Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެމެރިކާ އަށް ހިޖުރަ ކުރާ ކުޑަކުދިންގެ ތެރެއިން 20،000 ކުޑަކުދިންނަށް އަސްކަރީ ބޭސްތަކުގައި ބޯހިޔާވަހިކަން ދެނީ: ޕެންޓަގަން

އެމެރިކާއަށް ހިޖުރަކުރާ އާއިލާތައް ދެތަން ކުރުމުގެ ސިޔާސަތު ރައީސް ޓްރަމްޕް ވަނީ އެމަނިކުފާނުގެ ރިޔާސީ ގަރާރަކުން ނިމުމަކަށް ގެނެސްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 22 ޖޫން 2018 | ހުކުރު 09:49
އެމެރިކާގެ ރައީސް ޓްރަމްޕް: ގަވާއިދާ ޚިލާފަށް ހިޖުރަކުރާ އާއިލާތަކާއި އެ އާއިލާތަކުގެ ކުޑަކުދިން ވަކިކުރުމުގެ ސިޔާސަތު ރައީސް ޓްރަމްޕް ކަނޑައެޅުއްވުމުން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވ

އެމެރިކާ އަށް ގަވާއިދާ ޚިލާފަށް ހިޖުރަކުރާ ކުޑަކުދިންގެ ތެރެއިން 20،000 ކުޑަކުދިންނަށް ބޯހިޔާވަހިކަން ދިނުމަށްޓަކައި ހަތަރު އަސްކަރީ ބޭހެއްގައި އެކުދިން ބޭތިއްބުމުގެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް އެމެރިކާގެ ޕެންޓަގަންގެ ތަރުޖަމާނު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

ބޯޑަރު ހުރަސްކޮށް އެމެރިކާ އަށް ގަވާއިދާ ޚިލާފަށް ވަންނަ ފަރާތްތަކުގެ ތެރެއިން ކުޑަ ކުދިންނާއި އެ ކުދިންގެ މައިންބަފައިން ވަކިކުރުމުގެ ސިޔާސަތެއް ކަނޑައެޅުއްވުމަށް ފަހު އެ ސިޔާސަތު ކުރިއަށް ނުގެންދަން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިންމަވާފައެވެ. އާއިލާތައް ދެ ތަން ކުރުމުގެ ސިޔާސަތަށް ޓްރަމްޕް ނިމުން ގެންނަވާފައި މި ވަނީ ބައިނަލްއަގުވާމީ ގޮތުން ކުރިމަތި ކުރަމުން ދިޔަ ޕްރެޝަރާ ގުޅިގެން ކަމަށްވާއިރު، ޕެންޓަގަންގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް މިޝޭލް ވިދާޅުވީ އެމެރިކާ އަށް ހިޖުރަ ކުރާ ކުޑަކުދިންގެ ތެރެއިން 20،000 ކުޑަކުދިންނަށް ބޯހިޔާވަހިކަން ދިނުމަށްޓަކައި އެނދުތައް ބަހައްޓާނީ ޓެކްސަސް އަދި އާކަންސޯ ސްޓޭޓުގައި ކަމަށެވެ.

އެެމެރިކާގެ ޕެންޓަގަންގެ ތަރުޖަމާނު މިހެން ވިދާޅުވިއިރު، އެމެރިކާގެ ބައެއް ފެޑެރަލް އެޖެންސީތަކުން، ހިޖުރަކުރާ ކުޑަކުދިންނާ މެދު އަމަލުކުރާނެ ގޮތާ ބެހޭ ގޮތުން ބުނަމުންދަނީ އެކިފަހަަރު އެކި ވާހަކަތައް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އަސްކަރީ ބޭސްތަކުގައި ބޯހިޔާވަހިކަން ދޭނީ ކޮންބަޔަކަށްތޯ އާއި އަދި ބޯހިޔާވަހިކަން ބޭނުންކުރާނީ ކޮންގޮތަކަށްތޯއާ މެދު އެކި ފެޑެރަލް އެޖެންސީތަކުން ވިދާޅުވަމުންދަނީ އެކި ވާހަކަތަކެވެ.

އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން ބުނެފައި ވަނީ މެއި 5 އާއި ޖޫން 9 އާ ދެމެދު 2،206 ބެލެނިވެރިންގެ 2،342 ކުދިން ވަކިކޮށްފައިވާ ކަމަށެވެ. އެމެރިކާއަށް ހިޖުރަކުރާ އާއިލާތައް ދެތަން ކުރުމުގެ ސިޔާސަތު ނިމުމަކަށް ގެނައި ގަރާރުގައި ސޮއި ކުރައްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ އާއިލާތައް ވަކިވާން އެމަނިކުފާން ބޭނުން ނުވާ ކަމަށާއި ނަމަވެސް ބޯޑަރު ހުރަސްކޮށް އެމެރިކާ އަށް ގަވާއިދާ ޚިލާފަށް ވަންނަން އުޅޭ މީހުންނަށް ދައުވާ ކުރަން ކުރިއަށް ގެންދާ "ޒީރޯ ޓޮލެރަންސް ސިޔާސަތު" ދަމަހައްޓަވާނެ ކަމަށެވެ.

އެމެރިކާ އަށް ހިޖުރަ ކުރާ ކުޑަކުދިންގެ ތެރެއިން 20،000 ކުޑަކުދިންނަށް ބޯހިޔާވަހިކަން ދިނުމަށްޓަކައި ހަތަރު އަސްކަރީ ބޭހެއްގައި އެކުދިން ބޭތިއްބުމުގެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް ޕެންޓަގަން އިން ބުރާސްފަތި ދުވަހު ވިދާޅުވިއިރު، އެކުދިންނާ އެކު އެކުދިންގެ ބެލެނެވެރިންނަށް ބޯހިޔާވަހިކަން ދޭނެ ކަމެއް އަދި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު