Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިބްރާހިމް މުހައްމަދު ސޯލިހު

ޔާމިން ބަލިކުރަން ކޯލިޝަނުގެ ހުރިހާ ބައިވެރިން ބޭނުންވޭ، ރިޔާސީ އިންތިހާބަށް ދާނީ އެކީގައި ތިބެ: އިބޫ

22 ޖޫން 2018 | ހުކުރު 14:05

އެއް ކެނޑިޑޭޓު ނެރުމަކީ އެންމެ ރަނގަޅު ގޮތް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 22 ޖޫން 2018 | ހުކުރު 14:05
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމުގެ ރަސްމިޔާތުގައި އިބޫއާއި އިތުރު ބޭފުޅުން ބައިވެރިވެަޑައިގަންނަވަނީ:-ފޮޓޯ-މުހައްމަދު ޝަރުހާން-ރާއްޖެއެމްވީ

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމުގެ ރަސްމިޔާތުގައި އިބޫއާއި އިތުރު ބޭފުޅުން ބައިވެރިވެަޑައިގަންނަވަނީ:-ފޮޓޯ-މުހައްމަދު ޝަރުހާން-ރާއްޖެއެމްވީ

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމިން ބަލި އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓީތަކުން އަދިވެސް ބޭނުންވާ ކަމަށާއި އިންތިހާބަށް ދާނީ އިދިކޮޅު ކޯލިޝަން އެއްކޮން ތިބެގެން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމުގެ ރަސްމިޔާތަށް ވަޑައިގެންނެވުމަށްފަހު ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުގައި އިބޫ ވިދާޅުވީ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ތެރޭގައި ތަފާތު ހިޔާލުތަކެއް ހުރި ނަމަވެސް އެންމެންގެ މަގުސަދަކީ އެކައްޗެއް ކަމަށެވެ. އެގޮތުން ރައީސް ޔާމިން އިންތިހާބުން ބަލިކުރުމަށް އެންމެން ވެސް ބޭނުންވާއިރު އެކަން ކުރާނެ ގޮތަކާމެދު ކޯލިޝަނުގެ ބައިވެރިންގެ މެދުގައި ހިޔާލު އެއްގޮތް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ހިޔާލު އެއްގޮތް ކުރެވޭނެ ކަމަށާއި ކޯލިޝަނުގެ ތެރޭގައި އެ މަސައްކަތްކުރިއަށްދާ ގޮތް ގޯސް ނޫން ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންގެ ތެރޭގައި ހުރި ހިޔާލު ތަފާތުވުންތައް ރައްޔިތުންނާ ހަމައަށް ހާމަކުރެވެން ޖެހޭނެ. އޭގެ ތެރެއިން އެންމެ ރަނގަޅު ގޮތް އަޅުގަނޑުމެން ޕާޓީތަކުގެ ލީޑަރުން އިސްކުރައްވާނެ. އެއަކު އަޅުގަނޑު ހިތަކު ޝައްކެތް ނޫފެދޭ. ރައްޔިތުންނާ ހިސާބަށް ކުރިއަށް މި އޮތް ރިޔާސީ އިންތިހާބަށް ދާނީ ރައްޔިތުން ބޭނުންވާ ގޮތައް އެއްކޮން،" އިދިކޮޅު ކޯލިޝަނުގައި އެމްޑީޕީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ އިބޫ ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ އިދިކޮޅު ހުރިހާ ފަރާތްތަކުން ވެސް ރައީސް ޔާމިން ބަލި ކުރަން ބޭނުންވާއިރު އެކަން އެންމެ ފަސޭހައިން ކުރެވޭނެ ފޯމިއުލާއެއް ކަމަށް ފެނިވަޑައިގަންނަވަނީ ހުރިހާ ފަރާތްތަކުން ގުޅިގެން އެއް ކެންޑިޑޭޓެއް ނެރެގެން ކަމަށެވެ.

އިބޫ ރާއްޖެއެމްވީއަށް އިންޓަވިއު ދެއްވަނީ- އެނާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ދާނީ ކޯލިޝަން އެއްކޮން ތިބެ ކަމަށް:- ފޮޓޯ:-ރައްޖެއެމްވީ

"އިތުރު ގޮތެއް ވެސް އެބަހުރި. އެ ހުރިހާ ގޮތްތަކަށް ވެސް ވިސްނާނެ އަޅުގަނޑުމެންގެ ލީޑަރުން. އެހެން ނަމަވެސް މީގައި އެންމެ ފަސޭހައިން މިކަން ކުރެވޭނެ ގޮތެއް ނިންމުމަށް އަޅުގަނޑުމެން ހުރިހާ ފަރާތްތައް ބާރުއަޅައިގެން ކުރިއަށް މިދަނީ. އެ މަގުސަދު ހާސިލް ކުރުމަށް އަޅުގަނޑުމެން ކޮންމެ ޕާޓީއަކުން ވާން ޖެހޭ ކޮންމެ ގުރުބާނީއެއް ވާނެ،" ޕެރެޑައިޒް ރިސޯޓުގައި ހުންނަވައިގެން ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އިދިކޮޅު ފަރާތްތަކުން އެއްކޮން ނިކުމެ އެއް ކެނޑިޑޭޓެއް ނެރެގެން ކަމަށް އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ގިނަ ފަރާތްތަކުން ގަބޫލު ކުރި ނަމަވެސް އެއް ކެނޑިޑޭޓަކަށް ހުރިހާ ފަރާތްތަކުން އެއްބަސްވިކަން ހާމަކޮށްފައިނުވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން

16 އެޕްރީލު 2017
ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން
15 އެޕްރީލު 2017

ރައީސް ޔާމިން ބޭނުންވާ ގޮތަށް މެމްބަރުން މަސައްކަތްކޮށްގެން ނުވާނެ: އަފީފް

15 އެޕްރީލު 2017
ރައީސް ޔާމިން ބޭނުންވާ ގޮތަށް މެމްބަރުން މަސައްކަތްކޮށްގެން ނުވާނެ: އަފީފް
12 އެޕްރީލު 2017

ޔާމިން ފަޅި ދޫކޮށް މައުމޫނު ފަޅިއަށް ބަދަލުވި ސައުދުގެ އަނބިކަނބަލުންގެ ކޮއްކޮ ވަޒީފާއިން ވަކިކޮށްފި

12 އެޕްރީލު 2017
ޔާމިން ފަޅި ދޫކޮށް މައުމޫނު ފަޅިއަށް ބަދަލުވި ސައުދުގެ އަނބިކަނބަލުންގެ ކޮއްކޮ ވަޒީފާއިން ވަކިކޮށްފި
31 މާރިޗު 2017

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު
24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
18 މާރިޗު 2017

ރައީސް ޔާމިންގެ ވެރިކަމުގައި ސައުދީ ރަސްގެންފާނު ރާއްޖެ ވަޑައިނުގަންނަވާނެ:ނިޒާރު

18 މާރިޗު 2017
ރައީސް ޔާމިންގެ ވެރިކަމުގައި ސައުދީ ރަސްގެންފާނު ރާއްޖެ ވަޑައިނުގަންނަވާނެ:ނިޒާރު
16 މާރިޗު 2017

ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން

16 މާރިޗު 2017
ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން
14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް