Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2018

ވޯޓު ފޮށިތައް މަދު ރިޒޯޓުތަކުގައި ބަހައްޓާ މައްސަލަ ކޯޓަށް! ކިހިނެއްވާނެބާ؟

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ރާއްޖޭގެ 42 ރިޒޯޓެއްގައި ވޯޓު ފޮށި ބަހައްޓާފައިވާ އިރު އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާނީ ހަތް ރިޒޯޓުގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 18 ޖުލައި 2018 | ބުދަ 18:27
އިލެކްޝަންސް ކޮމިޝަން ގެ ރައީސް އަހްމަދު ޝަރީފް

އިލެކްޝަންސް ކޮމިޝަން ގެ ރައީސް އަހްމަދު ޝަރީފް

ފަތުރުވެރިކަމަކީ އަދުގެ ރަންބިސް އަޅާ ކުކުޅެވެ. ދިވެހި ރާއްޖެ އަށް ފައިސާ ވައްދައިދޭ މެޝިނެވެ. އާއިލާ އާ ދުރުގައި ބިދޭސީންނާއި އަދި އެތައް ހާސް ދިވެހީން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެބައިމީހުން ވަމުން ދަނީ ބޮޑު ގުރުބާނީ އެކެވެ. ކޮންމެ ފަދަ ގުރުބާނީއެއް އެބައިމީހުން ވަމުން ދިޔައަސް އެބައިމީހުންނަށް ގައުމުގެ ވެރިޔަކު ހޮވުމުގައި ބަސް ބުނެވެން ވާނެއެވެ. އަދި ބަސް ބުނަންވެސް ޖެހޭނެއެވެ. މި ދައްކަނީ ރިޔާސީ އިންތިޚާބުގައި ރިޒޯޓުތަކުގައި ތިބޭ ދިވެހި ރައްޔިތުންނަށް ވޯޓު ލެވެން ޖެހޭނެ ކަމުގެ ވާހަކައެވެ.

ސެޕްޓެމްބަރު 23 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސޫ) އިން އިއުލާން ކޮށްފައިވާއިރު، އީސީ އިން ބުނެފައި ވަނީ އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ އެންމެ ހަތް ރިޒޯޓުގައި ކަމަށެވެ. އީސީ އިން ދާދިފަހުން މިކަން ހާމަކުރުމާއި އެކު މިނިވަން އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި ބޭއްވޭނެ ފަދަ މާހައުލެއް ނެތް ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ދައްކާ ވާހަކައަށް ބޮޅެއް އިތުރުވީއެވެ. ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ތަކުރާރުކޮށް ބުނަމުން ގެންދާ ވާހަކަ އަކީ ސަރުކާރާ ވާދަވެރި ނުވަތަ ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ތިބީ ސިޔާސީ ނުފޫޒު ވަދެފައިވާ ޝަރީއަތްތަކެއް ކޮށް ޖަލުގައި ކަމަށެވެ. އެހެންކަމުން މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށެވެ.

ކޮންމެއަކަސް މިއަހަރު ގެ ރިޔާސީ އިންތިޚާބުގައި، އެހެން ފަހަރުތަކާ ހިލާފަށް މަދު ރިޒޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި ރައީސް ޔާމިންގެ ސަރުކާރަށް ދަނީ އިންތިހާއަށް ފާޑުކިޔުން އަމާޒު ވަމުންނެވެ. ރައީސް ޔާމިން އަށް ފާޑުކިޔުން މިކަމުގައި އަމާޒުވެގެންދާ ސަބަބަކީ އިލެކްޝަންސް ކޮމިޝަނަށް ރައީސް ޔާމިން ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުގައެވެ. އަންނަ ރިޔާސީ އިންތިހާބުގައި މަދު ރިޒޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަނުން ނިންމުން އެއީ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށް ކުރާ ކަމެއް ކަމަށެވެ. ހޯމަ ދުވަހު ސޯލްޓު ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ދިވެހިން އެތައް ބައިވަރު ރިސޯޓުތަކެއްގައި ވަޒީފާ އަދާކުރަމުން އަންނައިރު، މި އަހަރު ބާއްވާ އިންތިހާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިއަދު މި ފެންނަނީ ރިޒޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަން ވޯޓުލުމުގެ ހައްގު ރައީސް ޔާމީންގެ ސަރުކާރުން ނިގުޅައި ގަންނަމުން ދާތަން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. މާރިޔާ މިހެން ވިދާޅުވިއިރު ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް، ފައިސަލް ނަސީމް ހޯމަ ދުވަހު ރިޒޯޓުތަކުގެ ވޯޓު ފޮށި މައްސަލާގައި ވިދާޅުފައި ވަނީ ވީހާވެސް ގިނަ ރިޒޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާ ކަމަށެވެ.

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވި ބަސްފުޅަށް ބަލާލަމާތޯއެވެ. އެކަމަނާ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ރިޒޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށިތައް އިލެކްޝަންސް ކޮމިޝަނުން މަދު ކުރަން ނިންމި ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް ބޮޑު މުޒާހަރާއަކަށް ގޮވާލަން ޖެހޭ ކަމަށެވެ. ކުރީގެ ޔޫތް މިނިސްޓަރު އަދި ޓުއަރިޒަމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެފައި ވަނީ ރިޒޯޓުތަކުގެ މުވައްޒަފުންގެ ހައްގުގައި ރިޒޯޓުތަކުގެ މެނޭޖްމަންޓް އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސިޓީ ފޮނުވާ ވޯޓު ފޮށި ރިޒޯޓުގައި ބަހައްޓަން ބާރު އަޅާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ނުވަތަ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ހައްގުގައި ވަކާލާތު ކުރާ ޓީމް އިން ބުނީ ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު މަދުކުރުމުގެ ސަބަބުން ގާތްގަނޑަކަށް 10000 މުވައްޒަފުންނަށް ފޯޓުލުމުގެ ހައްގުން މަހުރޫމް ވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. ސެޕްޓެމްބަރު މަހު ފަހުކޮޅަކީ އާންމު ގޮތެއްގައި ރިސޯޓުތަކުގައި އޮކިއުޕެންސީ ރަނގަޅު ދުވަސްވަރެއް ކަމަށާއި ވޯޓު އޮންނަނީ އާދީއްތަ ދުވަހެއްގައި ކަމަށާއި، އާދިއްތަ ދުވަހަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަރަށް ބުރަކޮށް އުޅޭނެ ދުވަސްވަރެއް ކަމަށް ޓީމުން ބުނެއެވެ. ސަބަބަކީ ގިނަ ބިދޭސީ މުވައްޒަފުންގެ އޮފް ދުވަހަކީ އާދިއްތަ ދުވަސް ކަމަށް ވުމެވެ. އެމީހުންގެ އޮފް ދުވަހުގައި ދިވެހިން ވޯޓުލަން އެހެން ރަށްރަށަށް ދިއުމަކީ މަސައްކަތްތައް ހުއްޓާނުލައި ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށް ޓީމް، އިން ބުނެއެވެ.

ރާއްޖޭގައި މިވަގުތު 132 ރިސޯޓް އޮތްއިރު އެންމެ ހަތް ރިސޯޓްގައި ވޯޓް ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބަދަލުކޮށް، ރިސޯޓްތަކުގެ މުވައްޒަފުންނަށް ވޯޓް ލެވޭނެ ގޮތް ހެދުމަށް ޓްރާންޕޭރަންސީ މޯލްޑިވްސް އިން ވެސް ވަނީ ގޮވާލާފައެވެ. އެގޮތުން ޓްރާންސްޕޭރެންސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ 132 ރިސޯޓުގެ ތެރެއިން އެންމެ ހަތް ރިސޯޓްގައި ވޯޓް ފޮށި ބަހައްޓަން ނިންމި ނިންމުމަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަށް ލިބިގެންވާ ވޯޓް ލުމުގެ ހައްގަށް އުނިކަން އަންނަގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ޓްރާންސްޕޭރަންސީން ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ އާބާދީގެ 14 އިންސައްތަ މީހުންނަކީ ރާއްޖޭގައި ހިންގާ 132 ރިސޯޓުގައި ވަޒީފާ އަދާ ކުރަމުންދާ މީހުން ކަމަށެވެ. އެ ގޮތުން ރިސޯޓް ތަކުގައި ގާތްގަނޑަކަށް 27،837 ދިވެހިން މަސައްކަތް ކުރަމުން އަންނަކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ކޮންމެއަކަސް އަންނަ ރިޔާސީ އިންތިޚާބުގައި ރިޒޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު މަދު ކުރުމުގެ މައްސަލަ މިހާރު އޮތީ ކޯޓަށް ދިއުމުގެ މަރުހަލާގައެވެ. ރާއްޖޭގައި 100 އަށް ވުރެ ގިނަ ރިޒޯޓު އޮތް އިރު އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމުގައި އީސީގެ މެންބަރުން އެހީވާ ގޮތަށް ނިންމި ނިންމުމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑަބްލިއުއެސްސީގައި އޮންނަ ހިޓާޗީގެ ހިއްސާ އަނބުރާ ހޯދަނީ 'ކެވޭ'ވަރު މަދުވީމަތޯ؟

އެމްޑަބްލިއުއެސްސީގައި އޮންނަ ހިޓާޗީގެ ހިއްސާ އަނބުރާ ހޯދަނީ 'ކެވޭ'ވަރު މަދުވީމަތޯ؟

10 އޮކްޓޯބަރު 2017
"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

09 ސެޕްޓެމްބަރު 2017
"އައިފޯން 8"ނެރުމަށް ކުޑަ ދުވަސްކޮޅެއް:އެންމެން ކެތްމަދުވެފައި 

"އައިފޯން 8"ނެރުމަށް ކުޑަ ދުވަސްކޮޅެއް:އެންމެން ކެތްމަދުވެފައި 

07 ސެޕްޓެމްބަރު 2017
މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

18 ޖުލައި 2017
ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ

ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ

15 ޖޫން 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު