާއި އެ ބޭފުޅުންގެ ފަރާތުން ރައީސް ޔާމީނަށް އޮތީ ކިހާވަރެއްގެ ބިރެއްކަން ރައްޔިތުންނަށް އެނގެއެވެ.

ސަރުކާރުން ކަންކަން ރާވަމުންދާ ގޮތުންނާއި އިންތިޚާބުގެ ކުރިން ގާނޫނުތަކަށް ގެންނަން އުޅޭ ބަދަލުތަކުގެ މައިގަނޑު މަގުސަދު ގުޅިފައި އޮތީ ރައީސް ޔާމީނު ނޫން އެހެން ބޭފުޅަކަށް ނުވަތަ ރައީސް ޔާމީނަށް ބިރަކަށް ވެދާނެ ފަދަ ބޭފުޅަކަށް އިންތިޚާބުގައި ވާކުރުމުގެ ފުރުސަތު ނުދިނުންކަން ވަރަށް ސާފެވެ. ޝުޖާއު އާއި އުމަރަށް އިންތިޚާބަށް ކުރިމަތިލެވޭނީ ވެސް މަދުވެގެން 1500 މީހުންގެ ސޮއި ހޯދައިގެންނެވެ. ސަރުކާރުން ޖާގަ ނުދޭހާ ހިނދަކު އެކެން ވެސް ވާނެކަމާ މެދު ޝައްކެވެ. އެހެންކަމުން މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އެހެން ބޭފުޅެއްގެ ނަން އޮންނާނެތޯ ކުރެވޭ ސުވާލަށް ވިސްނާ މީހަކަށް ނަމަ މިހާރު އޮންނާނީ ޖަވާބު ލިބިފައެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ ހަމައެކަނި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެކަނި ކަމަށް ގާނޫނުގައި ނުލިޔާކަން އެކަންޏެވެ. އެހެން ހުރިހާ ކަމެއް ބައްޓަންކޮށްފައި ވަނީ އެގޮތަށެވެ. ދެން އޮތް ސުވާލަކީ ހަމައެކަނި ރައީސް ޔާމީނުގެ ނަން ކަރުދާސްކޮޅުގައި އޮތަސް އެ ކަރުދާކޮށްޅުގައި ވެސް ފެންނަ ނުފެންނަކަން ހާމަކުރަން ރައްޔިތުންނަށް ފުރުސަތު ދިފި ނަމަ ވާނީ ކިހިނެއްބާއެވެ؟ ހަމައެކަނި އެ ނަން އޮވެގެން ވޯޓުލާން ނުކުންނާނީ ކިތައް މީހުންބާއެވެ؟ ނޫނީ މިސްރުގައި ދާދި ފަހުން ބޭއްވި ވޯޓުގައި މިލިއަނަކަށް ވުރެ ގިނަ މީހުން އެ ގައުމުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު ސަލާހަށް ވޯޓުލީ ގޮތަށް ޔާމީނަށް ވުރެ ގިނައިން ކަރުދާސްކޮޅުގައި ނެތް ނަމަކަށް ވޯޓުލުން އެކަށީގެން ނުވޭބާއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކުން ފައިސަލްގެ ހިދުމަތްތަކުގެ އަގުވަޒަން ކުރާނީ ވޯޓުން!

ފުވައްމުލަކުން ފައިސަލްގެ ހިދުމަތްތަކުގެ އަގުވަޒަން ކުރާނީ ވޯޓުން!

22 އޯގަސްޓު 2018
މައުމޫންގެ ވަރުގަދަ ދެ ސަޕޯޓަރުން: މައުމޫން މިނިވަންވުމަށް އެދޭނަމަ އިބޫއަށް ވޯޓުދީ!

މައުމޫންގެ ވަރުގަދަ ދެ ސަޕޯޓަރުން: މައުމޫން މިނިވަންވުމަށް އެދޭނަމަ އިބޫއަށް ވޯޓުދީ!

19 އޯގަސްޓު 2018
ސިކުނޑި ހިފައިގެން ވޯޓުލާން ދިޔުމުން ރައީސް ޔާމިނަށް ވާނީ ކޮން ފައިދާއެއް؟

ސިކުނޑި ހިފައިގެން ވޯޓުލާން ދިޔުމުން ރައީސް ޔާމިނަށް ވާނީ ކޮން ފައިދާއެއް؟

21 ޖުލައި 2018
ވޯޓު ފޮށިތައް މަދު ރިޒޯޓުތަކުގައި ބަހައްޓާ މައްސަލަ ކޯޓަށް! ކިހިނެއްވާނެބާ؟

ވޯޓު ފޮށިތައް މަދު ރިޒޯޓުތަކުގައި ބަހައްޓާ މައްސަލަ ކޯޓަށް! ކިހިނެއްވާނެބާ؟

18 ޖުލައި 2018
ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުން: އެހެން ރަށަކަށް ވޯޓުލާންދާނަމަ، މަސައްކަތަށް ބުރޫ އަރާނެ

ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުން: އެހެން ރަށަކަށް ވޯޓުލާންދާނަމަ، މަސައްކަތަށް ބުރޫ އަރާނެ

17 ޖުލައި 2018

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު