Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީ ޕާޓީ

ޖޭޕީއާ ނުލައި އެއްވެސް ޕާޓީއަކަށް އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެ: ސަމީރު

22 ޖޫން 2018 | ހުކުރު 06:31

އެކަނި ނުކުމެވޭ ހާލަތަށް ޖުމްހޫރީ ޕާޓީ އޮތީ ދޮންވެ ފައްކާވެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 22 ޖޫން 2018 | ހުކުރު 06:31
ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު

ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު

ޖުމްހޫރީ ޕާޓީއާ ނުލައި އެއްވެސް ޕާޓީއަކަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ޖޭޕީގެ ސެކްޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއާ އެކު ތިބި ބަޔަކާ ގުޅިގެން ކުރާ މަސައްކަތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކާމިޔާބު ކުރެވޭނެ ކަމަށާއި އެއީ ވަކި ޕާޓީއަކާ އެކު ކޯލިޝަން ހަދައިގެންވާ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ބުރާސްފައި ދުވަހު ވިދާޅުވެފައި ވަނިކޮށް އެކަމާއި ގުޅޭ ގޮތުން ހުކުރު ދުވަހު ރާއްޖެ ޓީވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސަމީރު ވިދާޅުވީ "ބަޔަކު މީހުން ތިމަންނާމެންނަކީ އެންމެ ބޮޑު ޕާޓީ އޭ ބުންޏަސް ޖޭޕީއާ ނުލައި އެއްވެސް ބަޔަކަށް ކާމިޔާބު ނުހޯދޭނެ" ކަމަށެވެ.

Advertisement - newsAdvertisement
"ބޮޑަސް ކުޑަޔަސް ޖެހޭނީ އެކުގައި މަސައްކަތް ކުރަން އެއީ ރާއްޖެގައި ގާނޫނު އަސާސީ ދައްކާފައިވާ މިސްރާބަކީ. އެހެން ވީމާ އެއްބަޔަކު ބޮޑާވެފައި އަޅުގަނޑުމެންނަށް މިކަން ވާން އެބައޮތޭ ބުންޏަސް އެހެން ނެތް ވާކަށެއް،" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އެކަނި ނުކުންނަން ވެއްޖެއް ނަމަ އެކަނި ނުކުމެވޭ ހާލަތަށް ޖުމްހޫރީ ޕާޓީ އޮތީ ދޮންވެ ފައްކާވެފައި ކަމަށާއި އެޕާޓީގެ ކެޕޭސިޓީގައި ސުވާލެއް ނެތް ކަމަށެވެ. ނަމަވެސް އެޕާޓީގެ ވިސްނުމާއި މައިގަނޑު މަގްސަދަކީ ގުޅިގެން އެކުގައި ކުރިއަށް ދިއުން ކަމަށެވެ. އަދި ޖެޕީ އޮތީ ކޯލިޝަންގެ ތެރޭގައި ކަމަށާއި ގައުމަށް އިސްލާހު ގެނެވޭނީ އެކުގައި މަސައްކަތް ކޮށްގެން ކަމަށް ސަމީރު ވިދާޅުވިއެވެ.

"އެކަނި ނުކުންނަން ޖެހޭ ހާލަތެއްގައި އެކަނި ނުކުމެވޭ ގޮތަށް ޖޭޕީ އޮތީ. އެހެން ނަމަވެސް ޖޭޕީގެ މައިގަނޑު އެއް މަގްސަދަކީ އަދި ވިސްނުމަކީ ވެސް ގުޅިގެން އެކުގައި މަސައްކަތް ކޮށްގެން ކުރިއަށް ދިއުން. ގައުމަށް އިސްލާހު ގެނެވޭނީ އެކުގައި ތިބެގެންކަން ރޭގަވެސް ގާސިމް ފާހަގަ ކުރެއްވި، އަޅުގަނޑުމެން މިތިބީ ކޯލިޝަންގެ ތެރޭގައި. ނެތް އެއްވެސް ކަހަލަ ހުރަހެއް" ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަމީރު ވިދާޅުވީ ކޯލިޝަންގެ ޕާޓްނަރުންގެ ތެރޭގައި ނިންމާ ނިންމުންތަކުގައި އެޕާޓީން ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރޭނެ ކަމަށާއި ނުނެރެވޭ ހާލަތެއްގައި ވެސް މީހަކު ނެރޭނެ ފޯމިއުލާ އެބޭފުޅުންގެ އަތުގައި އެބަ އޮތް ކަމަށެވެ.

ޖޭޕީ އާއި އެމްޑީޕީގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާތާ ދުވަސްތަކެއް ވެފައިވާއިރު މިދިޔަ ހަފުތާގެ ތެރޭގައި އެމްޑީޕީ ބާކީކޮށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ފެނިވަޑައިގަންނަވާ ބޭފުޅުންތަކެއް ހިމަނުއްވައިގެން ވަނީ ޝެޑޯ ކެބިނެޓެއް އާއްމުކުރައްވާފައެވެ. އެ ކެބިނެޓްގައި ހިމަނުއްވާފައިވާ އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފަޅީގެ ބޭފުޅުން ވަނީ އެއީ އެ ބޭފުޅުންގެ ތާއީދާ އެކު ކޮށްފައިވާ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި ޖޭޕީގެ ބައެއް ބޭފުޅުން ވެސް ވަނީ އެ ބޭފުޅުންގެ ނަން އެ ކެބިނެޓްގައި ހިމަނާފައި ވަނީ އެ ބޭފުޅުންނަށް އެނގިވަޑައިނުގެން ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް