Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަޢޫދީ ޢަރަބިއްޔާ

ސަޢޫދީ އަންހެނުން ކާރު ދުއްވަން ބާރު އެޅުމަށް ހާއްސަ ޕްރޮގްރާމެއް

22 ޖޫން 2018 | ހުކުރު 07:40

ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއް ދަނީ ހިންގަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 22 ޖޫން 2018 | ހުކުރު 07:40
ސަޢޫދީ އަންހެނުން ކާރު ދުއްވަން ފަށާނީ މިމަހުގެ 24 ވަނަ ދުވަހު

ސަޢޫދީ އަންހެނުން ކާރު ދުއްވަން ފަށާނީ މިމަހުގެ 24 ވަނަ ދުވަހު

ކާރު ދުއްވަން އަންހެނުންނަށް ބާރު އެޅުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ސަޢޫދީ އަންހެނުންނަށް ޚާއްސަ ޕްރޮގްރާމެއް އެޤައުމުގެ ސަރުކާރުން ހިންގަން ފަށައިފިއެވެ.

ސަޢޫދީ އަންހެނުން ކާރު ދުއްވުން މަނާކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންހެނުންނަށް ކާރު ދުއްވުން ހުއްދަވާނެއެވެ. އަދި އެކަމަށް ތައްޔާރުވުމުގެ ގޮތުން ބައެއް އަންހެނުންނަށް މިހާރު ވަނީ ލައިސަންސް ދީފައެވެ. އެގޮތުން ބޭރު ޤައުމުތަކުގައި ދުއްވުމުގެ ލައިސަންސް އޮންނަ 10 އަންހެނަކަށް މިހާރު ވަނީ ސަޢޫދީ ޑްރައިވިންގ ލައިސަންސް ދީފައެވެ.

"މާތް ﷲ އަށް ވަކީލުކޮށްގެން ދުއްވާ"، މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ޚާއްސަ ހަރަކާތްތަކެއް ވެރިރަށް ރިޔާޒް، ދައްމާމް، ޖިއްދާ އަދި ތަބޫކުގައި އޮންނާނެކަމަށް ސަޢޫދީގެ އިންފޮމޭޝަން މިނިސްޓްރީ އިން ބުނެއެވެ. އެމިނިސްޓްރީ އިން ބުނީ މިއީ އަންހެނުންނަށް މަގުމަތީގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ޤަވާއިދުތައް ކިޔައިދީ އަހުލުވެރިކޮށް، ބިރު ކެނޑުވުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި މިހަރަކާތްތަކުގެ ސަބަބުން ރައްކާތެރި ކަމަށް އިސްކަންދިނުމުގެ އާދަ އަށަގަންނާނެ ކަމަށާއި، އަދި ސީޓް ބެލްޓް އެޅުމުގެ މުހިއްމުކަން އަންހެނުންނަށް ބުނެދެވޭނެ ކަމަށް ސަޢޫދީ ސަރުކާރުން ބުނެއެވެ.

މިހަރަކާތުގެ ތެރެއިން ސިމިއުލޭޓަރ ޓްރެއިނިންގ އާއި އެކި މުބާރާތްތައް ކުރިއަށްދާނެއެވެ.

ސަޢޫދީ ޢަރަބިއްޔާގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަދޭން ނިންމެވީ އެޤައުމުގެ ވަލީޢަޙުދު މުހައްމަދު ބިން ސަލްމާން މިހާރު ކުރިއަށްގެންދަވާ އިސްލާހީ ބަދަލުތަކުގެ ޕްރޮގްރާމްގެ ތެރެއިން މިދިޔަ އަހަރުއެވެ. އަދި "އިސްލާމީ އުޞޫލުތަކުގެ ތެރެއިން" ސަޢޫދީ އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ޝާހީ ޤަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސަޢޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް ދެއްވިއެވެ. ސަޢޫދީއަކީ އަންހެނުން ކާރު ދުއްވުން މަނާކޮށްފައި އޮތް ހަމައެކަނި ޤައުމެވެ.

ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ދެހާހެއްހާ ލައިސަންސް އަންހެނުންނަށް ދޫކުރާނެ ކަމަށް ބެލެވޭ ކަމަށް ސަޢޫދީ ޖެނެރަލް ޑިޕާޓްމަންޓް އޮފް ޓްރެފިކް އޮން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
09 ފެބުރުއަރީ 2017

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ
07 ފެބުރުއަރީ 2017

އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

07 ފެބުރުއަރީ 2017
އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް